Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޔާމީންއަކީ ގުޅިގެން ވެރިކަން ކުރައްވަން ދަންނަ ބޭފުޅެއް ނޫން

ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާ އިރު ވެވަޑައިގަންނަވާ ހުރިހާ ވައުދެއް އެމަނިކުފާނު ހަނދާން ނައްތާލައްވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 ޖޫން 2022 | ބުދަ 11:05
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މިހާތަނަށް 3 ވެރިކަމެއް ކޮށްފިއެވެ. އަދި މިހާރު އޮތީ 4 ވަނަ ވެރިކަމެވެ. ނަމަވެސް ކޯލިޝަނަކާއެކު ކުރިއަށް ދެވުނު ވެރިކަމެއް އަދި މިހާތަނަށް ފެނިފައެއްނެތެވެ. 2008 ވަނަ އަހަރު އޮތް ވެރިކަން ރޫޅިގެން ދިޔައީ އެއިރު އޮތް ވެރިކަން ބަޔަކު ނިކުމެ ބަޣާވާތަކުން ވައްޓާލި ހަމައިންނެވެ.

ދެން އައީ ބަޣާވާތުގެ ވެރިން އެކުލަވާލި ވެރިކަމެކެވެ. ކޯލިޝަން ވެރިކަމެކޯލައެވެ. އެ ވެރިކަމުގައި ވެސް ކޯލިޝަން ހަދާ ޖަހާނެހާ ސަކަރާތެއް ޖެހިއެވެ. އެޔެއް މިޔެއް ވާއެއް ނުވާއެއް އެނގޭމީހަކު ނެތެވެ. ދެން އައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވެރިކަމަށް ބަޔަކަށް އާދެވުނީ ކޯލިޝަން ހަދައިގެންނެވެ. ނަމަވެސް ކޭކު ބަހާނެ ގޮތެއް ނޭނގި އެންމެ ފަހުން ވެރިކަމުގެ ގަދަ ބާރު ހިންގި މީހާ މުޅި ވެރިކަން ކުރަން ނިންމިއެވެ. ހުދު މުހުތާރުކޮށެވެ. އެހާހަމައިން ކޯލިޝަން ދިޔައީ ހަވަޔަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޯލިޝަން ޕާޓުނަރުންނަށް ހިއްސާ ބަހަން ޖެހުނު ކޮންމެ ފަހަރު ރައީސް ޔާމީނަށް ސީދާ އެކަން ކުރައްވާނެ ގޮތެއް ވިދާޅެއް ނުވެވެއެވެ. ކޮންމެވެސް ގައުމެއްގެ މިސާލެއްދައްކަވާ ނުވަތަ އެއިރު ކޯލިޝަނުން ދިން ނަންތަކަކީ ނުކިޔަވާ ތިބި ބަޔަކަށް ހައްދަވާ ވާހަކަފުޅު ދައްކަވަމުން ގެންދެވިއެވެ. މިފަދަ އެއް ކަންތަކަށް ބަލާލާ އިރު އިންޑިއާއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ދެއްކެވި ވާހަކަ ފުޅަކަށް ބަލާލާނަމެވެ.

އެމަނިކުފާނު ވިދާޅުވީ ޖޭ.ޕީ. އަށް ދަންނަވައިގެން، ޖޭ.ޕީ އަށް ގޮނޑިއަށް ނަންތަކެއް ހުށަނޭޅުއްވިގެން އެތަންތަން ޕީ.ޕީ.އެމް. އިން ފުރާފައި ހުންނާނެ ކަމަށެވެ. ސަރުކާރު ހިންގާތާ 7 މަސްވެއްޖެ ކަމަށާއި، ކުންފުނިތަކުގެ ބޯޑަށް، ޕާޓީތަކުން ދޭންވާ ނަންތައް ނުލިބިގެން، ބޯޑުގެ މެންބަރުން ހަމަނުވެ އޮންނަންވާނެ ކަމަކަށް، ގަބޫލު  ނުކުރައްވާ ކަމަށެވެ.

އަދި ވިދާޅުވީ ކުންފުނިތަކުގެ ބޯޑުތަކަށް އެކަށީގެންވާ ޢިލްމީ ޤާބިލު ބޭފުޅުން ދެއްވިނަމަ، ބޯޑުތައް ހިނގާނެ ކަމަށެވެ.

ރައީސް ޔާމީން ކޯލިޝަން ހައްދަވައިގެން ޕާޓުނަރުންނަށް ދޭންޖެހޭ ވަރު ނުދޭން ގަދަ ހައްދަވާފައި ހުންނެވި މިންވަރަކީ ޖޭޕީގެ ލީޑަރަށް 35 ޕަސެންޓް ނުލިބެއޭ ބުނާއިރު، ދުނިޔޭގެ ކޮންތަނެއްގައިތޯ، ވެރިކަން ކުރާ ޕާޓީން ހޯމް މިނިސްޓްރީ ދޫކޮށްލާނީ ޖޭ.ޕީ. އަށް ކަމަށް ވިދާޅުވެ ސުވާލު އުފެއްދެވިއެވެ.

ފަހުން ފަހުން އައިސް ވެރިކަމުގެ މެދާ ހިސާބަށް ނުދަނީސް ކޯލިޝަން ރޫޅާލާ އެކުވެރިންނާއި ބައިވެރިންވެސް އެއްފަރަތްކޮށްލައްވާ ބޭނުންފުޅު ގޮތަކަށް ހެއްދެވީއެވެ. ހުދުމުހުތާރު ވެރިކަމެއް ކުރައްވަން ވެރިކަމަށް ވަޑައިގެންނެވި އިރު އެކުގައި ތިއްބެވި ބޭފުޅުން ވެސް ދޫކުރައްވާ ކުރެއްވި މަސައްކަތް ވެސް ހަނދާނުން ފޮހެލެއްވީއެވެ.

އަނެއްކާވެސް މި ފެންނަނީ އެފަދަ މަންޒަރެކެވެ. ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެ ދައްކަވަނީ އެ ވާހަކައެވެ. ރިޔާސީ އިންތިހާބާއި ކައިރިވާ ވަރަކަށް ކޯލިޝަންގެ ވާހަކަ ވެސް އަޑުގަދަވެއެވެ. އެ ނޫން ގޮތެއް ވެސް ނެތްކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ގެންދަވައެވެ.

ނަމަވެސް މިއަދު ފެންނަން އޮތް ހަގީގަތަކީ ރައީސް ޔާމީނަކީ ވެރިކަން ކުރައްވަން އެހެން ބޭފުޅުންނާ އެކީގައި މަސައްކަތް ކުރެއްވޭނެ ވެރިއެއް ނޫންކަމެވެ. ހުދުމުހުތާރުކަން އިސްކުރައްވާތީއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންޖޭޕީމާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

16 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު