Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އުތުރު ކޮރެއާ

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އުތުރު ކޮރެއާ އާއި އެމެރިކާގެ ގުޅުން ވަނީ މިފަހުން ގޯސްނުވާހާ މިންވަރަށް ގޯސްވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 24 އެޕްރީލު 2017 | ހޯމަ 21:38
އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމުގެ ޕެރޭޑެއްގެ ތެރެއިން

އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމުގެ ޕެރޭޑެއްގެ ތެރެއިން

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުމަކީ އަބަދުވެސް ގޯސް ގުޅުމެކެވެ. ގޯސްވާން ދިމާވި މައިގަނޑު އެއް ސަބަބަކީ ކޮރެއާ ހަނގުރާމައިގައި އެމެރިކާ އެއާފޯސް އިން އުުތުރު ކޮރެއާ އަށް ބޮން އަޅައި އެގައުމުގެ އާބާދީގެ 20 އިން ސައްތަ މަރުވުމުގެ ހާދިސާ އާއި ގުޅިގެންނެވެ. ފަހުގެ އަހަރުތަކުގައި ދެގައުމުގެ ގުޅުން ގޯސްވާން ދިމާވި މައިގަނޑު ސަބަބަކީ އުުތުރު ކޮރެއާ އިން ނިއުކްލިއާ ޓެސްޓުތައް ކުރަމުން ގެންދިއުމާ އެގައުމުން އެތައް ހާސް މޭލަށް ދަތުރު ކުރާ މިސައިލް ތަރައްގީ ކުރަމުން ގެންދިއުމެވެ.

ދެގައުމުގެ ގުޅުން "ހުޅުފަޅައިގެން ދާހެން" މިހާރު ހިވާން ފަށައިފިއެވެ. އެއީ އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތައް ޓެސްޓް ކުރުން ފަހަކަށް އައިސް އިތުރު ކުރަމުން ގެންދިއުމުގެ ސަބަބުންނެެވެ. ކޮރެއާ މައްސަލައިގައި އެމެރިކާއަށް ތާއީދު ކުރަނީ ޖަޕާނާއި ދެކުނު ކޮރެއާއިންނެވެ.

އުތުރު ކޮރެއާއިން ދާދިފަހުން ކުރި މިސައިލް ޓެސްޓްތަކާއި ގުޅިގެން ރައްދުގައި އެމެރިކާ އިން ވަނީ ދެކުނު ކޮރެއާގައި މިސައިލް ޑިފެންސް ސިސްޓަމެއް ގާއިމު ކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ. އެމެރިކާ އިން ދެކުނު ކޮރެއާގައި ގާއިމު ކުރާ، ދަ "ޓާމިނަލް ހައި-އެލްޓިޓިއުޑް އޭރިއާ ޑިފެންސް ސިސްޓަމް"، (ތާޑް) އަކީ އުތުރު ކޮރެއާގެ ނުރައްކާތަކުން ދެކުނު ކޮރެއާ ސަލާމަތް ކުރުމަށް ގާއިމު ކުރާ ސިސްޓަމެެކެވެ. އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލުމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ ދާދިފަހުން ހުށަހަޅުއްވާފައިވާއިރު އޭނާ އިތުރަށް ވިދާޅުވެފައި ވަނީ އޭރުން އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ޑްރިލްތައް ހުއްޓާލެވިދާނެ ކަމަށެވެ. އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ޑްރިލްތަކަކީ އުތުރު ކޮރެއާ އިން ވަަރަށް ހިތްހަަމަ ނުޖެހޭ ކަމަކަށް ވަނީ ވެފައެެވެ. އެހެންނަމަވެސް ޗާއިނާއިން ހުށަހެޅި ހުށަހެޅުމަށް އެމެރިކާ އާއި ދެކުނު ކޮރެއާ އިން ވަނީ އިންކާރުކޮށްފައެވެ.

ބާރުގަދަ ބިޔަ އެމެރިކާއަކަށް އުތުރު ކޮރެއާ ދުލެއް ނުކުރެއެވެ. އެމެރިކާ ވެސް ދަނީ އެގައުމުގެ ބާރު ދައްކަމުންނެވެ. މިހާރު އޮތް ހަލާތަށްވުރެ އިތުރަށް ކަންކަން ގޯސްނުކުރުމަށް ބުނެ އެމެރިކާ އިން އުތުރު ކޮރެއާ އަށް ވަނީ ބޮޑުވެގެންވާ އިންޒާރެއް ދީފައެވެ. އާދީއްތަ ދުވަހު ޕެންޓަގަންގެ ތަރުޖަމާނު ގެރީ ރޮސް ވިދާޅުވީ ހަމަނުޖެހުންތަކަށް ފުރުސަތު ލިބޭފަދަ ވާހަކަތައް ނުދެއްކުމަށް އުތުރު ކޮރެއާ އަށް ގޮވާލާ ކަމަށާއި، އިޚްލާސްތެރިކަމެއް ނެތި ވާހަކަތައްވެސް ނުދެއްކުމަށް ގޮވާލާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގޮތުން އުތުރު ކޮރެއާ އަށް ކުރުން ލާޒިމު ކުރާ ކަންކަން ކުރުމަށްވެސް ރޮސް ގޮވާލެއްވިއެވެ. ޕެންޓަގަންގެ ތަރުޖަމާނު ގެރީ ރޮސް އިތުރަށް ވިދާޅުވީ އުުތުރު ކޮރެއާ އިން ސީރިއަސް ވާހަކަތަކަށް މިހާރު އަންނަންވެއްޖެ ކަމަށާއި އުތުުރު ކޮރެއާ އިން ކުރިއަށް ގެންދާ މަނާ ހަތިޔާރު ޕްރޮގްރާމަކީ އެމެރިކާގެ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ.

ގޮތް ދޫނުކުރާކަމަށް އެމެރިކާއިން ބުނާ އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އެގައުމުގެ ވައިސް ފޮރިން މިނިސްޓަރު ހަން ސޮން-ރިއޮލް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ސޮން-ރިއޮލް ވިދާޅުވީ އުތުރު ކޮރެއާ އިން އިތުރު މިސައިލް ޓެސްޓުތަކެއް ކުރުން މަތީ ދެމިތިބޭއިރު އެކަން ކުރާނީ، ކޮންމެ ހަފްތާ އަކު، މަހަކު އަދި އަހަރަކު ކަަމަށެވެ. އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓުތަކުގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި ނުހަނު ބޮޑަށް އުތުރު ކޮރެއާ އަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، ބީބީސީ އަށް ދެއްވި އިންޓަވިއުގައި އެގައުމުގެ ވައިސް ފޮރިން މިނިސްޓަރު ހަން ސޮން-ރިއޮލް ވިދާޅުވީ، އުތުރު ކޮރެއާ ކުރާ މިސައިލް ޓެސްޓްތަކާ ގުޅިގެން އެމެރިކާއިން އަސްކަރީ ގޮތުން ފިޔަވަޅު އަޅައިފި ނަމަ "ފުރިހަަމަ ހަނގުރާމަ އަކަށް ކަންކަން ބަދަލުވާނެ" ކަމަށެވެ.

އެެމެރިކާ އިން އުތުރު ކޮރެެއާ އަށް އިންޒާރުތައް ތަކުރާރުކޮށް ދެމުންދާއިރު އުތުރު ކޮރެެއާ އިން އެމެރިކާއަށް ދިން އެންމެ ފަހުގެ އިންޒާރަށް ބަލައިލަމާތޯއެވެ. ކޮރެއާ ސަރަހައްދަށް ދާނެ ކަމަށް އެމެރިކާއިން ބުނާ މަތިންދާބޯޓް އުފުލާ މަނަވަރު ޔޫއެސްއެސް ކާލް ވިންސަން ހިމެނޭ ފްލީޓާ ގުޅުމަށް ޖަޕާނުގެ ދެ މަނަވަރު ފޮނުވުމާއި ގުޅޭގޮތުން އުތުރު ކޮރެއާ އިން ބުނީ އެމެރިކާގެ މަތިންދާބޯޓް އުފުލާ މަނަވަރު ފައްތައިލެވިދާނެ ކަމަށެވެ. އުފެދޭ ސުވާލަކީ މިއީއެވެ. މިކަން ނިމޭނީ ކިހާހިސާބަކުންބާ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

18 މެއި 2017
ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

15 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު