Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހީނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

އެއްވެސް ވަޒީރަކަށް ވިޔަފާރީގެ އުސޫލަކުން ރައީސްގެ ހުއްދަ ނުނަގައި އެއްވެސް ކަމެއް ނުކުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2024 | ހޯމަ 05:26
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނާއި ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް މިކަން އައިސްފައިވާއިރު، މިހާރު ފިޔަވަޅުނާޅުއްވާ މަޑުކުރައްވާ ސަބަބާއި ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިއަ ޕީއެންއެފްގެ ޖަލްސާގެ އޯޑިއަންސްގައި އިންނަވައިގެން ޔާމީން ވިދާޅުވީ، އާދިއްތަ ދުވަހު މީޑީއާ ގެންގޮސްގެން ރައީސް އޮފީސް ކުރިމަތީގައި ރައީސް މުއިއްޒު ރާވައިގެން ޗަރުކޭސް ކުޅުއްވުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

އެންސްޕާ ހިޔާނާތަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އެއްވެސް ވަޒީރަކަށް ވިޔަފާރީގެ އުސޫލަކުން ރައީސްގެ ހުއްދަ ނުނަގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި، އެންސްޕާއާ ގުޅުން އޮތް ކަމަށް ބުނާ ޓީވީ ރަޖިސްޓްރީ ކޮށްފައިވަނީ ރައީސް އޮފީހުގެ ތެރެއިން، ރައީސް އޮފީހުގެ މިނިސްޓަރެއް ކަމަށެވެ. އެހެންކަމުން މިކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް ސުވާލު އުފެދޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީސް ކުރިމައްޗަށް ބައެއް މީޑީއާތަކަށް ދައުވަތުދީގެން މިހާރު ހިނގައިގެން އުޅޭ އެޗްޑީސީ ގޯތީގެ ވައްކަމާއި ގުޅޭގޮތުން ރައީސް މުއިއްޒު ވަނީ ވާހަކަދައްކަވާފައެވެ. ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުގެ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވީ އެކަމުގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށާއި، އެމައުލޫމާތު ލިބިފައިވާނަމަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އެމައްސަލަ ބަލާނެ ކަމަށެވެ.

މިމައްސަލައަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ނޫސްވެރިން އާދިއްތަ ދުވަހު މިސުވާލު ކުރުމުން މިހާރު ރައީސް މުއިއްޒުގެ ސަމާލުކަމަށް މިކަން އައިސްފައިވާނެ ކަމަށެވެ. އަދި މިހާރު ހީނާ މަގާމުގައި ހުންނެވީ ކީއްވެގެންތޯ އާއި، ފިޔަވަޅު ނާޅުއްވަނީ ކީއްވެގެންތޯ ޔާމީން ސުވާލު އުފެއްދެވިއެވެ.

ޔާމީން ވިދާޅުވީ ހީނާ ވައްކަން ކޮށްދީފައިވަނީ ރައީސް މުއިއްޒަށް ކަމަށެވެ. އެގޮތުން ޓީވީ ސްޓޭޝަން ހުޅުވުމަށް އަގުބޮޑެތި ސާމާނު ހޯދައި، ބިން ކުއްޔަށް ހިފައި އެމަސައްކަތް ކޮށްފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، ހީނާ އިސްވެ ހުންނަވައި އެންސްޕާއިން ބޮޑު ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނާ ލިޔެކިއުންތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްލާފައެވެ.

މި އެއްބަސްވުމާ ބެހޭ ލިޔެކިޔުންތަކުން އެނގޭގޮތުގައި ޓެންޑާ ބޯޑް މެދުވެރިކޮށް ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން އެ ގެއިން ދެ ފަންގިފިލާ ހިފާފައިވަނީ މަހަކު 580،000ރ އެންސްޕާ އިން ޚަރަދު ކުރާ ގޮތަށެވެ. އެންސްޕާއިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 34.8 މިލިއަން ރުފިޔާގެ ކަރަޕްޝަން ހިމެނޭ މި ޑީލުގެ ދަށުން، މީޑިއާ ހައުސްއިން ހަމަ އެ އިމާރާތުން 4 ފަންގިފިލާ ކުއްޔަށް ހިފާފައިވާ ކަމަށް ވެސް ބައެއް މަސްދަރުތަކުން ހާމާކޮށްފައިވެއެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއެކު އެންސްޕާއިން ވަނީ އެއްބަސްވުން އުވާލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މޯލްޑިވްސް މީޑިއާ ހައުސް އާއި އެންސްޕާ އާ ދެމެދު އިމާރާތް ކުއްޔަށް ހިފުމުގެ އެއްބަސްވުން ހެދި ކަމުގެ ވާހަކަތައް އާންމުވުމާ ގުޅިގެން 29 ނޮވެމްބަރު 2024 ގައި އެންސްޕާ އިން ނެރުނު ބަޔާނުގައި އެންސްޕާ އާ ބެހޭ ގޮތުން ނޫސްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ. އެ އޭޖެންސީ ހިންގުމަށް އިމާރާތެއް ހޯދުމުގެ މުއާމަލާތް ހިންގީ ފިނޭންސް މިނިސްޓްރީ އާ ގުޅިގެން ގަވައިދާ އެއްގޮތައް ކަމަށް ބުނެފައިވެއެވެ. އަދި 29 ނޮވެމްބަރ ގައި އެންސްޕާ އިން ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދުހީނާ ވަލީދު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން ރައީސް މުއިއްޒުއާ ކުރައްވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭ ކަމަށް ހީނާ ވިދާޅުވެއްޖެ

ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން ރައީސް މުއިއްޒުއާ ކުރައްވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭ ކަމަށް ހީނާ ވިދާޅުވެއްޖެ

28 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން

ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން

21 ނޮވެމްބަރު 2025
މުއިއްޒުގެ 50 މިލިއަން ރުފިޔާގެ ބޮޑު ޖަލްސާ ހީނާގެ ޑްރާމާ އިން ބޮޑު ފްލޮޕަކަށް

މުއިއްޒުގެ 50 މިލިއަން ރުފިޔާގެ ބޮޑު ޖަލްސާ ހީނާގެ ޑްރާމާ އިން ބޮޑު ފްލޮޕަކަށް

19 ނޮވެމްބަރު 2025
އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!

އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!

15 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު