Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ކޫންޑޭ، ބާސެލޯނާގެ އެއްބަސްވުން އައު ކުރަނީ

ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އަންނަ ހަފުތާގެ ތެރޭގައި ބާސެލޯނާގެ އައު އެއްބަސްވުމުގައި ކޫންޑޭ ސޮއި ކުރާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖުލައި 2025 | ހޮނިހިރު 04:51
ބާސެލޯނާ އަށް ކުޅެމުން އަންނަ ކޫންޑޭ

ބާސެލޯނާ އަށް ކުޅެމުން އަންނަ ކޫންޑޭ

ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ، އެ ކުލަބުގެ އެއްބަސްވުން އައު ކުރަން ނިންމައިފި އެވެ.

ސެވިއްޔާ ދޫކޮށްލުމަށް ފަހު، އުމުރުން 26 އަހަރުގެ ކޫންޑޭ ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. ނަމަވެސް އޭނާ މިހާރު ވަނީ ބާސެލޯނާގެ އެއްބަސްވުން އައު ކުރުމަށް އެއްބަސްވެފަ އެވެ. ބާސެލޯނާ އިން ވަނީ ކޫންޑޭ އާއެކު އައު އެއްބަސްވުމެއްގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އަންނަ ހަފުތާގެ ތެރޭގައި ބާސެލޯނާގެ އައު އެއްބަސްވުމުގައި ކޫންޑޭ ސޮއި ކުރާނެ އެވެ. އަދި އޭނާގެ ފަރާތުން ބާސެލޯނާ އަށް އެކަމުގެ ފެހި ސިގުނަލް ދީފައިވާ ކަމަށާއި، ބާސެލޯނާ އިން މިހާރު ތައްޔާރު ވަމުން އަންނަނީ ލިޔެ ކިޔުންތައް ފުރިހަމަ ކުރުމަަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ބާސެލޯނާގެ އެއްބަސްވުން ކޫންޑޭ އައު ކުރާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބާސެލޯނާ އިން ކޫންޑޭގެ އެއްބަސްވުން އައު ކުރަން ބޭނުންވާއިރު، އޭނާ އަކީ ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އިސްކަން ދެމުން އަންނަ މުހިންމު ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ.

ކޫންޑޭ ވަނީ އޭނާ މިހާތަނަށް ބާސެލޯނާގައި ހޭދަ ކުރި ހަތަރު ސީޒަންގެ ތެރޭގައި އެ ކުލަބަށް ކުޅެދިން 141 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ. އަދި ބާސެލޯނާ އާއެކު އޭނާ ވަނީ ފަސް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ކޮޕާ ޑެލް ރޭ ދެ ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

ފްރާންސްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކޫންޑޭ ވަނީ، މިހާތަނަށް ޤައުމީ ޓީމަށް 42 މެޗު ކުޅެދީފަ އެވެ. ފްރާންސް ޤައުމީ ޓީމާ އެކު އޭނާ ވަނީ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް ވަނީ ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
30 މާރިޗު 2017

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު