Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ރައީސް ޔާމީން : ސިޔާސީ މަންފާއަށް ދީން އައްޑަނައެއްގެ ގޮތުގައި ނެގުން ހުއްޓާނީ ކޮން އިރަކުންތޯ؟

ވެރިކަމުގައި ހުންނެވި އިރު، އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު އެތައް ކަމެއް ކުރެއްވި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2019 | ހޮނިހިރު 13:08
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ފޮނި އަނގަ ތެޅުމާއި ޖޯލި ފަތި ތަކުގައި ރައްޔިތުން އެއްކޮށްގެން ތިބެ ލަވަ ކިޔައިދިނުމަކީ މުނިފޫހި ފިލުވުމަށް މިހާރު އެއްބަޔަކު އެންމެ ފޯރި ގަދަކޮށް ކުރަމުން ގެންދާ އެއް މަސައްކަތެވެ. ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށް ފަހު، އެކަމުގެ ހިތާމައިގައި ހުދު ޕާޓީގެ ސަޕޯޓަރުންނަށްވެސް އެ މަނިކުފާނު ވީ ތަނެއް ނޭނގި އެތައް ދުވަސްތަކެއް ވެގެން ދިޔައެވެ.

ކުރަން އުޅުނު ހުރިހާ ޕްލޭންތަކެއް ފެއިލްވެ، ހިންގަން އުޅުނު ހުރިހާ ޖަރީމާތަކެއް އަތަށް ގޮވައި، އެންމެ ފަހުން އެންމެ އިތުބާރު ހިފި ބޭފުޅުންވެސް ހިތާމައިގެ ދުވަސްވަރުން ސަލާމަތްވެގެން, މަނިކުފާނު ސިޔާސީ މަސައްކަތައް ނުކުންނެވި ދުވަހު، މަނިކުފާނު ދޫކޮށް ދިޔައީ އެވެ. އަދުރޭ ވިދާޅުވާ ގޮތަށް އެ މެމްބަރުން ދިޔައީ މުނިފޫހި ފިލުވައިލަންށެވެ.

ކޮންމެއަކަސް، އަޅުގަނޑު ދައްކަން މި އުޅެނީ މަނިކުފާނު ދޫކޮށް ދިޔަ ބޭފުޅުންގެ ވާހަކައެއް ނޫނެވެ. ކޮންމެ އިންތިހާބީ ދުވަސް ވަރަކާ ދިމާކޮށް ޖައްސާ ފޯމިއުލާގެ ވާހަކައެވެ. 2013 ވަނަ އަހަރުން ފެށިގެން، މިހާރުގެ އިދިކޮޅު ފަރާތްތަކަށް އިތުރު ވާހަކައެއް ނުދެއްކެއެވެ. މާތް ވެގެންވާ އިސްލާމް ދީނުގެ ވާހަކައެވެ. ރާއްޖެއިން އިސްލާމް ދީން ނައްތާލަން އުޅޭ ވާހަކައެވެ. ތިމަންމެންގެ ބާރުގެ ދަށުގައި އެކަން ނުވާނެ ވާހަކައެވެ. ހަނދުމަފުޅު ނެތިދާނެތީ އަދިވެސް އެއްފަހަރު ކުރުކޮށް މަނިކުފާނުގެ ދައުރުގެ 5 އަހަރު ކިޔައިދެވޭތޯ މަސައްކަތްކޮށްލާނަމެވެ.

ވެރިކަމުގައި ތިއްބެވި އިރު މަދުވީ ކޮން އެއްޗެއްތޯއެވެ؟ މަޖިލިހާއި، މިނިވަން މުއައްސަސާތަކާއި، ކޯޓުތަކާއި ދައުލަތުގެ ކުންފުނިތަކާއި، ގައުމާއި ދައުލަތް އޮތީ އޭރު މަނިކުފާނުގެ މުށުތެރޭގައެވެ. އަރިހުގައި ތިބި އެންމެން ތިބީ މަނިކުފާނު ޖެހިހާ ބެރަކަށް ނަށައިގެން، އެޅިހާ އަނދުނެއް އަޅައިގެން ކައިރީގައި އަތް ޖަހާ ސަނާ ކިޔާށެވެ. ރޯ މާ ދުވާލު މިއީ ރޭގަނޑޭ ބުންޏަސް ގަބޫލުކުރާ ހިސާބުގައެވެ. މަނިކުފާނާއި މަނިކުފާނަށް ހުރިހާ މޮޅެއް ހޯދައިގެން ތިއްބެވި ގާތް ބޭފުޅުން އުޅުއްވީ މަނިކުފާނު ބިނާކުރެއްވި ހިޔާލީ ދުނިޔެއެއްގެ ތެރޭގައެވެ.

ތެދުވާހަކައެކެވެ. ކިތަންމެހާ މިސްކިތެއް މަނިކުފާނު އަޅައިދެއްވިއެވެ. ޒުވާނުންގެ ރައީސް، ނިވާކަން ކުޑަ ހެދުން ލައިގެން ތިބި ބަޔަކު ސްޓޭޖަކަށް އަރުވައި ނެށިތަން ގައުމީ ޗެނަލް މެދުވެރިކޮށް، މުޅި ރާއްޖެއަށް ދެއްކީވެސް ދީނަށް ލޯބިކުރާ ވަރުންތޯ އެވެ؟ އަޑުއަހަން އުނދަގޫވިޔަސް، މަނިކުފާނުގެ ހިޔާލީ ދުނިޔޭގައި އެއިރު އުޅުއްވި ބޭފުޅުން، އެދުވަހު ތިބީ ކުރީ ސަފުގައި އަތް ޖަހަންށެވެ. މަނިކުފާނު ވެރިޔަކަށް ހުންނެވިއިރު، ދިވެހި ފިރިހެނުން ބެންކޮކަށް ދަނީ ކީއްކުރަންކަމަށާއި ހިލޭ އަންހެނުންނަކީ ކޮބައި ކަން ކިޔައި ދެއްވި އިރު، މަނިކުފާނުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރވެސް އިންނެވީ ހީ އަތްޖަހަން ނޫންތޯ؟ ހަނދުމަ ފުޅު ނެތިދާނެތީ އެ މަންޒަރުވެސް ދައްކާލާނަމެވެ.

އިސްލާމް ދީނުގައި ކޮރަޕްޝަންގެ ފައިސާ އަކީ ކަނޑައެޅިގެން ހަރާމް އެއްޗެއްކަން ކަނޑައަޅާފައި ވަނިކޮށް މަނިކުފާނު އެކަމާއި މެދު ވެސް ވިދާޅުވީ ކީކޭ ތޯ؟ އެއީ އެއްވެސް ދިވެހި ރައްޔިތަކަށް އަޅުގަނޑު ދެވަނަ ފަހަރަށް ހަނދާންކޮށްދޭންޖެހޭ ވާހަކައެއް ނޫނެވެ. މިއީ ގައުމުގެ ވަލިއްޔުލް އަމުރަކަށް ވެ ހުރެ މަނިކުފާނު އުޅުއްވި ގޮތެވެ.

ލާދީނީ ސަރުކާރޭ ކިޔާ ސަރުކާރާ ރައްޔިތުންނާއި ޖެއްސުމަށްޓަކައި މަސައްކަތް ކޮށް، މިހާރު ފެންމަތިވެގެން މިއުޅޭ އެމްޑީއެންގެ މައްސަލަޔާއި ވިދިގެން ސަރުކާރުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެ، ކަމާއިބެހޭ އިދާރާތަކުން އެ މައްސަލަ ތަހުގީގުކުރަމުން ދާ އިރު ރެލީ ބާއްވައި ސިޔާސީ މަންފާއަށް ދީން އައްޑަނައަށް ނެގުމުގެ ބޭނުމަކީ ކޮބައިތޯ؟ ގައުމުގެ ފައިދާ އަށް ތޯ ނުވަަތަ މަަނިކުފާނުގެ އަމިއްލަ ބޭނުމަކަށް ތޯއެވެ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު