Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ ވުމާއި ޒާތީވުމުގެ ތަފާތު

"ސިޔާސީ ވުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކަށް ވަނީ ޒާތީވުމެވެ!"

ކަންކަމުގައި ޚިޔާލު ތަފާތުވުމަކީ އޮންނާނެ ކަމެއް، ޚިޔާލު ތަފާތުވުމަކީ އަނެކާ އަށް ކުރަންޖެހޭ ނުވަތަ ދޭންޖެހޭ އިހްތިރާމް ނުދޭންވީ ސަބަބެއް ނޫން

އިކްރާމް ހަސަަން
އިކްރާމް ހަސަަން, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2020 | ބުރާސްފަތި 15:51
ރާއްޖޭގެ ސިޔާސީ މަސްރަހުގައި، ބައެއް ފަހަރު ސިޔާސީ ބަހުސްތަކުގެ ތެރޭގައި އަނެކާއާ ޒާތީވާތަން ފެނޭ

ރާއްޖޭގެ ސިޔާސީ މަސްރަހުގައި، ބައެއް ފަހަރު ސިޔާސީ ބަހުސްތަކުގެ ތެރޭގައި އަނެކާއާ ޒާތީވާތަން ފެނޭ

އިންސާނުން ދުނިޔެ އަށް ފޮނުއްވައި އިންސާނުންގެ ތެރޭގައި ތަފާތު ސަގާފަތްތަކުގެ މީހުން ދިރިއުޅެމުންދަނީ އެއް ބަޔަކު އަނެއް ބަޔެއްގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅި ދެނެގަނެ، އެ އިންސާނަކަށް ކުރަންޖެހޭ އިހްތިރާމާއި ލޯބި ދެމުންނެވެ. ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ އިންސާނުންގެ ތަބީޢަށް ތަފާތު ވާނެކަން ޤަބޫލުކުރަމުންނެވެ.

ރާއްޖެ އަކީ މީސްކޮޅު މަދު، ކުޑަ ޤައުމެއް ނަމަވެސް ރާއްޖޭގައިވެސް އެކި ހިސާބުތަކުގައި މީހުން ދިރިއުޅެމުން އަންނަނީ އެކި ގޮތަށެވެ. ވާހަކަ ދައްކާ ބަހުރުވައާއި ކެއިން ބުއިމުގެ އާދަތައްވެސް ތަފާތު ކޮށެވެ. އެކި ހިސާބުތަކުގައި މީހުންގެ ގެދޮރު ބިނާ ކުރުމާއި ދިރިއުޅުންވެސް ހުންނަނީ ތަފާތު ގޮތް ގޮތަށެވެ. ޢާންމުކޮށް ނިދާ ގަޑިތަކާއި ގެއިން ބޭރުގައި މީހުން އުޅޭ ވަގުތުތައްވެސް އެކި ރަށްރަށުގައި ތަފާތެވެ. ނަމަވެސް އެބައެއް އުޅެމުން އަންނަ ގޮތާއި ތަފާތު މީހުންނަށްވެސް އިހްތިރާމްކޮށް، އެ މީހެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތަކަށް އަދި ބަހުރުވަޔަށްވެސް ދެން ތިބޭ ބަޔަކު އިހްތިރާމް ކުރެއެވެ. އަދި ކޮންމެ މީހެއްވެސް އެމީހެއްގެ ގޮތުގައި ބަލައިގަންނަ މީހުން ޖުމްލަ ގޮތެއްގައި ރާއްޖޭގައި ގިނަ އެވެ.

އިންސާނާގެ ވިސްނުން ތަރައްޤީވެގެން އަންނަނީ އޭނާ ސުކޫލުތަކާއި، ކޮލެޖް، ޔުނިވާސިޓީ ތަކަށް ގޮސް ހޯދައިވާ ޢިލްމަކާއި ދިރިއުޅެ ބޮޑުވާ މާހައުލަކުން ލިބޭ ދިރިއުޅުމުގެ އެތައް ތަޖުރިބާތަކެއްގެ މައްޗަށެވެ. އެގޮތުން ދުނިޔޭގެ އެކި ހިސާބުގައި އެކި މާހައުލުގައި ބޮޑުވާ އިރު، އެ ތަނެއްގައި އުޅެ ބޮޑުވެފައިވާ މީހުންގެ ފަރާތުން ލިބޭ ފިލާވަޅުތަކުގެ މައްޗަށް މީހާ ދުނިޔެ ދަސްކުރުމުގައި ވަރަށް ބޮޑަށް ވިސްނުމުގެ އެކި ކަހަލަ ތަފާތުވުންތައް ހުންނާނެއެވެ. މިގޮތުން ލިބޭ ފިލާވަޅުތަކުގެ އެންމެ ރަނގަޅު ގޮތް ދެނެގަތުމަށް އެންމެ ބޮޑު އެހީތެރިކަމަކަށްވަނީ މީހާއަށް ލިބޭ ޢިލްމެވެ.

ކަންކަމުގައި ޚިޔާލު ތަފާތުވުމަކީ އޮންނާނެ ކަމެއްކަމާއި، ޚިޔާލު ތަފާތުވުމަކީ އަނެކާ އަށް ކުރަންޖެހޭ ނުވަތަ ދޭންޖެހޭ އިހްތިރާމް ނުދޭންވީ ސަބަބެއް ނޫނެވެ. އަދި ޚިޔާލު ތަފާތުވިޔަސް، ކަންކަމުގައި އެކަމެއްގެ އަސްލު މަގްސަދު ދޫކޮށްލައި އަނެކާގެ ޒާތީ ދިރުއުޅުމުގެ ތެރެއަށް ވަދެ، އަނެކާގެ އަބުރު ގެއްލޭފަދަ ވާހަކަތައް ދައްކައި ހެދުމަކީ ތަހުޒީބު މީހުންގެ ގައިގައި ހުރެގެންވާނެ ސިފައެއް ނޫންކަމެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އެކި ހިސާބުގައި އެކި ފަރާތްތަކުން ޙަރަކާތްތެރިވަމުން އަންނަ އިރު، ބައެއް ފަހަރު ސިޔާސީ ބަހުސްތަކުގެ ތެރޭގައި އަނެކާ އާއި ޒާތީވެ، އެ މީހާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް ދައްކައި އަނެކާގެ އަބުރަށް ކުޑައިމީސް ވާފަދަ މޭރުމުން ބައެއް ފަރާތްތަކުން ވާހަކަ ދައްކާހަދާތަން ފެނެއެވެ. ބައެއް ފަހަރު، ބައެއް ފަރާތްތަކަށް ޤަބޫލުވެސް ކުރެވެނީ، އަނެކާގެ ޒާތީ ކަންކަމުގެ ވާހަކަ ސިޔާސީ ޕްލެޓްފޯމެއްގައި ދައްކާލެވުމަކީ ސިޔާސީ ގޮތުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާ ކަމެއްކަމުގައެވެ. އަދި ސިޔާސީ ގޮތުން އެމީހާގެ ބުރަދަން އިތުރުވެގެންދާނެ ކަމެއްކަމުގައެވެ. އެއީ ކަނޑައެޅިގެން ޤަބޫލުކުރެވޭ ވަރަށް ބޮޑު ކުށްހީއެކެވެ. އަދި އެ ޤަބޫލުކުރުމަކީ ވަރަށްވެސް ނުރައްކާ ޤަބޫލުކުރުމެކެވެ. މީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ދައްކައިގެން ސިޔާސީ ގޮތުން ހޯދޭނެ މަންފާއެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި ތިމާގެ ޒާތީ ދިރިއުޅުގެ ކަންކަން އެހެން މީހުންނަށް އަންގަން ބޭނުންނުވާ ކަންކަން އެހެން މީހުންވެސް ހާމަކުރާން ފަށާނީއެވެ. އެހިސާބުން އެ ބަހުސް ވެގެންދާނީ ޒާތީ ބަހުސަކަށެވެ. ސިޔާސީ ބަހުސަކަށް ނޫނެވެ.

ސިޔާސީ ވުމަކީ ސިޔާސަތުތަކާއި މެދު ވާހަކަ ދައްކައި، ރަނގަޅު ސިޔާސަތުތައް އެހެން މީހުންނަށް ކިޔާދީ އެ ސިޔާސަތުތައް ވިއްކުމަށް މަސައްކަތް ކުރުމެވެ. އަދި ނުރަނގަޅު ސިޔާސަތުތައް ނުރަނގަޅުވާ ސަބަބުތައް ކިޔާދީ، އެމީހަކު ޤަބޫލުކުރާ ސިޔާސަތުތަކަށް ގިނަ ބަޔަކުގެ ތާއީދު ހޯދައި އެ ސިޔާސަތުތައް ޕްރަމޯޓް ކުރުމެވެ.

އަދި ސިޔާސީ ކަންކަމުގައި ސިޔާސީ ވާހަކަދައްކައި، ޚިޔާލުތަފާތުވާ ފަރާތްތަކާއިއެކުވެސް މަސައްކަތްކޮށް އެންމެ ރަނގަޅު ސިޔާސަތުތަކެއް އެކަށަ އަޅައި އެ ސިޔާސަތުތައް ތަންފީޡުކުރުމަށް މަސައްކަތްކުރުމަކީ އެންމެ ހުނަރުވެރި ސިޔާސީ މީހުންކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ.

ހަމައެހެންމެ، ސިޔާސީ ގޮތުން ކުރާ މަސައްކަތްތަކުގައި، ދެން ތިބޭ މީހުންގެ ވާހަކަތައް އަޑުއަހައި، އަނެކާގެ ވިސްނުން ބަލައިގަންނަން އެނގޭ، ތިމާ ނޫން އެހެން މީހުން ދައްކާ ވާހަކަތަކަކީވެސް މުހިއްމު ވާހަކަތަކެއް ކަމުގައި ބަލައިގަނެ، ކޮންމެ މީހެއްގެ ޚިޔާލާއި ވިސްނުމަށް އިހްތިރާމްކޮށް އެކުގައި ކުރިޔަށްދާން ދަސްވުމަކީ ސިޔާސީ ގޮތުން އެންމެ މޮޅު އެންމެ ޤާބިލު މީހުންގެ ގޮތުގައި ބެލެވޭނެއެވެ.

ސިޔާސީ ވުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކަށް ވަނީ ޒާތީވުމެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ޑިޕްރެޝަނަށް ނުދާންވި ސަބަބެއް ނެތެވެ.

ޑިޕްރެޝަނަށް ނުދާންވި ސަބަބެއް ނެތެވެ.

20 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު