Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ކުކުރޭލާގެ އެއްބަސްވުން އައު ކުރުމަށް ޗެލްސީ އިން މަސައްކަތް ކުރަނީ

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޗެލްސީ އިން މިހާރު އަންނަނީ އައު އެއްބަސްވުމުގެ މަޝްވަރާތައް ކުކުރޭލާ އާއެކު ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެ މަޝްވަރާތަކުގައި ޗެލްސީ އާއި ކުކުރެލާއާ ދެމެދު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ބުނެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 އޯގަސްޓު 2025 | އަންގާރަ 05:50
ޗެލްސީ އަށް ކުޅެމުން އަންނަ މާކް ކުކުރޭލާ

ޗެލްސީ އަށް ކުޅެމުން އަންނަ މާކް ކުކުރޭލާ

ޗެލްސީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު މާކް ކުކުރޭލާގެ އެއްބަސްވުން އައު ކުރުމަށް، އެ ކުލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. ބްރައިޓަން ދޫކޮށްލުމަށް ފަހު، ކުކުރޭލާ ޗެލްސީ އަށް ބަދަލުވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރު އެވެ.

ކުކުރޭލާގެ އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮތް ނަމަވެސް، ޗެލްސީ އިން އަންނަނީ އޭނާގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ޗެލްސީ އިން އަންނަނީ، އެކަމާ ގުޅުން ހުރި މަޝްވަރާތައް ކުރިއަށް ގެންދަމުން ކަމަށް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ.

އެގޮތުން ޗެލްސީ އިން ބޭނުން ވަނީ ދިގު މުއްދަތަކަށް ކުކުރޭލާ އެ ކުލަބުގައި ބަހައްޓަން ކަމަށާއި، އެހެންވެ އައު އެއްބަސްވުމެއް ހުށަހެޅުމަށް އެ ކުލަބުން ބޭނުންވާ ކަަމަށް ވަނީ ބުނެފަ އެވެ. ޗެލްސީ އިން ކުކުރޭލާގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ، އޭނާ ހޯދުމަށް ބައެއް އެހެން ކުލަބު ތަކުން ޝައުޤުވެރިކަން ގެންގުޅެމުން ގެންދާތީ ކަމަށް ވެސް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެވެ.

ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރު އިން ކުކުރޭލާ ހޯދުމުގެ ޝައުޤުވެރިކަން ގެން ގުޅުނެވެ. ނަމަވެސް، އެކަމާ ގުޅިގެން އެ ކުލަބުން ރަސްމީ ސިފައެއްގައި އެއްވެސް މަސައްކަތެއް ކުރިކަން ޔަގީން ނުކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ.

ކުކުރޭލާ ވަނީ މިހާތަނަށް އޭނާ ޗެލްސީގައި ހޭދަ ކުރި ހަތަރު ސީޒަންގެ ތެރޭގައި، އެ ކުލަބަށް ކުޅެދިން 113 މެޗުގައި އަށް ލަނޑު ޖަހައިފަ އެވެ. ޗެލްސީ އާއެކު އޭނާ ވަނީ ޔުއެފާ ކޮންފަރެންސް ލީގުގެ އިތުރުން، ފީފާ ކުލަބު ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

ޗެލްސީގައި ތިބި ކުޅުންތެރިންގެ ތެރެއިން އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ އެންމެ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ކުކުރޭލާ ހިމެނެ އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ކުކުރޭލާ އަކީ މަރެސްކާގެ ޕްލޭންގައި ހިމެނޭ މުހިންމު ކުޅުންތެރިޔަކަށްވާއިރު، އޭނާ ޗެލްސީ ދޫކޮށްލަން މަރެސްކާ ބޭނުމެއްް ނުވާނެ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޗެލްސީ އިން މިހާރު އަންނަނީ އައު އެއްބަސްވުމުގެ މަޝްވަރާތައް ކުކުރޭލާ އާއެކު ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެ މަޝްވަރާތަކުގައި ޗެލްސީ އާއި ކުކުރެލާއާ ދެމެދު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ބުނެފައިވެ އެވެ.

ޗެލްސީމާކް ކުކުރޭލާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު