Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
2017 ރިވިއު

ޚާރިޖީ ސިޔާސަތު: ޗައިނާއަށް ނުއަގުގައި ވިއްކާ މުދާގަނޑެއް

އދ ދަތުރުފުޅު ކެންސަލް ކުރެއްވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2017 | އާދީއްތަ 00:23
ރައީސް ޔާމީން ޗައިނާގެ ރައީސް ޝީއާއި ސަލާމް ކުރައްވަނީ

ރައީސް ޔާމީން ޗައިނާގެ ރައީސް ޝީއާއި ސަލާމް ކުރައްވަނީ

ޚާރިޖީ ސިޔާސަތުގެ ވާހަކަ އާދައިގެ މަތިން ފަށަން ޖެހެނީ އދ އަށާއި ބައިނަލްއަޤްވާމީ މުޖުތަމައަށް ފިއްލަވައިގެން އުޅުއްވާ ވެރިއެއްގެ ވާހަކައިންނެވެ. އާދައިގެ މަތިން މި ނިމިދިޔަ އަހަރަކީވެސް ދިވެހިރައްޔިތުންގެ އަޑު އިއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އދއަށް ވަޑައިނުގެން ފިއްލެވި އަހަރެކެވެ.

ޚާރިޖީ ވަޒީރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އަދި މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ޚާރިޖީ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ އަބްދުﷲ ޝާހިދު ސިފަކުރައްވާގޮތުގައި ނިމިގެންދާ އަހަރަކީ"ވިސްނުމެއް ނެތި ރާއްޖެ އިސްތިއުމާރީ ނުރައްކަލެއްގެ މައްޗަށް ފުރޮޅާލި ސިޔާސަތެއް. ރާއްޖޭގެ ދާޚިލީ ކަންކަމަށް ބުރޫއަރާފާނެ ފަދަ މިންވަރަކަށް ރާއްޖޭގެ ސިޔާދަތީ ދަރަނި އެއްގައުމެއްގެ މައްޗަށް ބަރޯސާކުރި ސިޔާސަތެއް" ގެންގުޅުނު އަހަރެއްގެ ގޮތުގައެވެ.

އެކިއެކި ކަންކަމަށް ކްރެޑިޓް ފެސިލިޓީގެ ގޮތުގައި ޗައިނާއިން ހޯދި ލޯނުގެ އިތުރުން ފަޚުރެއްގެ ގޮތުގައި ބޮންޑު ވިއްކަން ހުޅުވާލިއެވެ. އަހަރު ފެށުނުއިރުވެސް 1.4 ބިލިއަން ރުފިޔާ ހޯދުމަށް ބޮންޑުވިއްކުމަށް ބަޖެޓްގައި ހިމަނާފައިވާއިރު ޗައިނާގެ ބޭންކުތަކުން ބޮންޑުގަތުމުން ސަރުކާރަށް މާލީ ގޮތުން ހިންދެމިލެވުނަސް ގައުމެއްގެ ދަރަނި އެއްގައުމަކަށް އިތުރުވަނީއެވެ. އަންނަ އަހަރަށް ބަލާއިރުވެސް ބައިނަލްއަޤްވާމީ މާކެޓަށް ބޮންޑު ވިއްކަން ނުކުމެއެވެ. ސަރުކާރުން ބުނާ ގޮތުން ހަމަ ކޮންމެ ގައުމަކަށްވެސް ބޮންޑު ގަތުމުގެ ފުރުސަތު އޮވެއެވެ. އެހެނަސް އަބަދުވެސް އިއްތިފާގުވަނީ ޗައިނާ ކަމަށް ވާއިރު ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު އެހެން އެއްވެސް ގައުމަކުން ލިބިފައިވާ މިންވަރާ އަޅައިކިޔާ ނުލެވޭވަރުގެ ދަރަންޏެއް ޗައިނާއިން އޮންނާނީ ދީފައެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ޑިސެމްބަރު މަހުގެ ކުރީކޮޅު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީވެސް ރާއްޖެއަށް އިގްތިސާދީ ގޮތުން އޮތް ބިރެއްގެ ގޮތުގައި އިގްތިސާދީ ބޭފުޅުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ހުއްޓުމެއްނެތި ގޮވަމުންނެވެ. ޚާރިޖީ ދާއިރާގެ ތެރެއިން ބަލާއިރު ހުތުރުވަނީ އެހެން މަންޒަރެކެވެ. ވަކި ގައުމަކަށް ކަމެއް ކޮށްދިނުމަށްޓަކައި ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ލަދުގަންނުވާލީއެވެ. އެއްހާސް ސަފްހާ ހިމެނޭ ފްރީ ޓްރޭޑް އެގްރީމަންޓް 7 މިނެޓްގެ ތެރޭ ވިދާޅުވެ ދިރާސާކޮށް ނިންމަވަން މަޖިލީސް މެމްބަރުންނަށް ޖެއްސެވީއެވެ. ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރާއި އެ ޕާޓީގެ ނައިބް ލީޑަރު ފަދަ ބޭފުޅުންނަށް ހުރިހާ މަލާމާތެއް ރައްދުވިއިރު ރައީސް ޗައިނާއަށް ވަޑައިގެންނެވީ އެ ހަދިޔާ ހިއްޕަވައިގެންނެވެ. މަޖިލީހުން ދިރާސާކޮށް ރުހުން ލިބުނު ކަމުގެ ތައްގަނޑު ޖައްސަވައިގެންނެވެ. ގައުމަށް އެވަރު ފައިދާ ބޮޑު އެއްބަސްވުމެއް އަމިއްލަ ޕާޓީގެ މެމްބަރުންނަށްވެސް ކިޔާލާނެ ފުރުސަތު ނުދެއްވާ އެ ކުރެއްވި ކަމަކާމެދު ރައްޔިތުން ސުވާލު އުފައްދައެވެ.

އެ އެއްބަސްވުން ވެގެން ދިޔައީ އިންޑިޔާގެ ކަންބޮޑުވުމަކަށެވެ. ކަންބޮޑުވީ ޗައިނާއިން ރާއްޖެއަށް އެހީތެރިކަމެއް ލިބިދާނެތީއެއް ނޫނެވެ. އެވަރުގެ ބޮޑު އެއްބަސްވުމެއްގައި ސަރުކާރުން އަމަލުކުރި ގޮތުންނެވެ. އަޑިނޭނގޭ ކަންތައްތަކެއް އޮތްކަމަށް ތުހުމަތުކުރެވުމުންނެވެ.

"މުޅި އިންޑިއާ ކަނޑުގެ ސަރަހައްދު ހަލަބޮލިކޮށް އޭގެ އެންމެ ބޮޑު ނުރައްކާ ރާއްޖެއަށް ކުރިމަތި ކުރުވާނެ ސިޔާސަތެއް.އިސްލާމީ ގައުމުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް ހިތްވަރުދިނުމުގެ ސިޔާސަތެއް." މިއީވެސް 2017 އިގެ ޚާރިޖީ ސިޔާސަތު އޮތް ގޮތްކަމަށް ޝާހިދު ވިދާޅުވި ވާހަކަފުޅެކެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ޗައިނާއަށް ފުރުސަތު ލިބިގެންދާނެ ވާހަކަވެސް ރައީސްގެ ޗައިނާ ދަތުރުފުޅުން އެނގިގެންދިޔައެވެ. "ބޮޑުބޭބެ އިންޑިއާ"ޒަމާނުއްސުރެ ކޮށްދެމުން އައި މަސައްކަތް އެހެންބަޔަކު ކޮށްދޭން އެދުނީ ބޮޑުބޭގެ މަސައްކަތުގެ ފެންވަރު ދަށްވެގެންކަން ނޫނީ އެހެން ސަބަބެއް އޮވެގެންކަންވެސް އެނގޭނީ ބުނެދިންނަމައެވެ. އެވަރުން ނުވެގެން އެ ގައުމުގެ ސަފީރު ގއ ވިލިނގިލީ ކައުންސިލާ ބައްދަލުކުރުމުން ކައުންސިލް ސަސްޕެންޑްކޮށް ސަފީރަށް ދައްކާލީ ރުޅިވެރި ކިބުރުވެރި މަންޒަރެކެވެ. އެހެން ނޫންނަމަ އިނގިރޭސި ސަފީރާ ބައްދަލުކުރުމުން ތިނަދޫ ކައުންސިލްވެސް ސަސްޕެންޑް ކުރެވުނީހެވެ. އިންޑިޔާ ސަފީރު ވަނީ ޑިޕްލޮމެޓިކް ބަހުރުވައިން"ކަލަ"ވެސް ގޮވާލާފައެވެ.އިންޑިއާއިން ދީފައި އޮންނަ ހެލިކޮޕްޓަރުގައި ބަލި މީހަކު އުފުލަނިކޮށް ނަގާފައިވާ ފޮޓޯއަކާއެކު ޓްވީޓެއްކުރައްވައި އިންޑިޔާއަށް ޝުކުރު އަދާކުރައްވާފައެވެ. މި ހޫނުގަނޑުގައި އިންޑިޔާގެ ވަފްދެއް ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށްވަނީ ނިންމަވާފައެވެ.

"އިސްލާމީ ގައުމުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް ހިތްވަރުދިނުމުގެ ސިޔާސަތެއް"ކަމަށް ޝާހިދު ވިދާޅުވިފަދަކަމެއްވަނީ ހިންގާލާފައެވެ. ޖޫން މަހުގެ ފަސްވަނަ ދުވަހު ސައުދީ އަރައްބިއްޔާއާއި ބަހްރެއިނާއި މިސްރާއި އެކުވެރި އަރަބި އިމާރާތުން ގަތަރާ ގުޅުން ކަނޑާލުމާއެކު އެކަމުގެ ތެރެއަށްވެސް ރާއްޖެ ފުންމާލައިފިއެވެ. ދުނިޔޭގެ މީޑިއާތަކުގައި ބްރޭކިންގ ނިއުސް އަރުވައިގެން އުޅެނިކޮށް ދިވެހިރާއްޖެއިން ގަތަރާ ޚާރިޖީ ގުޅުން ކަނޑާލިކަން އިއުލާނުކޮށްފިއެވެ. ވަކި އަތަކަށް ނުޖެހޭ ސިޔާސަތު އޮތީ އޮތްތަނުގައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ގެންގުޅެފައިވަނީ"ޤައުމުތަކުގެ ކުރިމަތީގައި އިތުބާރު ގެއްލި ރާއްޖޭގެ ބަސް އެއީ ހަޖުލެއްގެ ގޮތުގައި ދޭދޭ ގައުމުތަކުން ދެކެންފެށި ސިޔާސަތެއް.ތިމާވެށީގެ މައްސަލަތަކުގައާއި އިންސާނީ ހައްގުތަކުގެ މައްސަލައިގައި ރާއްޖެއަށް ލިބިފައިވާ ލީޑަރޝިޕް ރޯލް ގެއްލިގެންދިޔަ ސިޔާސަތެއް"އެވެ.

ގުދުސްގެ މައްސަލައިގައި 36 ގައުމުން ކޯ ސްޕޮންސަރކުރި ގަރާރެއްގައި ރާއްޖެއިން ކޯ ސްޕޮންސަރއަކަށްވުމުން ރާއްޖޭގެ ދެތިން ޝޭޚަކު އެކަމަށް ތައުރީފު ކުރިޔަސް މިޔަންމާގެ މައްސަލަ އެންމެ ހޫނުވެފައި އޮތް ދަނޑިވަޅުގައި، ގަތުލް އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ 72 ވަނަ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމަށް އދ. ގައި ނެގި ވޯޓަށް ރާއްޖެ ފިލިކަން ދުނިޔެ ދަނެއެވެ. އަމިއްލަ ގައުމުގައި ހުރި ކުޅިތައް ހަލާކުކޮށް ނެތިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާފަދަ ތިމާވެށީގެ ނާޒުކު ތަންތަން މަދު ޑޮލަރުކޮޅަކަށް ވިއްކާލާ ގައުމެއްކަން ދުނިޔެ ދަންނައިރު އެއޯސިސްގެ ޗެއާގެ ގޮތުގައި ނަންބޯޑު އަޅުވައިގެން ތިއްބަސް ތިމާވެށީގެ ދާއިރާގައިވެސް ރާއްޖެ ދައްކާ ވާހަކަ އިވުމުން ބޯ ޖަހާލުން ފިޔަވައި އެހެން ގައުމުތަކުން އިތުރު ސަމާލުކަމެއް ނުދެއެވެ.

ފްރީޓްރޭޑް އެގްރީމެންޓް އިކޮނޮމިކް މިނިސްޓަރާއި ހައުސިންގ މިނިސްޓަރު ދިފާއު ކުރައްވާއިރު ހަތްމިނެޓުން އެއްބަސްވުން ވިދާޅުވިކަމަށްބުނެ މަލާމާތް ރައްދުވި، ސަރުކާރު ހިންގާ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުވެސް އެ އެއްބަސްވުމަށް ސާބަސް ދެއްވައެވެ. އަދި ތިމާވެށީގެ ބައްދަލުވުންތަކުގައި ދިވެހިންގެ އަޑެއް ނެތަސް ގައުމުން ބޭރުގައި ތިމާވެށީގެ ބައްދަލުވުމެއް ބާއްވާނަމަ ދޫކޮށް ނުލައްވައި ގޮނޑި ހޫނުކޮށްލައްވަން ނަމަވެސް އެންވަޔަރަންމަންޓް މިނިސްޓަރ ނުވަތަ ވަފްދެއް ވަޑައިގަންނަވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓާޓާ ފްލެޓް ވިއްކާ ކަމަށް ބުނެ އަޑިނޭނގޭ ބޮޑު ޖަރީމާ އެއް ހިންގަނީ!

ޓާޓާ ފްލެޓް ވިއްކާ ކަމަށް ބުނެ އަޑިނޭނގޭ ބޮޑު ޖަރީމާ އެއް ހިންގަނީ!

24 ޖެނުއަރީ 2018
ޗައިނާ އަށް ރާއްޖެ \"ވިއްކާލައިފި\"، އިންޑިއާ ދެން ހަދާނީ ކިހިނެއް؟

ޗައިނާ އަށް ރާއްޖެ \"ވިއްކާލައިފި\"، އިންޑިއާ ދެން ހަދާނީ ކިހިނެއް؟

08 ޑިސެމްބަރު 2017
2017: ޚާރިޖީ ސިޔާސަތު ލާހޫރުނު އަހަރެއް

2017: ޚާރިޖީ ސިޔާސަތު ލާހޫރުނު އަހަރެއް

18 ނޮވެމްބަރު 2017
ގޯތި ވިއްކާލާ އަގު އޮޅުވާލުން، ޓެކްސްއަށާއި އިންސާފަށް ހަދާ ބޮޑު މަކަރެއް!

ގޯތި ވިއްކާލާ އަގު އޮޅުވާލުން، ޓެކްސްއަށާއި އިންސާފަށް ހަދާ ބޮޑު މަކަރެއް!

30 އޮކްޓޯބަރު 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު