Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާ

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

ހައުސިން މިނިސްޓްރީގައި ސީދާ ރައީސް މުއިއްޒާއި ގުޅުންހުރި ލިޔެކިއުންތައް ހުންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޑިސެމްބަރު 2024 | އާދީއްތަ 18:28
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ވާހަކަދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ވާހަކަދައްކަވަނީ

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިއަ ޕީއެންއެފްގެ ޖަލްސާގެ އޯޑިއަންސްގައި އިންނަވައިގެން ޔާމީން ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަން ދެއަހަރާއި ބައި، އަދި ހައުސިންގ މިނިސްޓަރުކަން 7 އަހަރު ކުރެއްވި ކަމަށެވެ.

ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރައީސް މުއިއްޒު މަސައްކަތް ކުރެއްވި ކަމަށާއި އަދި ސީދާ ރައީސް މުއިއްޒާއި ގުޅުންހުރި ލިޔެކިއުންތައް ހުންނާނެ ކަމަށެވެ. އެ ލިޔެކިއުންތަކުގެ ތަފްސީލާއި، އެހުރި ތަންތަން ސާފުކޮށް ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއިމާރާތުގައި ރޯވެ އަނދާހުލިވެގެންދިޔައީ އިއްތިފާގަކުން ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

މިހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ކްރައިމް ސީންއެއްކޮށް ސާފުކޮށް ނިންމުމަށްފަހު، އިންޑިއާގެ ޓީމެއް ގެނެސްގެން ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ. އަދި އެޓީމުން ދިވެހި ދައުލަތް އެދޭ ގޮތަށް ތަހުގީގީ ރިޕޯޓު ލިޔެދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވަނީ ހައުސިންގ މިނިސްޓްރީގެ އަލިފާނުގެ ހާދިސާއާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ގައުމުގައި ހިނގާ ބޮޑެތި މައްސަލަތަކުގައި ފުލުހުން އަމަލުކުރާ ގޮތުން އެމަސައްކަތްތަކާއި މެދު ރައްޔިތުން ސުވާލު އުފައްދާ ކަމަށް ޔާމީން ވިދާޅުވިއެވެ.

18 ޑިސެންބަރ 2024 ވަނަ ދުވަހު ފުލުހުން ވަނީ 12 ޑިސެންބަރު 2024 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާ ކުރުމަށް އެދިފައެވެ.

ހައުސިން މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައި ރޯވި އަލިފާން ކޮންޓްރޯލް ނުކުރެވި އެ ބްލޮކްގައި ހުންނަ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަދި މާލެ ސިޓީ ކައުންސިލްގެ ވައިޓަލް އައި ލޭންޑް ސެކްޝަން ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

ަހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވުން ހައުސިންގް މިނިސްޓްރީއަލިފާނުގެ ހާދިސާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
06 ޑިސެމްބަރު 2025

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް
04 ޑިސެމްބަރު 2025

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް
27 ނޮވެމްބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި
22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު