Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާ އިން ގެމްޕާ ޓްރޮފީ ކާމިޔާބު ކޮށްފި

އެ މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފައި ވަނީ، ބާސެލޯނާގެ ޓީމާ އެކު އައު ސީޒަނަށް އޭނާ ނިކުންނާނީ އިތުރު ކާމިޔާބީތަކެއް ހޯދުމުގެ މަގުސަދުގައި ކަމަށެވެ. އަދި ބާސެލޯނާ އިން ސީޒަނަށް އެންމެ ފުރިހަމަ އަށް ތައްޔާރު ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޯގަސްޓު 2025 | ހޯމަ 04:39
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ސީޒަން ފެށުމުގެ ކުރިން ބާސެލޯނާ އިން ކުޅޭ ގެމްޕާ ޓްރޮފީ މެޗުގައި އިޓަލީގެ ކޯމޯ ބަލިކޮށް، ބާސެލޯނާ އިން ގެމްޕާ ޓްރޮފީ ކާމިޔާބު ކޮށްފަ އެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ހަތަރު ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 21 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ފާމިން ލޮޕޭޒް އެވެ. އޭގެ ފަހުން 35 ވަނަ މިނެޓުގައި އޭނާ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ބާސެލޯނާގެ ލީޑު ފުޅާ ކޮށްފަ އެވެ.

ދެ ވަނަ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ބާސެލޯނާ އިން ތިން ވަނަ ލަނޑެއް ވެސް ޖެހި އެވެ. އެ ލަނޑު ޖެހީ ބްރެޒިލްގެ ރަފީނިއާ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ ލަމީން ޔަމާލް އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޔަމާލް ވަނީ ބާސެލޯނާގެ ފަސް ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

އެ މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފައި ވަނީ، ބާސެލޯނާގެ ޓީމާ އެކު އައު ސީޒަނަށް އޭނާ ނިކުންނާނީ އިތުރު ކާމިޔާބީތަކެއް ހޯދުމުގެ މަގުސަދުގައި ކަމަށެވެ. އަދި ބާސެލޯނާ އިން ސީޒަނަށް އެންމެ ފުރިހަމަ އަށް ތައްޔާރު ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ފްލިކް ބުނީ، ދާދި ފަހުން ބާސެލޯނާ ދޫކޮށް އަލް ނަޞްރަށް ބަދަލުވި އިނީގޯ މާޓިނޭޒްގެ ބަދަލުގައި އެ ކުލަބުން އެހެން ޑިފެންޑަރެއް ހޯދަން ބޭނުން ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ޑެކޯއާ ވާހަކަ ދައްކާނެ ކަމަށް ވެސް ފްލިކް ބުންޏެވެ.

ފްލިކް ބުނީ ބާސެލޯނާގައި އޭނާއާ ހަވާލު ކޮށްފައި އޮތީ ބޮޑު ޒިންމާއެއް ކަމަށާއި، އެކަން ޙާސިލު ކުރުމަށް ކެނޑިނޭޅި އޭނާ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތް ސީޒަނަކީ ވެސް ބާސެލޯނާ އަށް ކާމިޔާބު ސީޒަނަކަށްވުން ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު