Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގަތަރު

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

ގަތަރާއެކު އޮތް ގުޅުން ކަނޑާލި އަރަބި ދުނިޔޭގައި ނުހިމެނޭ ފުރަތަމަ ގައުމަކީ ދިވެހި ރާއްޖެ

ރާއްޖެ އެމްވީ | 5 ޖޫން 2017 | ހޯމަ 17:11
ގަތަރު - ދިވެހިރާއްޖޭން ވަނީ ގުޅުން ކަނޑާލާފައި

ގަތަރު - ދިވެހިރާއްޖޭން ވަނީ ގުޅުން ކަނޑާލާފައި

ގަލްފުގެ ސަރަހައްދުގައި ސިޔާސީ ބޮޑު ކޮޅިގަނޑެއް އުފެދި އެ ކޮޅިގަނޑުގެ ތެރެއަށް ދިވެހިރާއްޖެ ވަދެއްޖެއެވެ.

ހޯމަ ދުވަހު ގަލްފްގައި ހިމެނޭ ގައުމުތަކަކާއި މިސްރުން ގަތަރާއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލިކަން ވަނީ އިއުލާނު ކޮށްފައެވެ. އެއާއެކު އެކީގައި އިވިގެން ދިޔައީ ގަތަރާއެކު އޮންނަ ގުޅުން ކަނޑާލަން ދިވެހިރާއްޖޭން ނިންމި ވާހަކައެކެވެ.

މެދު އިރުމަތީގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުމުގެ ތެރެއަށް ދިވެހި ރާއްޖެ ވަތް އިރު ރާއްޖެ ވެފައިވަނީ ގަތަރާއެކު ގުޅުން ކަނޑާލި ފުރަތަމަ އަރަބި ދުނިޔެއިން ބޭރު ގައުމަށެވެ.

މެދުއިރުމަތީގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރާ ކަމަށް ބުނެ ގަތަރާ އިސްވެ ގުޅުން ކަނޑާލި ގައުމުތަކަކީ ސައުދީ އަރަބިއާ، މިސްރު، ބަހުރޭން، ޔަމަން ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ދިވެހި ރާއްޖެއެވެ. އަދިވެސް ލިސްޓު އިތުރަށް ދިގުވެގެން ދާނޭ ކަމަށް ބެލެވެއެވެ.

ހޯމަ ދުވަހު ދިވެހިރާއްޖޭން ގަތަރާއެކު އޮތް ގުޅުން ކަނޑާލުމަށްފަހު ނެރުނު ބަޔާނުގައި ވެސް ބުނެފައިވަނީ ޓެރަރިޒަމާއި ހައްދުފަހަނަޅާ ދިއުމާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގަތަރާއެކު ގުޅުން ކަނޑާލަން ނިންމީ ކަމަށެވެ. ގަތަރަކީ ޓެރަރިޒަމަށް ހިތްވަރުދޭ ގައުމެއް ކަމަށް ރާއްޖޭން ތުހުމަތު ކޮށް ބަޔާނެއް ނެރެފައިވާ އިރު އެކަމާބެހޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ރާއްޖޭން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅެނީ މެދުއިރުމަތީގައި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ތާއީދުކުރާ ސިޔާސަތެއް ކަމަށާއި، ސުލްހަޔަށް މަސައްކަތްކުރާ ގައުމުތަކަށް އެއްބާރުލުން ދީ ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ތަޖުރިބާކާރުން ސިފަ ކުރާ ގޮތުގައި މިއީ މެދުއިރުމަތީގެ ސިޔާސީ ގުޅުންތަކަށް މި ފަހުގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ހަމަ ނުޖެހުމެވެ.

ގަތަރާއެކު ގުޅުން ކަނޑާލި ގަލްފްގެ ތިން ގައުމުންނާއި މިސްރުން ބުނެފައިވަނީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށާއި ސަރަހައްދުގެ ހަމަޖެހުން ނަގާލަން ގަތަރުން މަސައްކަތް ކުރާ ކަމަށެވެ.

މިހާތަނަށް ހިނގާފައިވާ ކަންކަމަށް ބަލާއިރު

  • ގަތަރުގެ ރައްޔިތުން ޔޫއޭއީން ފޭބުމަށް 14 ދުވަހުގެ މުއްދެއް ދީފި
  • ޔަމަނުގައި ސައުދީ އަރަބިއްޔާއިން އިސްވެ އޮވެ ހިންގާ ހަނގުރާމައަށް އުފައްދާފައިވާ ލަޝްކަރުން ގަތަރު ބޭރު ކުރުން. އޭގެ ސަބަބަކަށް ސައުދީ މިޑިއާއިން ބުނެފައިވަނީ ގަތަރުން އައިސިސް އާއި އަލްގައިދާ އަށް ތާއީދު ކުރާތީ ކަމަށް
  • އެއްގަމާ ކަނޑާއި ވައިގެ މަގުން ގަތަރަށް ހުރި ހުރިހާ މަގެއް ސައުދީން ބަންދު ކުރުން
  • އަންގާރަ ދުވަހުގެ ހެނދުން ފެށިގެން އެމިޓްރޭސްގެ ހުރިހާ ފްލައިޓެއް ގަތަރަށް އޮޕަރޭޓް ކުރުން ހުއްޓާލުން
  • ގަލްފް ކޯޕަރޭޝަން ކައުންސިލްފެ މެމްބަރުން ތެރެއިން ގަތަރާއެކު މިހާރު ގުޅުން އޮތީ ކުވޭތު އަދި އޮމާން އެކަނި

ގަތަރާއެކު ގުޅުން ކަނޑާލި މައްސަލައިގައި ސައުދީ އަރަބިއްޔާގެ ރަސްމީ މީޑިއާ ބުނެފައިވަނީ މިއީ ގައުމީ ސަލާމަތައް ޓަކައި ޓެރަރިޒަމްއާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ހިނގަމުން މިދާ ސިޔާސީ ހަމަނުޖެހުންތައް ހަމައަކަށް އެޅުވުމަށް އެމެރިކާ އިން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ވަނީ ހުށަހަޅާފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޓިލަސަން ވަނީ ގައުމުތަކުގެ މެދުގައިވާ ތަފާތުތައް ނައްތާލުމަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

މެދު އިރުމަތީގައިވާ އެމެރިކާގެ އަސްކަރީ އެންމެ ބޮޑު ބޭސް ވަނީ ގަތަރުގައެވެ. އެއީ އަލް އުދެއިދް އެއަރބޭސް އެވެ. ގަތަރުގެ ވެރިރަށް ދޯހާ އާއި 20 މޭލު ދުރުގައިވާ މި އެއަރބޭސް ގައި އެމެރިކާގެ އެގާރަހާސް ސިފައިން ތިބެއެވެ.

ކޮންމެ އަކަސް ގަތަރު އެކަހެރިކޮށް ކުއްލިއަކަށް ގަތަރާމެދު ބޮޑު ރުޅިވެރިކަމެއް އުފެދިގެން މިދިޔައީ ކީއްވެގެންތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. ގަތަރާ ސަރަހައްދުގެ އެހެން ގައުމުތަކާ ދެމެދު އުފެދިގެން އުޅޭ ހަމަނުޖެހުންތަކުގެ ސަބަބެއް ކަނޑައެޅިގެން މަސްރަހް ދިރާސާ ކުރާ ފަރާތްތަކަށްވެސް ބުނެދޭކަށް ނޭނގެއެވެ. ސިޔާސީ ގުޅުންތައް ކަނޑާލީ އެއްބަޔަކު ބުނާގޮތުގައި "ފޭކް" ޚަބަރެއްގެ ސަބަބުންނެވެ. މީގެ ދެ ހަފްތާ ކުރިން ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ބަހްރޭއިން އާއި މިސްރުން ގަތަރުގެ މީޑިއާ ތަކެއް މަނާ ކުރި ޚަބަރު ފެތުރިގެން ދިޔައެވެ. އޭގެ ތެރޭގައި އަލްޖަޒީރާވެސް ހިމެނެއެވެ. ސަބަބަކީ ގަތަރުގެ އަމީރު ޝޭޚް ތަމީމް އަލް ހަމަދު އަލް ތާނީ އަށް ވިދާޅުވެވެނުން އެއްޗެއްގެ ސަބަބުން ގަތަރާމެދު ހިތްހަމަ ނުޖެހިގެން ކަމަށް ވެއެވެ. އަމީރަށް ވިދާޅުވެވުނީ އީރާނަކީ އިސްލާމީ ބާރެއް ކަމަށެވެ. އަދި އެމެރިކާގެ ރައީސް އީރާނާ މެދު ގެންގުޅުއްވާ ސިޔާސަތުތަކަށް އަމީރު ވަނީ ފާޑުވިދާޅުވެ ވާހަކަ ފުޅު ދައްކަވާފައެވެ.

އަމީރު މި މޭރުމުން ވާހަކަފުޅު ދެއްކެވި ކަމަށް ގަތަރުގެ ރަސްމީ ނިއުސް އޭޖެންސީގެ ވެބްސައިޓްގައި ލިޔެފައި އޮތެވެ. އެކަމަކު ގަތަރުން ފަހުން ބުނެފައިވަނީ، އެ ވެބްސައިޓް ބަޔަކު ހެކް ކުރީ ކަމަށެވެ. އެއީ ފޭކް ޚަބަރެއް ކަމަށެވެ.

ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި ސިޔާސީ ގޮތުން ސަރަހައްދުގައި ކުއްލި ގޮތަކަށް ހުޅު ފަޅައިގެން ދިޔަޔަސް ހަގީގަތުގައި މިއީ ސައުދީ އަރަބިއްޔާއާއި އީރާނާ ދެމެދުގައި އެފެދިފައިވާ ދުވަސްވީ ހަމަނުޖެހުމުގެ ނަތީޖާއެވެ. ދާދިފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީއަށް ކުރެއްވި ދަތުރުފުޅާއި އަދި އެދަތުރުފުޅުގެ ތެރޭގައި އީރާނާ މެދު އެމެރިކާއިން ގެންގުޅޭ ރުޅިވެރިކަން ހާމަވުމުން ސައުދީ އަރަބިއްޔާއަށް އީރާނު އެކަހެރި ކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ގޮސް އީރާނާއި އީރާނަށް މަދަދު ވެރިވާ ގައުމުތައް އެކަހެރި ކުރުމަށް ސައުދީއަށް އިތުރު ބާރެއް ލިބިގެން ދިޔައީއެވެ. އެއާއެކު ގަތަރަށް އަދަބު ދިނީއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

42 މިވީ ކޮންކަހަލަ އަދަދަކަށް؟

42 މިވީ ކޮންކަހަލަ އަދަދަކަށް؟

22 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

25 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު