Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ ކުޅުންތެރިންނަށް ފްލިކްގެ ހަރުކަށި މެސެޖެއް

ބާސެލޯނާގެ ކުޅުންތެރިންނަށް ފްލިކް އަންގާފައި ވަނީ ރަނގަޅަށް މަސައްކަތްކޮށް، ކޮންމެ ކުޅުންތެރިޔަކު ވެސް އެ ކުޅުންތެރިޔެއްގެ އެންމެ ފުރިހަމަ ކުޅުން ދެއްކުމަށެވެ. އަދި މެޗުތަކުގެ ކުރިން ކުރިއަށް ގެންދާ ފަރިތަކުރުން ތަކުގައި ވެސް އިތުރު ހަރުކަށި ގޮތްތަކެއް ގެން ގުޅޭނެ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

ބާސެލޯނާގެ ކޯޗް ހާންސީ ފްލިކް ބޭނުންވަނީ ކޮންމެ ކުޅުންތެރިއަކުވެސް އެންމެ މަތީ ފެންވަރުގައި ކުޅެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އޯގަސްޓު 2025 | އަންގާރަ 04:57
ބާސެލޯނާގެ ކޯޗު ހަންސީ ފްްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްްލިކް

ބާސެލޯނާގެ ކުޅުންތެރިންނަށް، އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ހަރުކަށި މެސެޖެއް ދީފައިވާ ކަމަށް ސްޕެއިންގެ މީޑިއާ ތަކުގައި ރިޕޯޓު ކޮށްފި އެވެ.

ބާސެލޯނާގެ ކުޅުންތެރިންނާ ފްލިކް މިފަދައިން ވާހަކަ ދައްކާފައި ވަނީ، އައު ސީޒަންގެ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ކުޅުނު ފުރަތަމަ މެޗަށް ފަހު އެވެ. ފުރަތަމަ މެޗުގައި މަޔޯކާ އަތުން ބާސެލޯނާ މޮޅުވި ނަމަވެސް، ޓީމުގެ ކުޅުމާ މެދު ފްލިކް ހުރީ ހިތްހަމަ ޖެހިގެނެއް ނޫނެވެ.

ބާސެލޯނާގެ ކޯޗުކަމާ ފްލިކް ހަވާލުވެ ފުރަތަމަ ސީޒަންގައި ވެސް ވަނީ އެ ކުލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފައިވާއިރު، ބާސެލޯނާ އަށް މިދިޔަ ސީޒަނަކީ ކާމިޔާބު ވެސް ސީޒަނެކެވެ.

ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ ދެ ވަނަ ސީޒަނާ ކުރިމަތިލާފައިވާއިރު، މަޔޯކާ މެޗަށް ފަހު ކުޅުންތެރިންނާ ވާހަކަ ދައްކަމުން ފްލިކް ބުނެފައި ވަނީ، މި ސީޒަނަކީ ދަށް ސީޒަނަަކަށް ވާން ބެނުން ނުވާ ކަމަށެވެ. އަދި ކުޅުންތެރިންގެ ފެންވަރު ދަށްވާން އޭނާ ބޭނުން ނުވާ ކަމަށާއި، ކުޅުންތެރިން ފަރުވާ ކުޑަ ކުރަން ވެސް އޭނާ ބޭނުން ނުވާ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

ބާސެލޯނާގެ ކުޅުންތެރިންނަށް ފްލިކް އަންގާފައި ވަނީ ރަނގަޅަށް މަސައްކަތްކޮށް، ކޮންމެ ކުޅުންތެރިޔަކު ވެސް އެ ކުޅުންތެރިޔެއްގެ އެންމެ ފުރިހަމަ ކުޅުން ދެއްކުމަށެވެ. އަދި މެޗުތަކުގެ ކުރިން ކުރިއަށް ގެންދާ ފަރިތަކުރުން ތަކުގައި ވެސް އިތުރު ހަރުކަށި ގޮތްތަކެއް ގެން ގުޅޭނެ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

މަޔޯކާ އަތުން 3-0 އިން ބާސެލޯނާ މޮޅުވި ނަމަވެސް، އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފްލިކް ވަނީ ޓީމުގެ ކުޅުން ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ. އަދި ޖުމުލަ ގޮތެއްގައި ޓީމުގެ ކުޅުމާ މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށް ވެސް ފްލިކް ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން ޓީމުގައި މައިގަނޑު ގޮތެއްގައި އިސްކަން ދެމުން އަންނަ، ނުވަތަ ފުރުސަތު ދެމުން އަންނަ ކުޅުންތެރިންގެ ކުޅުން ދަށްވާ ނަމަ، އެހެން ކުޅުންތެރިންނަށް އޭނާ ފުރުސަތު ދޭނެ ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ. އޭނާ ބުނެފައި ވަނީ ކޮންމެ ކުޅުންތެރިޔަކު ވެސް ދަނޑު މަތީގައި ކުރަން ޖެހޭ މަސައްކަތަކީ ރަނގަޅު ކުޅުމެއް ދައްކައި، ޓީމު މޮޅު ކޮށްދިނުން ކަމަށެވެ.

މިދިޔަ ސީޒަންގެ ސްޕެނިޝް ލީގު ބާސެލޯނާ އިން ކާމިޔާބު ކޮށްފައިވާއިރު، ފްލިކް ހުރީ މި ފަހަރުގެ ލީގު ވެސް ކާމިޔާބު ކުރަން ބޭނުންވެގެންނެވެ. އެކަން ކުރުމަށްޓަކައި ބާސެލޯނާ އިން އެއްވެސް މެޗެއް ފަސޭހަ ކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާގެ ދެ ވަނަ މެޗުގައި ރަށުން ބޭރުގައި އެ ޓީމު ކުޅޭނީ ލެވަންޓޭއާ ދެކޮޅަށެވެ.

ހަންސީ ފްލިކްބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު