Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގަތަރު-ރާއްޖެ

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

ސަރުކާރުން ބުނަނީ ގަތަރާއެކު ވިޔަފާރީގެ ގުޅުން އޮންނާނެ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 10 ޖޫން 2017 | ހޮނިހިރު 13:49
ގަތަރާއެކު އޮތް ގުޅުން ކަނޑާލިކަން ސަރުކާރުން އިއުލާނު ކުރި ޕްރެސްކޮންފަރެންސް ތެރެއިން

ގަތަރާއެކު އޮތް ގުޅުން ކަނޑާލިކަން ސަރުކާރުން އިއުލާނު ކުރި ޕްރެސްކޮންފަރެންސް ތެރެއިން

ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ގަތަރާއެކު އޮތް 33 އަހަރުވީ ގުޅުން ކަނޑާލުމަށް ނިންމީ ކެބިނެޓްގައި ވަރަށް ބޮޑަށް މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އެ މަޝްވަރާތަކުގައި ދިވެހިރައްޔިތުންނާއި ގައުމަށް ލިބިދާނެ ގެއްލުމާއި ފައިދާއަށް ވަޒަން ކުރެއްވި ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ދިވެހިރާއްޖެ އާއި ގަތަރާއެކު ގާތްގުޅުމެއް އޮތްއިރު، ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް މި ސަރުކާރަށް ރެއަކާލީ ސައުދީ އަރަބިއްޔާއިން ބުނުމާއެކު އެވެ. އިއްތިފާގުން ނަމަވެސް ގަތަރާއެކު ގުޅުން ވެސް ކަނޑާލެވުނީ ސައުދީގެ ފަހަތުންނެވެ.

މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު، ދިވެހިރައްޔިތުންނަށް މިކަމުން ލިބޭ ފައިދާ ސަރުކާރުން ބުނެދޭން ޖެހެ އެވެ. އެކަމެއް މިސަރުކާރުން ނުކުރެ އެވެ. ގަތަރާ ގުޅުން ކަނޑާލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ވެސް، ބަހުސްކުރަން ބޭނުމެއް ނުވި އެވެ. ގަތަރާ ގުޅުން ކަނޑާލުމުން ދިވެހިރައްޔިތުންނަށް ފައިދާ ލިބޭނެ ކަމަށްވާނަމަ، މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރަން ބޭނުން ނުވާ ކަމަށް ސަރުކާރަށް ނިސްބަތްވާ 40 މެމްބަރުން ވޯޓް ދީ އެ މައްސަލަ ތަޅުމުން ބޭރެއް ނުކުރާނެ އެވެ.

ދިވެހިރައްޔިތުންނަށް މިކަމުން ފައިދާއެއް ލިބޭކަން ސަރުކާރަށް ބުނެ ނުދެވުނަސް، އެނގޭ ކަމެއް އެބަ އޮތެވެ. މުޅި މުސްލިމް އުއްމަތުގެ ދެ ހަރަމްފުޅުގެ ބެލެނިވެރިކަން އަމިއްލައަށް ނަގައިގެން އުޅޭ ސައުދީ އަރަބިއްޔާގެ އާއިލީ ވެރިކަމުގެ ތައްޕާހަށް މި ސަރުކާރު ވެއްޓިފައި އޮތްކަމެވެ. މިއީކީ ދިވެހި ގައުމަށް ފައިދާއެއް ނޫނެވެ. ނަމަވެސް، މި ސަރުކާރުގެ އިސްވެރިންނަށް ފައިދާއަކަށް ވެދާނެ އެވެ. މުސްލިމް ގައުމަކާ ގުޅުން ކަނޑާލުމަކީ، އަދި ވަކިން ހާއްސަކޮށް ދިވެހި ގައުމުގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ހިމެނޭ ގަތަރާ ގުޅުން ކަނޑާލުމަކީ ދިވެހިރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނޫނެވެ.

މިއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް، ރާއްޖޭގެ ކުރީގެ ތިން ފޮރިން މިނިސްޓަރުންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި އަދި ގަތަރާ ސިޔާސީ ގުޅުން ގާއިމު ކުރެއްވި ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ސޯޝަލް މީޑިއާތަކާއި ޓީވީ ޓީވީ ޕްރޮގްރާމުތަކުގައި ވެސް ސަރުކާރުގެ މި ނިންމުން ބަލައި ނުގަންނަ ކަމަށާއި ދިވެހި ތިބީ ގަތަރާއެކުގައި ކަމަށް އަންނަނީ ބުނަމުންނެވެ.

ބައެއް ފަރާތްތަކުން ތުހްމަތުކުރާ ގޮތަށް ގަތަރާ ގުޅުން ކަނޑާލީ، ރިޔާޒުގައި ތިބި މަހްޖަނުންތަކެއްގެ ސަބަބުން ކަމަށް ގަބޫލްކުރަން ފަސޭހަވުމެވެ. އަދި މިއީ ހާރިޖީ ގުޅުން ވިއްކުން ކަމަށް ގަބޫލުކުރެވެ އެވެ. އެހެން ނޫންނަމަ، ގަލްފުގައި އުފެދިފައިވާ ނުތަނަވަސް ކަމެއްގެ ތެރެއަށް މަތިންބައިން ޖެހިގެން ރާއްޖެއިން ވަންނަން ނުޖެހެ އެވެ.

މި ސަރުކާރުން އަބަދު ވެސް ބުނަނީ މި ދިވެހި ގައުމުގެ ނިންމުން ނިންމާނީ ދިވެހިން ކަމަށެވެ. މި ސިޔާސަތު ގެންގުޅޭއިރު، ދިވެހިންނާ މާދުރުގައި އޮތް ގަލްފް ގައުމުތަކުގެ މައްސަލަތަކެއްގެ ތެރެއަށް ފުންމާލަންވީ ކޮށް އުސޫލަކުން ހެއްޔެވެ. އެ އުސޫލަކީ ހަމައެކަނި ބުދުޖެހި ޑޮލަރު ކަމަށް ވާނަމަ، ދިވެހި ގައުމަށް އޮތީ ކޮޅުނެއް ކޮޅުގެ ހަލާކެވެ. ގެއްލުމެވެ. މި ނޫން ސަބަބެއް އޮތް ނަމަ، އެކަން އެކަން ތަފްސީލުކޮށް ދިވެހިރައްޔިތުންނަށް އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެކެވެ. އެކަން ބުނެދިނުމަކީ ސަރުކާރުގެ ވާޖިބެކެވެ. ގަތަރުގެ ނިންމުމުން ލިބޭ ފައިދާ ބުނެ ނުދެވޭނަމަ، އެއީ ދިވެހިރައްޔިތުންގެ ނަމުގައި ހިނގި ޖަރީމާއެކެވެ.

ގަތަރާ ގުޅުން ކަނޑާލުމަށް ނިންމި ނިންމުމުގައި ދެކޮޅު ޖެހޭ އެއްވެސް ކަމެއް ނެތެވެ. ގަތަރާ ކަނޑާލީ ސިޔާސީ ގުޅުން އެކަނި ކަމަށާއި ވިޔަފާރީގެ ގުޅުން ކަނޑާ ނުލާ ކަމަށް ސަރުކާރުން ބުނެ އެވެ. މާތް ކަލާކޯ! މި ސަރުކާރުގައި މި ތިބީ ކޮންފަދަ ބައެއް ހެއްޔެވެ. ޓެރަރިޒަމްއަށް ހިތްވަރު ދޭ ނުވަތަ އެކަމަށް ވާގިވެރިވާ ބަޔަކަށް ވެސް ތާއިދު ނުކުރާ ކަމަށް ބުނާއިރު، ވިޔަފާރީގެ ގުޅުން ބޭއްވުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ. ގަތަރުން ޓެރަރިޒަމްގެ ކަންކަމަށް ހިތްވަރު ދޭ ނަމަ، ވިޔަފާރީގެ ގުޅުން ބޭއްވުމަކީ އެކަމަށް ދިވެހިރާއްޖެއިން ތަރުހީބު ދިނުން ފަދަ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެރަރިސްޓް ގަތަރު އޯކޭއެއް ނޫން، ގަތަރާ ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު އޯކޭ!

ޓެރަރިސްޓް ގަތަރު އޯކޭއެއް ނޫން، ގަތަރާ ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު އޯކޭ!

08 ޖޫން 2017
ގަތަރާއި ގުޅުން ކަނޑާލުން – ދެ ހަގީގަތެއް

ގަތަރާއި ގުޅުން ކަނޑާލުން – ދެ ހަގީގަތެއް

06 ޖޫން 2017
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު