Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮރޯނާވައިރަސް

ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރެއްކޮށް، ހުން އައިސް ކެއްސާ ނަމަ ސަމާލުވެލައްވާ!

އަލާމާތްތައް ފެންނަނީ ހަށިގަނޑަށް ވައިރަސް ވަންނަތާ 2 ދުވަހާއި 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 ޖެނުއަރީ 2020 | އާދީއްތަ 02:22
ކޮރޯނާވައިރަސް ފެނިފައިވަނީ ޗައިނާއިން

ކޮރޯނާވައިރަސް ފެނިފައިވަނީ ޗައިނާއިން

މިދުވަސް ވަރު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިމިވަނީ ޗައިނާގެ ވުހާން އިން ފެނިގެން ދިޔަ އަދި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ގޮސްފައިވާ ކޮރޯނާވައިރަސް އަށެވެ. މިހާތަނަށް އާއިރު މުޅި ދުނިޔެއިން މި ވައިރަސްގެ އަސަރުކޮށްގެން 845 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. މީގެތެރެއިން 830 ކޭސްއަކީ މިވައިރަސް ފެނުނު ގައުމުކަމަށްވާ ޗައިނާއިން ރިޕޯޓްކޮށްފައިވާ ކޭސްތަކެވެ. އަދި މި ވައިރަސްގެ އަސަރުކޮށްގެން ޗައިނާއިން 25 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ޗައިނާއިން ބޭރުން މި ވައިރަސްގެ އަސަރު ކޮށްގެން 10 ށް ވުރެ ގިނަ ގައުމުން ރިޕޯޓް ކޮށްފައިވާއިރު މިއެންމެންނަކީވެސް ޗައިނާގެ ވުހާންއިން އެގައުމުތަކަށް ގޮސްފައިވާ މީހުންނެވެ. އެހެންކަމުން ޗައިނާއަށް ވަކިން ޚާއްސަކޮށް ވުހާންއަށް ގޮސްފައިވާ ފަރާތްތަކުން މިވައިރަސްއަށް ސަމާލުކަން ދޭންޖެހޭ މިންވަރު އިތުރެވެ.

މިވައިރަސް އާއި ގުޅޭގޮތުން ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން މިބަލި ޖެހިއްޖެނަމަ އަލާމާތްތައް ފެންނަނީ ހަށިގަނޑަށް ވައިރަސް ވަންނަތާ 2 ދުވަހާއި 14 ދުވަހުގެ މުއްދަތެއްގެ ތެރޭގަ އެވެ. އެހެންކަމުން ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ގޮސްފައިވާ މީހެއްނަމަ، ހުންއައިސް (38 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި)، ކެއްސުން އަދި ނޭވާ ކުރުވެ ނޭވާލާން އުނދަގޫވާނަމަ ވީ އެންމެ އަވަހަކަށް އެމީހަކު ސިއްހީ ޚިދުމަތްތެރިއެއްގެ އެހީތެރިކަން ހޯދަންޖެހެ އެވެ. އަދި ޗައިނާއަށް ދަތުރުކުރި ކަމުގެ މައުލޫމާތު ހިއްސާކުރުމާއެކު ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާކުރަންވާނެ އެވެ. ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ އެމީހެއްގެ މުލައްދަނޑި އަނގަޔާއި ނޭފަތަށްވާ ގޮތަށް ހުރަސް ކުރަންވާނެ އެވެ. މީގެއިތުރުން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮންނަންވާނެ އެވެ.

އެމީހަކީ ޗައިނާއަށް ދަތުރުކޮށް ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނިފައިވާ މީހަކާ ދިމާވެފައިވާ މީހެއްނަމަ އަމިއްލަ ސިއްހަތު މޮނިޓަރ ކުރަމުން ގެންދަންވާނެ އެވެ. އަދި ހުން އައިސް، ކެއްސާ، ނޭވަ ކުރުވެ މިއަލަމާތްތައް ފެނިއްޖެނަމަ ސިއްހީ ޚިދުމަތްތެރިއެއްގެ އެހީ ހޯދާ ޗައިނާ އަށް ޒިޔާރަތްކޮށްފައިވާ މީހަކާ ދިމާވިކަން ހާމަކުރަން ވާނެ އެވެ.

ކޮރޯނާވައިރަހަކީ އިންސާނުންނާއި ޖަނަވާރުންގެ މެދުގައި ބަލިޖައްސާ ވައިރަހެކެވެ. އާދައިގެ އަރިދަފުސް ރޯގާ، މާރސް، އަދިސާސް ފަދަބަލިތައް މިވައިރަހުން ޖެހެއެވެ. މިއީ އަލަށް ފެނުނު ކޮރޯނާވައިރަސްގެ ބާވަތަކަށްވާއިރު މިބަލި އާންމުގޮތެއްގައި ފެތުރެނީ ޖަނަވާރުންގެ ކިބައިންނެވެ. ނަމަވެސް އިންސާނުންނަށް މިހާރު އަނެއް އިންސާނެއްގެ ކިބައިން މިބަލި ފެތުރޭކަން ވަނީ ދެނެގަނެވެފަ އެވެ. މި ބަލި އެރުން އެންމެ ގާތީ ހުންއައިސް ކެއްސާ މީހުންނާ، ގައިގޯޅިވުމުން ނުވަތަ އެފަދަ ބަލިމީހަކާ ކައިރީގައި އުޅޭމީހުންނަށެވެ. މިސާލަކަށް ގޭ ތެރެއިން، އޮފީހުން އަދި ސިއްހީ ހިދުމަތްދޭ ތަންތަނުން މިބަލި އެކަކު އަނެކެއްގެ ގަޔަށް އެރުމުގެ ފުރުސަތު ބޮޑެވެ.

ހުންއައިސް ކެއްސާ މީހުން އަނގަމަތީގައި ސާޖިކަލް މާސްކު ގޭގައި އުޅޭވަގުތުގައިވެސް އެޅުމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ. ގެއިން ބޭރަށް ނުދިއުމާއި ބޭނުންކުރާ ސާމާނު މިސާލަކަށް ތަށި، ސަމްސާ، އަންނައުނު، ތުވާލި ފަދަ ތަކެތި އެހެންމީހުން ބޭނުން ނުކުރުމަށްވެސް ޚާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ. އެހެން މީހުންނާއި ގައިގޯޅިވެ ނޫޅުމަށާއި ގޭގައި ހުންއައިސް ކެއްސާ މީހަކު އުޅޭނަމަ އެމީހަކު ވަކި ކޮޓަރިއެއްގައި ގެންގުޅުމާއި މިކޮޓަރިއަށް އެހެން މީހުންވަދެނޫޅުން މުހިންމެވެ. އަދި ކޮންމެހެން ވަންނަން ޖެހިއްޖެ ހިނދެއްގައި ބަލިމީހާއާއި 3 ފޫޓު ދުރު މިނުގައި ހުރުމަށް ސަމާލުކަން ދޭންވާނެ އެވެ.

މިއީ އަލަށް ފެނުނު ބައްޔަކަށްވުމުން މިބައްޔަށް އަދި ވެކްސިނެއް ހޯދިފައެއް ނުވެއެވެ. އާންމުކޮށް ފަރުވާދެމުން ގެންދަނީ ބަލިން ފެންނަ ތަފާތު އަލާމާތްތަކަށެވެ. އެހެންކަމުން ބަލީގެ އަލާމާތެއް ކިރިޔާ ފެނުނަސް އެކަމަށް ސަމާލުކަންދީ ބަލިން ރައްކާތެރިވުމަށް އަޅަން ހުރި ހުރިހާ ފިޔަވަޅެއް އެޅުން މުހިންމެވެ. މިބަލީގެ ފުރަތަމަ ކޮޅު ހުން އައިސް ކެއްސާ ނޭވާލާން އުނދަގޫ ވިޔަސް ބަލީގެ ބޮޑުވަރުވާ ހިސާބުން ނިއުމޯނިއާ ޖެހި، ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ޖެހުން، ކިޑްނީ ފެއިލްވުން އަދިބައެއް ފަހަރު މީހުން މަރުވާ ހިސާބަށް ދެއެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް ހުން އައިސް ކެއްސާނަމަ ވީ އެންމެ އަވަހަކަށް ސިއްހީ އެހީތެރިއެއްގެ ލަފާހޯދުން މުހިންމެވެ.

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2017

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017
ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!
22 އޯގަސްޓު 2017

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.
11 އޯގަސްޓު 2017

ޢަރަފާތް ދުވަހުގެ މާތްކަން

11 އޯގަސްޓު 2017
ޢަރަފާތް ދުވަހުގެ މާތްކަން
05 އޯގަސްޓު 2017

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!
02 އޯގަސްޓު 2017

ރައްޔިތުުންގެ މަންދޫބުންގެ ދަތްދޮޅި ނުރައްކަލެއްގެ ތެރޭގައި!

02 އޯގަސްޓު 2017
ރައްޔިތުުންގެ މަންދޫބުންގެ ދަތްދޮޅި ނުރައްކަލެއްގެ ތެރޭގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު