Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚަލީލަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރުން

ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

6 ޑިސެމްބަރު 2024 | ހުކުރު 13:41

ރައީސް ޔާމީން ވަނީ ޚަލީލަކީ ކޮން ތަނަވަސް ކަމެއް ހުރި މީހެއްތޯ ސުވާލު އުފައްދަވާފައި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 6 ޑިސެމްބަރު 2024 | ހުކުރު 13:41
ރައީސް މުޢިއްޒު އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޚަލީލް

ރައީސް މުޢިއްޒު އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޚަލީލް

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒުގެ މި ދައުރު ބަދަލުވުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހީމް ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރާނެ ކަމަށާއި، ފައިސާކޮޅަކަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ޕީއެންއެފް އިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެ ޕާޓީގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިހާރު ފެންމަތިވެގެން އުޅޭ "އެމްއެމް ޓީވީ" ގެ ނަމުގައި ޗެނަލް ހިންގާ ކުންފުނިން ކުއްޔަށް ދޫކުރާ ފަންގިފިލާތަކެއްގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގަން އެވޯޑްކުރި މައްސަލައިގެ ކޮރަޕްޝަން އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މަގާމުގައި ހުންނަވައިގެން ފައިސާކޮޅެއް ލިބިދާނެ ކަމަށާއި، އެކަމަކު އެ ފައިސާ ކޮޅަށްވުރެ 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ ކަމަށެވެ. އެހެންކަމުން މި ދައުރު ބަދަލުވުމުން ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރާނެ ކަން ޚަލީލަށް އެގެން ވާނެ ކަމަށެވެ.

" ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް. އެހެންވެ ސާހިބު މީހާ ބުންޏަސް ނުކުރާނެ ކަންތައް ހުންނަވާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ ޓީވީ ސްޓޭޝަންގެ ސްޓޫޑިއޯ ރޫމްގެ ފެންވަރު އަލްޖަޒީރާގައި ވެސް ނުހުންނާނެ ކަމަށެވެ. މި ހުރިހާ ކަމެއް ކުރާއިރު ކޮންމެވެސް ކަހަލަ ޓޭސްޓެއް ފެންވަރެއް ހުންނަންވާނެ ކަމަށާއި، މިކަމުގެ އަޑި ބަލާލާއިރު މި އޮންނަނީ ޚަލީލުގެ ނަމުގަައި އެ ޓީވީ ސްޓޭޝަން ރަޖިސްޓްރީ ކޮށްފައި ކަމަށެވެ. ރައީސް ޔާމީން ވަނީ ޚަލީލަކީ ކޮން ތަނަވަސް ކަމެއް ހުރި މީހެއްތޯ ސުވާލު އުފައްދަވާފައެވެ.

"ދެން ޚަލީލަކީ ކޮން ތަނަވަސްކަމެއް އޮތް މީހެއްތޯ. ދެން ޚަލީލު ކަމެއް ކުރަންޏާ އެސްޓިއޯއިންނާ އެތަން މިތަނުން އެންސްޕާއިން އެވަރުގެ ފަންޑެން ދޭނެތޯ. ކަމެއް ކުރިއަސް ވަށާޖެހޭ ގޮތަށް ކަމެއް ކޮށްލަން ނޭނގެނީ ނޫންތޯ. ޚަލީލު ނަމުގައި އެތަން އެހުރީ. ދެން މިބުނަނީ މިއީ މުއިއްޒާ ބެހޭ ތަނެއް ނޫނޭ. އެކަމަކު އެމްއެމް އަކީ ކޮންއެއްޗެއް ކަމެއް ނޭނގެ. ހަމަ ގައިމުވެސް މިލިމީޓަރެއް ނޫން. މުހައްމަދު މުއިއްޒޭ ބުނިއްޔާ މާ ފަސޭހަވާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޚަލީލަކީ ރައީސް އޮފީހުގެ މިނިސްޓަރެއް ކަމަށާއި، މި ތުހުމަތުތަކަށް ޖަވާބުދޭން ޚާލީލަށް ކެރިވަޑައިގަންނަވާނެތޯ ސުވާލު އުފައްދަވާފައެވެ.

"އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށް އޭނަގެ މުދަލަކަށް އެމްއެމް ޓީވީ ވެގެން ދާއިރު އޭނައަށް ކެރޭނެތޯ އެމްއެމްޓީވީއަށް މިދިއަ ޚަރަދު ތަކާއި ލާރި ލިބުނު ގޮތާ، ކީއްވެތޯ އެސްޓިއޯއިން ހުރިހާ ޓީވީ ސްކްރީންތަކެއް.. އޭނައަށް ކެރޭނެތޯ ޖަވާބުދާރީވެފައި މިވެނިގޮތަކަށް ލިބިފަ ހުރި ލާރިއޭ ބުނަން ކެރޭނެތޯ" ޔާމީން ވިދާޅުވިއެވެ.

އަދި މި ދެ މައްސަލައިގައިވެސް ޖަވާބުދާރީވާން ހުންނެވީ އެންސްޕާގެ ސީއީއޯ އަދި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ކަމަށާއި، އެހެންކަމުން އެންސްޕާގެ ބަޖެޓުން މިވަރުގެ ކަމެއް މިކުރީ އެއީ ޚަލީލުގެ އިންވެސްޓްމަންޓަކަށް ވާތީއޭ ވިދާޅުވެ އެކަން ސާފުކޮށްދޭން ހީނާ އަށް ކެރިވަޑައިގަންނަވާނެތޯ ޔާމީން ސުވާލު ކުރެއްވިއެވެ.  

އެންސްޕާ ހިންގުމަށް އޮފީސް އިމާރާތެއް ހޯދަން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާ ކުރިކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ވަނީ އެ އެޖެންސީއަށް ކުރެވިފައިވެއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދަޅުވީ، އެމަނިކުފާނު މިނިވަންކަމާއެކު ދޫކޮށްލާފައި ބަސްކިޔޭ ގޮތަށް އެނބުރޭ ކަމަށްވަންޏާ މިހިންގާ ކޮރަޕްޝަންގެ ޖަރީމާތަކެއް ނުހިންގޭނެ ކަމަށާއި، އެއީކީ ވާނެ ކަމެއް ނޫން ކަމަށެވެ.

" ރައްޔިތުންގެ މަޖިލީހުގައި ތިބި ރައްޔިތުންގެ މަންދޫބުން ކަމުގައި ބުނާ މީހުން ބޭނުމެއް ނޫން މީގެއިން އެއްވެސް ކަމެއް ބަލާކަށް. އެކަމަކު އެތަނުގައި އިންތިހާއަށް ހިތް ނުތަނަވަސްކަން އޮތްކަން އިނގޭ. ފައިސާ އަކީ އިންތިހާއަށް މީހުންގެ ޝައުގުވެރިކަން ދަމާ އެއްޗެއް. މިހާރު މުއިއްޒު ހީފުޅު ކުރައްވަނީ ގާނޫނު އަސާސީ އަށް އިސްލާހު ގެންނަވައިގެން ކުރެއްވީމަ މުއިއްޒު ކޮންޓްރޯލަށް އެމީހުން ދިއައީ އޭ. އެ ގޮތަށް ހީވެސް ކޮށްގެން ނުވާނެ. މިހާލަތު ފުރޮޅިގެން ދާކަށް ވަގުތެއް ނުނަގާނެ. އަޅުގަނޑުމެން އަދިވެސް އެދެނީ މުއިއްޒު އަމިއްލަ އަށް އެންމެންނަށް ދެއްވާ ނަސޭހަތް އަމިއްލަ އަށް ގަބޫލު ކުރައްވަން. ހެޔޮ ބަސް އަހާ ހެޔޮ ބަސް ގަބޫލު ކުރާ މީހަކަށް ވާށޭ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ބައްޕާފުޅުގެ ފޮތުގައި އެވާހަކަ ނެތީތޯ ވިދާޅުވެ ރައީސް ޔާމީން ވަނީ ފޮތުގެ ވަކި ބައިތަކެއް ނުނެއްގެވުމަށް ވިދާޅުވެފައެވެ.

އެމްއެމް ޓީވީއިބްރާހިމް ހަލީލްކުރީގެ ރައީސް ޢަބްދުﷲ ޔާމީންޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
10 ނޮވެމްބަރު 2025

ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

10 ނޮވެމްބަރު 2025
ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"
31 އޮކްޓޯބަރު 2025

ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު

31 އޮކްޓޯބަރު 2025
ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު
30 ސެޕްޓެމްބަރު 2025

އޭސީސީ އިން ބަލާ، ފިޔަވަޅު އަޅަން ބޭނުން ވަނީ ވަކި ފަރާތަކުން އަންގާ މައްސަލަތައް އެކަނި : ޝާތިރު

30 ސެޕްޓެމްބަރު 2025
އޭސީސީ އިން ބަލާ، ފިޔަވަޅު އަޅަން ބޭނުން ވަނީ ވަކި ފަރާތަކުން އަންގާ މައްސަލަތައް އެކަނި : ޝާތިރު
30 ސެޕްޓެމްބަރު 2025

އެންސްޕާގެ ފައިސާއިން އެމްއެމްޓީވީ އުފެއްދިކަމުގެ ތުހުމަތުކުރެވޭތީ އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރުމަށް އޭސީސީ އަށް ހުށަހަޅައިފި

30 ސެޕްޓެމްބަރު 2025
އެންސްޕާގެ ފައިސާއިން އެމްއެމްޓީވީ އުފެއްދިކަމުގެ ތުހުމަތުކުރެވޭތީ އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރުމަށް އޭސީސީ އަށް ހުށަހަޅައިފި
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
16 މެއި 2025

ޔާމީންގެ ޗެލެންޖެއް މުއިއްޒަށް: ކެރިވަޑައިގަންނަވާ ނަމަ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓެއް ނަންގަވާ

16 މެއި 2025
ޔާމީންގެ ޗެލެންޖެއް މުއިއްޒަށް: ކެރިވަޑައިގަންނަވާ ނަމަ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓެއް ނަންގަވާ
28 ފެބުރުއަރީ 2025

މިހާރު "ދައުލަތުގެ ބުރުސޫރަ ރީތިކުރަންށޭ ޖަހާފަ ފޮނުވިޔަސް" މަޖިލީހުން ފާސްކުރާނެ: ރައީސް ޔާމީނު

28 ފެބުރުއަރީ 2025
މިހާރު "ދައުލަތުގެ ބުރުސޫރަ ރީތިކުރަންށޭ ޖަހާފަ ފޮނުވިޔަސް" މަޖިލީހުން ފާސްކުރާނެ: ރައީސް ޔާމީނު
17 ފެބުރުއަރީ 2025

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު

17 ފެބުރުއަރީ 2025
މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު
17 ފެބުރުއަރީ 2025

މަޖިލީހުގައި ޕީއެންސީއަށް މެމްބަރުން ވެއްދުމާއި ނުވެއްދުމުގެ ވާހަކަތައް ނުދެއްކޭނެ: އަބްދުއްރަހީމް

17 ފެބުރުއަރީ 2025
މަޖިލީހުގައި ޕީއެންސީއަށް މެމްބަރުން ވެއްދުމާއި ނުވެއްދުމުގެ ވާހަކަތައް ނުދެއްކޭނެ: އަބްދުއްރަހީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް