Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޓޫރިޒަމް ފުނޑާލުން

ގާސިމަށް ބާލާ ޒާތީ ހަސަދައިގެ ގެއްލުން މުޅި ގައުމަށް!

ވިލާގެ ރިސޯޓްތައް ހުއްޓުމުގެ ބިރު ބޮޑު

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2018 | އާދީއްތަ 14:44
ވިލާގެ ރިސޯޓެއްގައި އާދީއްތަ ދުވަހު މުޒާހަރާ ކުރަނީ

ވިލާގެ ރިސޯޓެއްގައި އާދީއްތަ ދުވަހު މުޒާހަރާ ކުރަނީ

އިކޮނޮމިސްޓަކު ކޮށްގެން ނުވާނެ ބައެއް ކަންކަން ހުރެއެވެ. އިގްތިސޯދަށް ގެއްލުން ވެދާނެ، ހާއްސަކޮށް ރާއްޖެ ފަދަ ހިދުމަތް ވިއްކުމަށް ބަރޯސާވެފައިވާ ގައުމެއްގެ ތަސައްވުރަށް ކިލަނބު ކަމެއް އަތުވެދާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. އިންވެސްޓަރުންގެ ޝައުގުވެރިކަން ކުޑަވާ ޒާތުގެ ކަމެއް ނުކުރާނެއެވެ. މެދުފަންތީގެ ވިޔަފާރިވެރިންނަށް ލޮޅުމެއް އަތުވެދާނެ ކަމެއް ވެސް ވިޔަ ނުދޭނެއެވެ. މަސައްކަތް ކުރާނީ އިގްތިސޯދުގެ މައިބަދައިގައި ހިމެނޭ ކުންފުނިތައް އިތުރަށް ވަރުގަދަކޮށް، ވަޒީފާތައް އިތުރުކުރުމަށެވެ. ނަމަވެސް މި ރާއްޖޭން ފެނިގެން ގައުމުގެ އިގްތިސޯދު ފުނޑާލުމަށް މަސައްކަތްކުރާ މަންޒަރެވެ.

ރާއްޖޭގެ އިގްތިސޯދުގައި ރަންބިސް އަޅާ ކުކުޅު ނުވަތަ އިގްތިސޯދުގެ މައިބަދައަކީ ޓޫރިޒަމެވެ. އަހަރަކު 10 ރިސޯޓް ތަރައްގީކޮށް ހުޅުވާނެ ކަމަށް ވައުދުވި މި ސަރުކާރުގެ އެންމެ ފަހު އަހަރު ނިގެން މިދަނީ ޓޫރިޒަމް ހަލާކުކޮށްލުމުގެ މަސައްކަތްކުރަން ފެށިތަނެވެ. ގާނޫނުތަކާއި ގަވާއިދުތަކަށް ބެލުމެއް ނެތެވެ.

މިފަހަރުގެ ހަމަލާ އަމާޒުކުރީ، ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ވިލާ ގްރޫޕްގެ ރަށްތަކަށެވެ. ގާސިމްގެ ވިލާ ގްރޫޕަށް ދޫކޮށްފައިވާ ބައެއް ރަށްތައް އަތުލައި، އެކައުންޓްތައް ފްރީޒްކޮށްފައިވާއިރު، މިފަހަރު މި ވަނީ ގާސިމްގެ ވައިނޮޅީގައި ހިފައިފައެވެ. ވިލާ ގްރޫޕްގެ ދަށުން ހިންގާ ފަސް ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކޮށް، ވިއްކުމަށް ދީފައިވާ ހުއްދަ ސަރުކާރުން ވަނީ ބާތިލްކޮށްފައެވެ. އެންމެ ފަހުން ބާތިލްކުރީ ރޯޔަލް އައިލެންޑާއި ޕެރަޑައިސަށް ދޫކޮށްފައި އޮތް ހުއްދައެވެ. އޭގެ ކުރިން ވިލާގެ އެހެން ރިސޯޓްތަކުގެ ބަނގުރާ ވިއްކުމުގެ ހުއްދަ ބާތިލްކުރުމުން، އެ ރިސޯޓްތަކަށް ރާ ފޯރުކޮށްދެމުން ދިޔައީ ރޯޔަލް އައިލެންޑުންނެވެ. އެއީ ގާނޫނުން ހުއްދަ ކަމެކެވެ. އެހެން ރިސޯޓްތަކުގައި ވެސް ކުރާ ކަމެކެވެ.

ނަމަވެސް، މިގޮތަށް މުއާމަލާތް ނުކުރެވޭނެ ކަމަށް ކަސްޓަމްސް އިން ކަނޑައެޅީ ކުރިން އަމަލުކުރާ އުސޫލު އެގޮތަށް އޮވެގެނެއް ނޫނެވެ. ގާސިމް އިބްރާހިމާ މެދު މި ސަރުކާރުން ގެންގުޅޭ ޒާތީ ހަސަދައިގެ ސަބަބުންނެވެ. ގާސިމްގެ ރިސޯޓަތަކަށް އެރީ އާންމު އިޖުރާއަތްތަކާއި އުސޫލާ އެއްގޮތަށް ކަމަށް ވާނަމަ، ހަމަ މި އުސޫލުން ރާއްޖޭގެ އެހެން ރިސޯޓްތަކާއި ރާވިއްކުމުގެ ހުއްދަ އޮންނަ އެހެން ތަންތަން ބަލައި ފާސްކުރަންޖެހެއެވެ. ނަމަވެސް ހިތާމައަކީ، އަދި ކަންބޮޑުވާންޖެހޭ ކަމަކީ، ގާނޫނާ އެއްގޮތަށް ހިންގި ކަމަށް ކަސްޓަމްސް އިން ބުނާ އޮޕަރޭޝަނަކާ ގުޅޭ ގޮތުން ނެރުނު ދެ ނޫސް ބަޔާނުގައި އެއްވެސް ގާނޫނެއް އަދި ގަވާއިދެއްގެ މާއްދާއެއްގެ ވަރު ވެސް ލިޔެފައި ނެތުމެވެ. މި ހުރިހާ ކަމެއް ވެސް ކުރަމުން މިދަނީ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ގާނޫނާ ހިލާފު މުއާމަލާތްތަކެއް ރިސޯޓްތަކުން ކޮށްގެނެއް ނޫނެވެ. ރައީސް އަބްދުﷲ ޔާމީން، ގާސިމާމެދު ހިތްޕުޅާ ނުވުމެވެ. ނަމަވެސް އިގްތިސޯދީ މާހިރަށާއި ގާސިމްގެ ރިސޯޓްތަކަށް އެރި ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުން އަދި މީރާގެ އޮފިޝަލުން ފުންކޮށް ވިސްނާލަންޖެހޭ ކަމެއް އެބަ އޮތެވެ. މި ސަރުކާރު ދަމަހައްޓަން ވާގިވެރިވާ ފަނޑިޔާރުން ވެސް މިކަމަށް ވިސްނާލަންޖެހެއެވެ. މިނިވަން މުއައްސަސާތަކުން ވެސް ވިސްނާލާށެވެ.

ވިލާގެ ރިސޯޓްތަކަށް ބަނގުރާ ވިއްކުމުގެ ހުއްދަ ބާތިލުކުރުމާ ގުޅިގެންނާއި، އަދި ފަން އައިލެންޑްގައި ހުރި ރަލުގެ ސްޓޮކް ގެންދިއުމުން، އެންމެ ފުރަތަމަ ގެއްލުން ލިބެނީ ގާސިމަކަށް ނޫނެވެ. ވިލާއާ މެދު މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އެ ކުންފުނީގެ ފަސް ރިސޯޓް ހުއްޓުމަކަށް އަންނާނެކަން އިގްތިސޯދީ މާހިރަށް އެނގިވަޑައިނުގަންނަވާ ނަމަ، ނަފްސާނީ މައްސަލައެއް އެބަ ހުއްޓެވެ. ވިލާގެ ރިސޯޓްތައް ބަނދުކޮށްގެން އެކަމުގެ ސީދާ އަސަރު އެންމެ ފުރަތަމަ ކުރާނީ ވިލާގެ ފަސް ރިސޯޓްގައި ވަޒީފާ އަދާކުރާ 3،000 އަށް ވުރެ ގިނަ މުވައްޒަފުންނަށެވެ. ރިސޯޓްތަކުގެ ބަންދުކުރަން ޖެހިއްޖެ ނަމަ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ވަގުތުން އަސަރު ކުރާނެއެވެ. ލޯކަލް ޓްރެވަލް އެޖެންޓުންނަށް އެންމެ ގިނަ އެނދު ދޫކޮށްފައި ވަނީ ވިލާ އިން ކަމަށް ވާއިރު، ވިލާ ބަންދުކޮށްފި ނަމަ، އެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާނެއެވެ. ވިލާގެ ރިސޯޓްތަކަށް މުދާ ސަޕްލައިކުރާ މީހުންގެ މަސައްކަތް ވެސް ހުއްޓޭނެއެވެ. ރިސޯޓްތަކުގައި މިއުޒިކް ކުޅެން އަންނަ ސޯލޯ ބޭންޑްތައް ވެސް ހުއްޓުމަކަށް އަންނާނެއެވެ. މިކަން މިގޮތަށް ހިނގާނެކަން އިގްތިސޯދީ މާހިރުން ގަބޫލުކުރާނެއެވެ. ގަބޫލުނުކުރާނީ ކަނޑުކޮހުންނެވެ.

ގާސިމްގެ ރިސޯޓްތަކުގައި ރާވިއްކުމުގެ ހުއްދަ ބާތިލްކުރީ ބަނގުރާ ވިއްކުމާއި އޫރުމަސް ވިއްކުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ ނ. ގެ ދަށުން ކަމަށް ވާއިރު، އެ މާއްދާ ނަންބަރު ޖަހާފައި އެވަނީ ކޮންމެ ވެސް ގާނޫނެއްގެ ނަންބަރަކާ ދޭންޖެހޭތީއެވެ. ނަމަވެސް އެއަށް ވުރެ އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ މާއްދާއެއް ޖަހައިގެން، ރޯޔަލްގައި ރާވިއްކުމުގެ ހުއްދަ ބާތިލްކޮށްފީމޭ ބުނުން ތަފާތެއް ނޫނެވެ. ގާނޫނަކާ ހަވާލާދީ އެއްޗެއް ބުނަންވާނީ ނުވަތަ ނިންމުމެއް ނިންމަންވާނީ ބަޔަކަށް އެކަމެއް ގަބޫލުކުރެވޭނެ ގޮތަކަށެވެ.

މި ސަރުކާރުގެ މަގުސަދަކީ ގާސިމް ފުނޑާލުމެވެ. އެހެންވެ، ގާނޫނެއް ގަވާއިދެއް ކިޔާނެ ކަމެއް ނެތެވެ. ގާނޫނު އަސާސީ ރޭޕްކުރާ ބަޔަކަށް ގާނޫނާ އެއްގޮތަށް ހަމަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އަދި ގާނޫނުއަސާސީ ރޭޕްކުރާ އިގްތިސޯދީ މާހިރަކީ ހަމަ ސީދާ ކަނޑުކޮހެކެވެ. މިކަނޑުކޮހުން ބިރު މިދައްކަނީ ހަމައެކަނި ގާސިމަށް ނޫންކަން ހަނދާން ދަންނަންޖެހެއެވެ. ޒާތީ ހަސަދައިގައި ގާސިމްގެ ދުވަސް ދުއްވާލުމަށް މިއަދު ތިބާ ފުރުސަތު ދީފި ނަމަ، އެކަމުގެ އަސަރު ތިބާއަށް ކުރާނެއެވެ. ގެއްލުން ލިބޭނެ ދުވަސް އަންނާނެއެވެ. އެހެންވެ، މި ސަރުކާރުން ގެއްލުން މިދަނީ ހަމައެކަނި ގާސިމަށް ނޫން ކަމަށް ގަބޫލުކޮށް، ހުރިހާ އެންމެ އެކަމާ ބަސް ބުނަންޖެހެއެވެ. މި ސަރުކާރުގެ ކަނޑުކޮސް ނިންމުންތަކަށް ފާޅުގައި ދެކޮޅު ހަދަންޖެހެއެވެ. ޒާތީ ހަސަދަ ބާލަން ފުރުސަތު ނުދީ، ގައުމަށް ހަމަޖެހުން ގެންނަން މަސައްކަތް ކުރަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާސިމަށް ލިބިވަޑައިގެންނެވި އަނިޔާތައް ދިފާއުކުރެއްވި އިސް ބޭފުޅުން ޕާޓީގެ ކުރީ ސަފުގައި؟!

ގާސިމަށް ލިބިވަޑައިގެންނެވި އަނިޔާތައް ދިފާއުކުރެއްވި އިސް ބޭފުޅުން ޕާޓީގެ ކުރީ ސަފުގައި؟!

07 އޮކްޓޯބަރު 2019
ޑރ. ޝަހީމް ނެންގެވުމުން ރައީސް ޔާމީނަށް ލިބުނީ ފައިދާތަ ނުވަތަ ގެއްލުންތަ؟

ޑރ. ޝަހީމް ނެންގެވުމުން ރައީސް ޔާމީނަށް ލިބުނީ ފައިދާތަ ނުވަތަ ގެއްލުންތަ؟

06 ސެޕްޓެމްބަރު 2018
އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!

އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!

23 ޖޫން 2018
ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!

ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!

17 ޖޫން 2018
ދިވެހިރާއްޖެ: ދައުލަތެއްގެ ސިފަ ގެއްލުން!

ދިވެހިރާއްޖެ: ދައުލަތެއްގެ ސިފަ ގެއްލުން!

06 މާރިޗު 2018

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު