Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ހާލަތު

ރާއްޖޭގެ އުފެއްދުންތެރިކަމުގެ މަންފާ ބިދޭސީންނަށް!!

"އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓް" ގެ ބިލް ފާސްކޮށް އަމަލުކުރަން ފަށަންޖެހޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2019 | ބުދަ 11:36
ރާއްޖޭގައި މަސައްކަތް ކުރަން އުޅޭ ބިދޭސީންތަކެއް

ރާއްޖޭގައި މަސައްކަތް ކުރަން އުޅޭ ބިދޭސީންތަކެއް

ރާއްޖޭގެ ސިނާޢަތްތަކުގައި ވަޒީފާ އަދާކުރާ ބިދޭސީން ގިނަވެފައި، އަދި ގިނަ ވަމުން އަންނަ ހިނދު ދިވެހިން ވަޒީފާ ނުލިބިފައި ތިބޭ ވާހަކަ މިއީ އަބަދުވެސް އަޑުއިވެމުން އަންނަ ވާހަކައެކެވެ. ބޭންކްތަކާއި ވެސްޓަރން ޔޫނިއަން މަނީޓްރާންސްފަރ އޮފީސް ކައިރިން ބިދޭސީންގެ ދިގު ކިޔޫތައް އޮންނަ އޮތުމަކީ އިގްތިސާދާ މެދު ކުޑަކޮށް ނަމަވެސް ފިކުރުކުރާ ފަރާތްތައް ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ ފާއިސާ ކޮންމެ ދުވަހަކު އެތައް މިލިއަނަކުން އެދަނީ ރާއްޖޭން ބޭރުވަމުންނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ގިނަވަމުން

ޓުއަރިޒަމް ފަދަ ސިނާޢަތެއްގައި ބިދޭސީންގެ ނިސްބަތް ހަނިކޮށްފައި ޤާނޫނުތައް ހުރިކަމުގައި ވީނަމަވެސް މި ގާނޫނާ ހިލާފަށް ނިސްބަތުން ބިދޭސީންގެ ޢަދަދު ގިނަ އިން ގެންގުޅޭ ރިސޯޓުތަކާ މެދު ފިޔަވަޅު އަޅާތަނެއް ނުފެނެއެވެ. އެއް ފެންވަރެއްގައި އެއްމަސައްކަތެއް އަދާކުރާ ދިވެހިންނާއި ބިދޭސީންނަށް ދޭ އުޖޫރަ އާއި ކެއުމާއި ނިދުމުގެ އިންތިޒާމްތަކުގައި ވަޒީފާދޭ ފަރާތުން ގެންގުޅޭ ތަފާތުކުރުންތަކަކީ ގާނޫނު އަސާސީއާ ހިލާފަށް އެތައް އަހަރެއް ވަންދެން، އަދިއަދާ ހަމައަށް ވެސް ކުރަމުން ދާ ކަމެކެވެ.

ވަޒީފާއަށް ކުރިމަތިލާ ދިވެހިންނަށް ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސޭ އުޖޫރައަށް ބިދޭސީން ހޯދައި ގެންގުޅުމުގެ ފަސޭހަކަން ނައްތާލަން ޖެހެއެވެ. މި ކަމުގެ ހައްލަކީ މިނިމަމްވޭޖް އެއް ކަނޑައަޅައި ތަންފީޒްކުރުމެވެ. މިނިމަމްވޭޖްއަކީ ކުރާ މަސައްކަތަށް ދޭންޖެހޭ އެންމެ ކުޑަ އުޖޫރައެވެ. މި އުޖޫރަ ކަނޑައެޅުމުގައި ވަޒީފާ އަދާކުރާ ސިޓީ ނުވަތަ ރަށުގައި ދިރުއުޅުމަށްޓަކައި އަސާސީ ބޭނުންތަކަށް ހިގާ ހުރިހާ ހަރަދެއް ކުރެވޭނެ މިންވަރެއް ދިރާސާކޮށް ދެނެގަނެ އެއަށް ރިއާޔަތްކުރަންޖެހެއެވެ. މި ކަމުގެ ތެރެއިން ބޮޑު ކުލީގެ ތަކްލީފަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.

މީގެ އިތުރުން ބައެއް ވަޒީފާތަކަށް ބިދޭސީން ގެންގުޅުން މަނާކުރުމަކީ ވެސް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ރައްކާތެރި ކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ. މިސާލަކަށް ޑްރައިވަރުން، ކޭޝިއަރުން، ވެއިޓަރުން، އަދި ހަމައެކަނި އިގިރޭސި ބަހުން މުއާމަލާތް ކުރާ ޖީއާރުއޯ އިން (ގެސްޓް ރިލޭޝަން އޮފިސަރުން) ފަދަ ވަޒީފާތައް ހިމެނެއެވެ. މިހާރު ވެސް ބިދޭސީން ގެންގުޅުން މަނާކުރެވިފައިވާ ވަޒީފާތަކުގައި ބިދޭސީން ގެންގުޅޭ ކަމީ އެފަދަ ފަރާތްތަކާ މެދު އެކަށީގެންވާ މިންވަރަށް ފިޔަވަޅު ނޭޅޭ ކަމުގެ ދަލީލެކެވެ.

ޓެކްސް ފަދަ ބައެއް ގާނޫނުތަކާ ޚިލާފަށް އަމަލުކުރާ ވިޔަފާރިތަކާ މެދު ފިޔަވަޅު އެޅޭ ހިނދު ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނުތަކާ ޚިލާފުވާ ވިޔަފާރިތަކާ މެދު ފިޔަވަޅު ނޭޅޭ ކަމީ މަސައްކަތްތެރި ޢާންމު ރައްޔިތުންގެ ހައްޤުތަކަށް ކަމާ ބެހޭ އިދާރާތަކަށް ވެވިފައިވާ ބޮޑު އިހުމާލެއް އަދި ބޭއިންސާފެކެވެ.

ވަޒީފާގެ މާހައުލުގައި މަސައްކަތްތެރިންނަށް ވަޒީފާ ދޭ ފަރާތާއި ދިމާވާ މައްސަލަތަކަށް ހައްލު ނުވަތަ އިންސާފު ހޯދުމަށް ދާންޖެހޭ އިދާރާއަކީ ލޭބަރ ރިލޭޝަން އޮތޯރިޓީއެވެ. އަދި ޝަރުއީ މަރްހަލާއަށް ދާނަމަ އެމްޕްލޯއިމަންޓް ޓްރައިބިއުނަލްއެވެ. މަސައްކަތްތެރިޔާގެ ހައްގު ހޯދުމަށްޓަކައި މި ދެ އިދާރާއާ އެކު މަސައްކަތް ކުރަމުންދާ ކޮންމެ ދުވަހަކީ އޭނާގެ ދިރިއުޅުމުގެ ޙާލަތު ހީނަރުވެ، ލިބޭ ގެއްލުން ބޮޑުވަމުންދާ ދުވަހެކެވެ. މިއާ ޚިލާފަށް، މައްސަލަ ނުނިމި ދިގުލަމުންދާ ކޮންމެ ދުވަހަކީ ވެސް ވަޒީފާދޭ ފަރާތަށް އެއްވެސް ގެއްލުމަކާ ނުލައި އިންސާފުން ރެކިގެން ވިޔަފާރިން ފާއިދާ ހޯދުމުގައި ދެމިހުރެވޭ ދުވަސްތަކެކެވެ. ނަތީޖާއެއްގެ ގޮތުން މިފަދަ މައްސަލަތައް ބެލުމަށް އެޅެން އޮތް ކޮންމެ ހުރަހެއް ވެސް އަޅައެވެ. މި ގޮތަށް އިންސާފު ނުލިބި ހައި ހޫނުކަންމަތީ އެތައް ޒަމާނެއް ވަންދެން އުޅުނު މަސައްކަތްތެރިޔާގެ ހައްގުގައި މައްސަލަ ބަލައި ނިމި ކަމާ ބެހޭ އިދާރާއިން ވަޒީފާދޭ ފަރާތަށް އަމުރުކުރިޔަސް އެ އަމުރަށް ވަޒީފާދޭ ފަރާތުން ދެނީ ބީރުކަންފަތެކެއެވެ. މި ފަދަ ހާލަތްތަކުގައި ވެސް ވިޔަފާރިތަކާ މެދު ފިޔަވަޅު އެޅޭ ތަނެއް ނުފެނެއެވެ. ވުމާ އެކު އިންސާފު ގެއްލިފައިވާ މަސައްކަތްތެރިޔާއަށް ހައްގުވާ ބަދަލު ވެސް ނުލިބެއެވެ.

ކޮންމެ ސަރުކާރަކުން ވެސް ކުދި، މެދު އަދި ބޮޑެތި ވިޔަފާރިތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް ވައުދުވެ މަސައްކަތްކުރާ ހިނދު އެފަދަ ވިޔަފާރިތަކުގައި ދިރިއުޅުމަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުންދާ ނިކަމެތި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮއްދީ ޝަކުވާތައް އަޑުއަހައި ގޮންޖެހުންތައް ފިލުވައިދޭ ތަނެއް ނުވަތަ އެކަމަށް ވައުދުވާނެ އަޑެއް ވެސް ނީވެއެވެ.

މަސައްކަތްތެރިންނަށް އެ މީހުންގެ ހައްގުތައް ހޯދާ ހިމާޔަތް ކުރުމަށް އޮތް އެންމެ ނަތީޖާ ކުރަނިވި ގޮތަކީ މަސައްކަތްތެރިންގެ ޖަމާއަތްތައް ހަދައި ހަރަކާތްތެރިވުމެވެ. މިގޮތަށް ރާއްޖޭގައި ހަރަކާތްތެރިވާ ޖަމާއަތްތަކުގެ ތެރޭގައި ޓުއަރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)، ޕައިލެޓްސް އޮފް ދަ މޯލްޑިވްސް، ޓީޗާރޒް އެސޯސިއޭޝަން ފަދަ ޖަމިއްޔާތައް އެކި ދުވަސްވަރު އެކި މިންވަރުން ހަރަކާތްތެރިވާތަން ފެނެއެވެ. ނަމަވެސް މިފަދަ ޖަމިއްޔާ ޖަމާއަތްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިފަދަ ޖަމާއަތްތަކަށް ބާރުވެރިކަން ލިއްބައިދޭ ގާނޫނެއް ރާއްޖޭގައި ނެތުމެވެ.

2008ގައި އައި ސަރުކާރުގެ ދައުރުގައި އޭރު އޮތް ލޭބާރ މިނިސްޓްރީގެ އިސްނެގުމާ އެކު އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އެހީގައި މިފަދަ ޖަމިއްޔާތަކުން ބައިވެރިވެގެން، "އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓް" ގެ ނަމުގައި އެކުލަވާލި ބިލެއް، ރައްޔިތުންގެ މަޖިލީހަށް ފޮނުވިތާ ވެސް އަހަރުތަކެއް ވެއްޖެއެވެ. އެހެންނަމަވެސް މި ބިލް މަޖިލީހުގެ ތަޅުމަށް އަދި އަދަށް ވެސް ނާދެެއެވެ. ސަބަބަކީ މި ބިލަށް އަމަލުކުރަން ފަށައިފި ނަމަ މަސައްކަތްތެރިންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކޮށް ކުރިއަރުވާ މަސައްކަތްތެރިންގެ ޖަމިއްޔާތަކަށް އެކަށީގެންވާ ގާނޫނީ ހައިސިއްޔަތާއި ރައްކާތެރިކަމާއި ބާރު ލިބިގެން ހަރަކާތްތެރި ވެވޭނެއެވެ. ނަމަވެސް މަޖިލީހުގެ ގޮނޑިތަކުގައި ރައްޔިތުން ތަމްސީލްކޮށްދޭ، އިހްލާސްތެރިކަމަށް ދަޢުވާ ކުރައްވާ މަންދޫބުންނަކީ ވިޔަފާރިވެރިންގެ ޕާޓީގެ ޓިކެޓްގައި ނުވަތަ ވިޔަފާރިވެރިންގެ ދައުރާއި އެހީ ފުރިހަމައަށް އެކުލެވިގެންވާ ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި ނުވަތަ ވިޔަފާރިވެރިންގެ ދީލަތި އެހީގައި "މިނިވަން" ކެންޑިޑޭޓެއްގެ ގޮތުގައި ކެމްޕޭންކޮށްގެން ގޮނޑި ކާމިޔާބުކުރައްވާފައިވާ އިއްޒަތްތެރި މެމްބަރުން ތިއްބެވި ހާހިނދު، މިފަދަ ބިލެއް ފާސްވެގެން ވުޖޫދަށް އައުމަކީ ޚިޔާލީ ފޮލާއަކަށް ވެދާނެއެވެ.

މި ޙާލަތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ކޮނޑުއަޅައި، މަސައްކަތުގައި އަވަދިނެތި، ދިރިއުޅުމުގެ އަސާސީ ޚަރަދުތައް ކިރިޔާ ދެކޮޅުޖައްސަމުން އަންނަ ހީވާގި ދިވެހި މަސައްކަތްތެރިން ވޭތުކުރާ ކޮންމެ ދުވަހަކީ، މި ދިވެހިރާއްޖޭގެ އިޤްތިޞާދުން އުފައްދާ މަންފާގެ ބޮޑުބައެއް، ބިދޭސީން ލިބިގަންނަމުންދާ ދުވަހެކެވެ. ރާއްޖޭއިން ބޭރުވާ މިފައިސާއަކީ އަލުން އަނބުރާ ހޯދޭނެ އެއްޗެއް ނޫނެވެ. ފޫނެތް ފަޔަކަށް ފެންފުރުމުގެ ލާމަސީލު މިސާލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

06 އޮކްޓޯބަރު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު