Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑެމްބެލޭގެ ކޮންޓްރެކްޓް ހަމަވުން

ޑެމްބެލޭ، ޗެލްސީއަށް ދިއުން ގާތް

ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން އަންނަނީ ޑެމްބެލޭއަށް ފާރަލަމުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 5 ޖޫން 2022 | އާދީއްތަ 08:08
ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯޗާޑު އޮސްމާނޭ ޑެމްބެލޭ

ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯޗާޑު އޮސްމާނޭ ޑެމްބެލޭ

ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯޗާޑު އޮސްމާނޭ ޑެމްބެލޭ، ޗެލްސީއަށް ގޮސްފާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބާސެލޯނާއާއެކު ޑެމްބެލޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން ބާސެލޯނާއިން އަންނަނީ އޭނާގެ ކޮންޓްރެކްޓް އައު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ޑެމްބެލޭގެ ކޮންޓްރެކްޓް އައު ކުރުމަށް ދެކޮޅު ހެދުމުން ބާސެލޯނާއިން ވަނީ އޭނާ ވަރަށް ބޮޑަށް ކުޅުމުގައި ބާކީ ކޮށްލާފައެވެ.

ނަމަވެސް ޓީމާއި ޒަވީ ހަވާލުވުމަށްފަހު ޑެމްބެލޭއަށް ޓީމުގައި މުހިންމު ދައުރެއް ދިނެވެ. އަދި ޒަވީގެ އެދުމުގެ މަތިން ޑެމްބެލޭގެ ކޮންޓްރެކްޓް އައު ކުރުމުގެ މަސައްކަތް ބާސެލޯނާއިން އަނެއްކާވެސް ފެށިއެވެ. ބާސެލޯނާގައި ކޮންޓްރެކްޓް އައު ކުރުމަށް ޑެމްބެލޭ ދެކޮޅުހަދާ އެންމެ ބޮޑު ސަބަބަކީ އޭނާގެ މުސާރަ ކުޑަވުމެވެ. ނަމަވެސް ޓީމުގެ މާލީ ހާލަތަށް ބަލާ، ބޮޑު މުސާރައެއް އޭނާއަށް ދިނުމަކީ މިވަގުތު ޓީމަށް ވަރަށް ދަތި ކަމެކެވެ.

ބާސެލޯނާއާ ޑެމްބެލޭގެ މަޝްވަރާތައް މަޑުޖެހިފައިވަނިކޮށް ޗެލްސީން ވަނީ ޑެމްބެލޭގެ އެޖެންޓާ މަޝްވަރާކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ޑެމްބެލޭ ޗެލްސީއާ ގުޅުން ގާތެވެ. އަނެއްކޮޅުން ޗެލްސީގެ ކޯޗު ތޯމަސް ޓުޗޭލް ވަނީ ޑެމްބެލޭއަށް ތައުރީފުކޮށް އޭނާއަކީ އާދަޔާ ޚިލާފު މޮޅު ކުޅުންތެރިއެއްކަމަށް ބުނެފައެވެ. މީގެ ކުރިން ޑެމްބެލޭ ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅުނުއިރު، އެޓީމުގެ ކޯޗަކަށް ހުރީ ޓުޗޭލްއެވެ.

ޗެލްސީގެ އިތުރުންވެސް ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން އަންނަނީ ޑެމްބެލޭއަށް ފާރަލަމުންނެވެ. އޭގެ ތެރޭގައި ޕީއެސްޖީ، ބަޔާން މިއުނިކް އަދި ލިވަޕޫލް ހިމެނެއެވެ.

އޮސްމާނޭ ޑެމްބެލޭބާސެލޯނާޗެލްސީތޯމަސް ޓުޗެލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު