Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަޕްލިމެންޓްރީ ބަޖެޓް

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

ސަޕްލިމެންޓަރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 20:25
ޤާސިމް އާއި ޔާމީން އެކުގައި ނަންގަވާފައިވާ ފޮޓޯ އެއް

ޤާސިމް އާއި ޔާމީން އެކުގައި ނަންގަވާފައިވާ ފޮޓޯ އެއް

2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓު މިހާތަނަށް ޚަރަދު ކުރި ގޮތް ރައްޔިތުންނަށް ސިއްރުކުރަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އިން ފާސްކުރި އިރު މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް އެކަމަށް އެއްބާރުލުން ދެއްވާފައިވާތީ އެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑު ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2024 ވަނަ އަހަރުގެ 49 ބިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރަށް ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅުމުން، އެ ބަޖެޓް ދިރާސާ ކުރުމަށް ނެގި މަޖިލީހުގެ ކޮމިޓީގެ އާދިއްތަ ދުވަހުގެ ބައްދަލުވުމުގައި، ބަޖެޓުން މިއަދާ ހަމައަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހާމަ ކުރުމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރ އަބްދުލް ޣަފޫރު މޫސާ ހުށަހަޅުއްވާ، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ތާއީދު ކުރެއްވުމުން އެ ހުށަހެޅުން، ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ މެމްބަރުންނާއި ޖުމްހޫރީޕާޓީގެ ލީޑަރުގެ ވޯޓުން ވަނީ ފެއިލު ކޮށްލާފައެވެ.

Advertisement - newsAdvertisement

މެމްބަރު ޣަފޫރުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ އެމްޑީޕީ އަށް ނިސްބަތްވާ 3 މެމްބަރުންނާއި އެމްޑީއޭ އަށް ނިސްބަތްވާ މެމްބަރު މުހައްމަދު އައްބާސް ވޯޓު ދެއްވި އިރު، އެ ހުށަހެޅުން ފާސްކުރަން ނުފެންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޕީއެންސީ އަށް ނިސްބަތްވާ 14 މެމްބަރުން ވަނީ ވޯޓު ދީފައެވެ. ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޤާސިމް އަކީ އަބަދުވެސް އިސްލާހަށް މަސައްކަތް ކުރާ ބޭފުޅެއް ކަމަށް ޤާސިމް ވިދާޅުވާ ކަމަށެވެ. އެހެންނަމަވެސް ބަޖެޓް ހޭދަކުރި ގޮތް ސިއްރުކުރަން ސަރުކާރަށް އެއްބާރުލުން ދިނުމުން އާ މެމްބަރުންނަށް އެ ދެއްކެނީ ކޮންކަހަލަ މިސާލެއްތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ބަޖެޓް ސިއްރު ކުރަނީ ޚަރަދުތައް ދިމާނުވާތީ ކަމަށެވެ. އަދި އެކަން ސިއްރުކުރުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ކޮމިޓީން ފާސްކުރީ ހޯމަ ދުވަހުއެވެ. އަދި އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެގޮތުން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމަށް އަންގާރަ ދުވަހުގެ މަޖިލީހުގައި ނެގި ވޯޓުގައި ބަޖެޓް ފާސްކުރުމަށް 75 މެމްބަރުން ވޯޓު ދެއްވިވެއެވެ. އަދި ބަޖެޓް ފާސް ކުރުމާއި ދެކޮޅަށް 11 މެމްބަރުން ވޯޓު ދެއްވާފައެވެ. އެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރި އިރު ބަޖެޓަށް ވީ ގޮތް ސާފު ނުވާކަމަށް ފާހަގަކުރައްވާ ޔާމީން ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް މާލީ މައުލޫމާތުތައް ހާމަކުރަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓު މިހާތަނަށް ޚަރަދު ކުރި ގޮތް ރައްޔިތުންނަށް ސިއްރުކުރަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ހިމެނޭ ސަރުކާރު މެމްބަރުން ވޯޓު ދީގެން ފާސްކުރުމުން އާއްމުންނާއި އިދިކޮޅު ފަރާތްތަކުން އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މާލީ ދާއިރާގެ މާހިރުންނާއި މަޖިލީހުގެ ކުރީގެ މެމްބަރުން ވެސް ވަނީ ބަޖެޓް ހޭދަ ކުރި ގޮތް ހާމަ ނުކޮށް، ސަޕްލިމެންޓްރީ ބަޖެޓް ހުށަނޭޅޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއިން އެއްވެސް ޝަކުވާއަކަށް ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް، މި މަޖިލީހުން އިޖާބައެއް ނުދެއެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްރާއްޖޭގެ މާލީ ހާލަތުސަޕްލިމެންޓަރީ ބެޖެޓް 2024 މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް

ކޮމެންޓް

އިތުރަށް ކިޔާލަން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

16 ފެބުރުއަރީ 2025
"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

30 ޖެނުއަރީ 2025
ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

21 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު