ހޯމަ 13 ޖުލައި 2020
13 ފުނޯސް
1441 ޒުލްގައިދާ 22
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:16
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ޗައިނާ

މެހެމާންދާރީ އަދާކުރުމުގައި ޗައިނާއަށް ސައްތައިން ސައްތަ

  • މެހެމާން ދާރީ އަދާކުރުމުގައި މި މީހުން ހަމަ އެއްވަނަ

ކ. މާލެ | 2 ޑިސެންބަރ 2019 | ހޯމަ 13:15 | 2,712

ދިވެހި ނޫސްވެރިިން ޔައިނާއަށް ކުރި ދަތުރުގެ ތެރެއިން - ރާއްޖެއެމްވީ

އާބާދީގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ގައުމު ޗައިނާއަށް ދާން ދަތުރު ފެށީ ތަފާތު ތަޖުރިބާތަކެއް ލިބޭނެ ކަމުގެ ވަރަށް ވެސް ބޮޑު އުއްމީދެއްގަ އެވެ. މިއީ ޗައިނާއަށް ކުރާ ފުރަތަމަ ދަތުރަށް ވެސް ވާތީ އެވެ. މި އުފެއްދުންތެރި އާބާދީ ބޮޑު ގައުމާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް އިވިފައިވެ އެވެ. އެެކަމަކު އިވިފައި އޮތީ ޗައިނާއާ ބެހޭ ގޮތުން ކުޑަ މައުލޫމާތެއް ކަން މި ދަތުރުން ސާފުވީ އެވެ. މިއީ ތަފާތު ސަގާފަތަކާއި ތަފާތު ލައިފްސަޓްލައިލްއެއް އޮތް ރިވެތި އާދަކާދަތަކެއް ހިފަހައްޓަމުން އަންނަ ގައުމެކެވެ.

އެކުވެރި ނޫސްވެރިންނާއި އެކު ކުރަމުންދާ ދަތުރުގައި އެންމެ ފުރަތަމަ ބައްދަލުވީ ޔުނާން ޕްރޮވިންސްގެ ފޮރިން އެފެއަރސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ޝެން އާއި ނޭންސީއާއެވެ. އެއީ ހަތް ދުވަހުގެ ނިޔަލަށް ޗައިނާ އަށް ކުރަމުންދާ މި ދަތުރުގައި ނޫސްވެރިންނަށް ޗައިނާ ދެއްކުމުގައި އެއްވެސް ވަރުބަލި ކަމެއް ނެތި ވަގުތު ހޭދަކުރާ ދެ އޮފިޝަލުންނެވެ.

މެހެމާނުންނާއި މެދު ހާއްސަ ލޯތްބެއް ބާއްވާ ޝެން އާއި އެކު ކުރަމުންދާ ދަތުރުގައި ކޮންމެ ދުވަހަކުވެސް ހެނދުނު އަށެއް ޖަހާއިރު ބަހުގައި ފަށާ ދަތުރު ނިންމާލުމަށް ފަހު ހޮޓަލަށް އާދެވެނީ ނުވައެއްް ޖަހާކަށް ހާއިރުއެވެ. އެއިން ކޮންމެ ދުވަހަކީ ވެސް ޝައުގުން ފުރިފައިވާ ތަންތަން ބެލޭ ދުވަހެކެވެ. ފަތުރުވެރިކަމަށް މަޝްހޫރު ޔުނާންގެ އާސާރީ ތަންތަނާއި އެ ތަނުގެ މީހުންނާއި ބައްދަލުވެ އެވެ. އޭގެ ތެރޭގައި ޕްރޮވިންސްގެ އިސް ބޭފުޅުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން މީޑިއާގެ އެކި ފަރާތްތަކާއި ބައްދަލުވެ އެވެ. އެ މީހުންގެ ދިރިއުޅުމުގެ އާދަކާދާ އާއި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ކޮންމެވެސް ވަރަކަށް ދަތުރު ތެރެއިން ދަނީ އެނގެމުންނެވެ.

މި ދަތުރުގެ ފުރަތަމަ ދުވަހު ވެސް އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ ޗައިނާ މީހުންގެ މެހެމާންދާރީ އެވެ. މެހެމާންދާރީ އަދާ ކުރުމުގައި މި މީހުންގެ އޮތް ތަފާތު އާދަކާދަ އެެވެ. ހާއްސަކޮށް މި ޔުނާން އަވަށުގެ މީހުންނެވެ. މި އަވަށަށް ޒިޔާރާތް ކުރާ ފަތުރުވެރިން ފެނުމުން މަޑުމަޑުން ބޯ ތިރިކޮށްލާފައި އެ މީހުންގެ "ނިހާއޯ" ސަލާމުން ގޮވާލަ އެވެ. މާ ދުރުން ފެނުނަސް ހިނިތުންވުމަކާއެކު އެ ސަލާން ގޮވާލަ އެވެ.

ޔުނާންންގެ އަވަށަކަށް ނޫސްވެރިން ކުރި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: ނޭންސީ

އާންމު ޗައިނާ މީހުންގެ ފަރާތުން މި ރީތި ސިފަ ފެންނައިރު، ދިވެހި ނޫސްވެރިންގެ ޓީމާ ބައްދަލު ކުރާ ޕްރޮވިންސްގެ އެންމެ މަތީ އިސްވެރިންގެ ފަރާތުން ވެސް ފެންނަނީ އެ ސިފަ އެވެ. ހެނދުނު އޮންނަ ދަތުރުތަކުގައި ފުރަތަމަ ވެސް އަހާލާނީ "ރަނގަޅަށް ނިދާލެވުނުހޭ، ކޮބައި ސައިބޯފިންހޭ،" މި ސުވާލުތަކެވެ. ސައިބޮއި ނިމިގެން ދަތުރަށް ނޫސްވެރިން ތައްޔާރުވުމުން، ދަތުރު ފެށުމުގެ ކުރިން އެއްވެސް މީހަކު ފާހަނާއަށް ދާން ޖެހޭތޯ ވެސް ޔަގީންކޮށްލަ އެވެ. އަދި އެ ކަމަށް ވަގުތު ދެ އެވެ. އެއްވެސް ފަހަރަކު އަހަރެމެނަށް އިސްވެ އެއިން ކަމަކަށް އެދެން ނުޖައްސަ އެވެ. އެއަށްވުރެ ކުރިން އެ މީހުން އެ ކަމެއް އޮޅުން ފިލުވައި އެ ކަމެއް ހަމަޖައްސައިދެ އެވެ. ބަހުގައި ދަތުރު ކުރަމުން ދާއިރު ހުރިހާ ނޫސްވެރިން ހަމަތޯ ބަލާލުމުގެ ގޮތުން ބަރާބަރަށް ފޮރިންގެ އޮފިޝަލުން ބޯ ގުނައި ހަދަ އެވެ.

އާންމު ޗައިނާ މީހުންގެ ފަރާތުން މި ރީތި ސިފަ ފެންނައިރު، ދިވެހި ނޫސްވެރިންގެ ޓީމާ ބައްދަލު ކުރާ ޕްރޮވިންސްގެ އެންމެ މަތީ އިސްވެރިންގެ ފަރާތުން ވެސް ފެންނަނީ އެ ސިފަ އެވެ. ހެނދުނު އޮންނަ ދަތުރުތަކުގައި ފުރަތަމަ ވެސް އަހާލާނީ "ރަނގަޅަށް ނިދާލެވުނުހޭ، ކޮބައި ސައިބޯފިންހޭ،" މި ސުވާލުތަކެވެ. ސައިބޮއި ނިމިގެން ދަތުރަށް ނޫސްވެރިން ތައްޔާރުވުމުން، ދަތުރު ފެށުމުގެ ކުރިން އެއްވެސް މީހަކު ފާހަނާއަށް ދާން ޖެހޭތޯ ވެސް ޔަގީންކޮށްލަ އެވެ. އަދި އެ ކަމަށް ވަގުތު ދެ އެވެ. އެއްވެސް ފަހަރަކު އަހަރެމެނަށް އިސްވެ އެއިން ކަމަކަށް އެދެން ނުޖައްސަ އެވެ. އެއަށްވުރެ ކުރިން އެ މީހުން އެ ކަމެއް އޮޅުން ފިލުވައި އެ ކަމެއް ހަމަޖައްސައިދެ އެވެ. ބަހުގައި ދަތުރު ކުރަމުން ދާއިރު ހުރިހާ ނޫސްވެރިން ހަމަތޯ ބަލާލުމުގެ ގޮތުން ބަރާބަރަށް ފޮރިންގެ އޮފިޝަލުން ބޯ ގުނައި ހަދަ އެވެ.

މި ދަތުރުގެ ތެރެއިން ދިމާވި އެއް އޮފިޝަލެއް ކަމުގައިވާ ޗައިނާގެ ޝިއާ ބުނީ އެ ގައުމުގެ މީހުންގެ މެހެމާންދާރީ ރަނގަޅީ ކުޑައިރުއްސުރެން އެ ކަން ދަސްކޮށްދެމުންދާތީ ކަމަށެވެ. މީގެ ވިއްސަކަށް އަހަރު ކުރިން ރާއްޖޭގައި ދުވަސްކޮޅަކަށް މަސައްކަތްކޮށްފައިވާ ޝިއާ ބުނި ގޮތުގައި މެހެމާންދާރީ އަދާ ކުރުމުގައި އެ ގައުމުގެ މީހުންގެ އާދަކާދަތަކަކީ އެއް ޖީލުން އަނެއް ޖީލަށް ގެންގޮސްދެމުން އައިސްފައިވާ ގައުމީ ސަގާފަތެކެވެ.

ޗައިނާގެ ގިނަ މީހުންނަކީ އިނގިރޭސީ ބަހުން ވާހަކަ ދައްކަން ނޭނގޭ ބަޔަކަށް ވާތީވެ ފިހާާރަތަކަށާއި މާކެޓަށް އެއްޗެހި ގޮސް ގަންނަން އުޅޭއިރު ވާހަކަ ދެެއްކުމުގައި އުނދަގޫ ތަކެއް ކުރިމަތިވެ އެވެ. އަހަރެމެން ދައްކާ ވާހަކަ ސާފު ނުވި ނަމަވެސް އެ މީހުން މަސައްކަތް ކުރަނީ އެ ކަމެއް ސާފުކޮށް ހިދުމަތް ދިނުމަށެވެ. ޓްރާންސްލޭޓާ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ނަމަވެސް އެ ބޭނުންވާ ހިދުމަތެއް ދެވޭތޯ ވީވަރަކުން ބަލަ އެވެ.

ބޭރު ގައުމުތަކުން އަންނަ މީހުނާ މެދު އެ ގައުމުގެ ރައްޔިތުން މި ބަހައްޓާ ގާތްކަމާއި މެދު އަޅުގަނޑުގެ އެކުވެރިންވެންވެސް ތިބެނީ ހަމަ ހައިރާންވެފަ އެވެ. އެއީ އެ މީހުންނަށްވެސް މީގެ ކުރިން ފެނިފައި ނުވާ މެހެމާންދާރީ އަކަށް ވުންކަން އެކަށީގެންވެ އެވެ.

މިހާތަނަށް އަހަރެން ވެސް ބޭރުގެ ގައުމުތަކަކަށް ދަތުރު ކުރެއްވިއްްޖެއެވެ. އެކަމަކު މެހެމާނުންނާއި ދޭތެރޭ މިހާ ގާތް ކަމެއް ބާއްވާ ބަޔަކު އަދި ނުދެކެމެވެ. ދަތުރު ކުރި އެހެން ގައުމުތަކުގެ މީހުންނާއި ޗައިނާ މީހުންނާއި ހާސް ތަފާތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.