Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންސީ

ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!

މި ފޮޓޯ ނަގާފައި ވަނީ ފޯރމް ފުރުމުގެ މަސައްކަތުގެ އަޕްޑޭޓްތައް އެންގުމުގެ ގޮތުން، މި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން އަމިއްލައަަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2024 | އާދީއްތަ 09:43
ޑީއެންއާރް ތެރޭގައި ޕީއެންސީގެ ފޯމްތައް ފުރުން

ޑީއެންއާރް ތެރޭގައި ޕީއެންސީގެ ފޯމްތައް ފުރުން

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، (ޑީއެންއާރު) ތެރޭގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް މީހުން ވައްދަން ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯއެއް އާއްމުވެ، ޕީއެންސީ ހޫނުފެނަށް ވެއްޓިއްޖެއެވެ.

މީސްމީޑިއާގައި ވެސް މިފަދަ ފޮޓޯތަކެއް ދައުރުވަމުން ދާއިރު އެ ފޮޓޯތަކުން ޕީއެންސީ އަށް ނިސްބަތްވާ މީހުން ފޯމް ފުރުމުގެ މަސައްކަތުގައި އުޅޭ މަންޒަރު ފެނެއެވެ.

Advertisement - newsAdvertisement

އިތުބާރު ހުރި ގޮތަކަށް މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފޮޓޯ އަކީ ޑީއެންއާރުގެ މީޓިން ރޫމްގައި ނަގާފައިވާ ފޮޓޯތަކެކެވެ.

އަދި މި ފޮޓޯ ނަގާފައި ވަނީ ފޯރމް ފުރުމުގެ މަސައްކަތުގެ އަޕްޑޭޓްތައް އެންގުމުގެ ގޮތުން، މި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން އަމިއްލައަަށް ކަމަށް ވެސް ވަނީ އެނގިފައެވެ. ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުން މި މަސައްކަތުގައި ހަރަކާތްތެރިވި މުވައްޒަފުންނަކީ ޑީއެންއާރުގައި ތިބި ބައެއް ސިޔާސީ މުވައްޒަފުންނެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގައި ތިބެގެން މިފަދަ މަސައްކަތެއް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ. މި ފޮޓޯތައް އާއްމުވުމާއި ގުޅިގެން ރާއްޖެ އެމްވީން ސުވާލުކުރުމުން އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މިއީ ވަރަށް ދެރަވަރު ކަމެއް ކަމަށެވެ. އަދި ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން މިފަދަ ޢަމަލެއް ފެނުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސަރުކާރަކުން ކޮށްގެންވާނެ ޒާތުގެ ކަމެއް ނޫން ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ އިންތިހާއަށް ކަންބޮޑުވާކަމެއްކަން ފާހަގަކޮށް އޭނާ ވަނީ މިފަދަ ކަންކަން ބެލެންވާނެ ކަމަށް ފާހަގަކުރައްވާފައެވެ.

މި މައްސަލަ އާއި ގުޅިގެން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ރެޖިސްޓްރަރ، އަލީ ސާލިހު ވިދާޅުވީ މިހާތަނަށް ކަން ހިނގާ ގޮތަށް ބަލާ އިރު އަބަދުވެސް ވެރިކަމުގައި އޮންނަ ސިޔާސީ ޕާޓީއަކަށް މީހުން އިތުރުވުމަކީ ކަން ހިނގާ އުސޫލު ކަމަށެވެ. ހަމައެހެންމެ މީގެ ކުރިން ވެސް ސަރުކާރުތަކުން ޑީއެންއާރުގެ ޑޭޓާ ބޭނުންކޮށްގެން، ނުވަތަ ޑީއެންއާރު މެދުވެރިކޮށް މައުލޫމާތު ނަގައިގެން ޕާޓީތަކަށް މެމްބަރުން އިތުރުކުރާ ކަމަށް އަޑު ފެތުރުނު ނަމަވެސް މިފަދަ ކަމެއް ހިނގާ މަންޒަރު ފެންނަ ފޮޓޯ އެއް އާއްމުވި މިއީ ފުރަތަމަ ފަހަރުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަލީ ސޯލިހް ވިދާޅުވީ ޕީއެންސީގައި ވެސް އޮފީސްތައް ހުންނާނެ ކަމަށާއި، ޑީއެންއާރުގެ އޮފީސް ތެރޭގައި ފޯރމް ފުރުމުގެ ކަންކަން ކުރަން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި ޕީއެންސީ އަކީ އޮފީސް ހިންގާނެ ޖާގަ އާއި ފައިސާ އޮތް ޕާޓީ އެއް ކަމަށާއި މިފަދަ އަމަލެއް އެ ޕާޓީގެ ކިބައިން ފެނުމުން ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މައްސަލަ ޕާޓީގެ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަަމަށް ގެނައުމަށް ރަސްމީކޮށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ އާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި ސުވާލުކުރުމުން އެ ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ވަނީ އެފަަދަ މައްސަލަ އެއް ރަސްމީކޮށް ވެސް އަދި ނުރަސްމީކޮށް ވެސް އިލެކްޝަންސް ކޮމިޝަނަށް އަދި ހުށަހަޅާފައި ނުވާކަން ހާމަކުރައްވާފައެވެ. އެހެންނަމަވެސް ސަރުކާރު އޮފީހެއް ތެރޭގައި ސިޔާސީ ޕާޓީ އެއްގެ ފޯމް ފުރުމުގެ މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ސިޔާސީ ޕާޓީއެއްގެ ފޯރމްތައް ބަލައިގަންނަ އިރު އެ ފޯރމްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް މަސައްކަތްކުރާނެކަން ހަސަން ވަނީ ފާހަގަކުރައްވާފައެވެ.

ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ މެމްބަރުންގެ އަދަދު 60،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ޕާޓީން ވަނީ ދާދިފަހުން ބުނެފައެވެ. އަދި ޕީއެންސީ އަށް މެމްބަރުން އިތުރު ކުރުމަށް މިހާރު ކުރާ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސް ނަންގަވައިގެން އެމަނިކުފާނުގެ ލަފާފުޅާއި އިރުޝާދާ އެކީގައި ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ. މިކަމުގައި ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި 75 މެމްބަރުންގެ އިތުރުން ސަރުކާރުގެ ސިޔާސީ އިސް ބޭފުޅުން ވެސް ހަރަކާތްތެރިވެވަޑައިގަންނަވައެވެ. މި މަސައްކަތް އަވަސްކުރައްވަމުން ދަނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް އަހަރު ފުރޭ އިރު، ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީއަށް ހެދުމަށް ކަމަށް ޕީއެންސީގެ ރައީސް އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީ އަށް މީހުން އިތުރު ކުރުމަށް ފައިސާ އާއި ނުފޫޒުގެ އިތުރުން ނާޖާއިޒް ފައިދާ ހޯދައިދިނުންފަދަ ކަރަޕްޓް ކަންކަން ދަނީ ހިންގަމުންނެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންއެމްޑީޕީޖޭޕީއިލެކްޝަންސް ކޮމިޝަންހަސަން ޒަކަރިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު