Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގަތަރު-ރާއްޖެ

ގަތަރާއި ގުޅުން ކަނޑާލުން – ދެ ހަގީގަތެއް

ރާއްޖެއިން ގަތަރާއި ގުޅުން ކަނޑާލުމުން ގަތަރަށް ވާނެ ގެއްލުމެއް ނެތް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 6 ޖޫން 2017 | އަންގާރަ 18:47
ގަތަރު

ގަތަރު

މި ވާހަކަ ދުރުދުރުން ފެށުމުގެ ބޭނުމެއް ނެތެވެ. ގަތަރާއި ސިޔާސީ ގުޅުން ކަނޑާލުމަކީ މި ސަރުކާރުގެ ހާރިޖީ ހަޔާތުގައި އަޅަމުންދާ ޅައެއްޗެހީގެ ލިސްޓަށް އިތުރުކުރި ބޮޅެކެވެ. އެއީ އެންމެ ބޮޑު މީހާއަށްވެސް، އެންމެ ކުޑަކުއްޖާއަށްވެސް ފަހުމުވާ ހަޤީޤަތެކެވެ. އެޔަކު ކުރާނެ ބަހުޘެއްވެސް ނެތެވެ.

ގަތަރާއި ގުޅުން ކަނޑާފައި ސަރުކާރުން ދެ ވާހަކައެއް ދެއްކިއެވެ. އެއް ވާހަކައަކީ ޤަތަރާއި ކަނޑާލީ ސިޔާސީ ގުޅުން ކަމާއި، އޭގެ އަސަރެއް ދިވެހިރާއްޖެއާއި ޤަތަރާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުންތަކަށް ނާރާނެ ވާހަކައެވެ. ތަރުޖަމާނު ވިދާޅުވި ގޮތުން ނަމަ، ވިޔަފާރީގެ ގުޅުން ކެނޑުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނުނިންމަވަނީއެވެ. މި ވާހަކަ އިވުމުން ދިވެހި ރައްޔިތުން އައީ ހިންޏެވެ. ސަރުކާރަށް ފެންވަރު އޮޅުނީތީއެވެ.

ގަތަރަށް ފުރިހަމަ މިނިވަންކަން ލިބުނީ ރާއްޖެއަށްވުރެ 6 އަހަރު ފަހުން 1971 ގައެވެ. އެހިސާބުން އެ ޤައުމު އަމިއްލަ ފައިމައްޗަށް ތެދުވެ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ޤައުމަށް އެ ވަނީ ވެފައެވެ.

ސައުދީގެ ޝާހީ އާއިލާއަށް ތިއްތިދެއްކެން، ދަލުބޭރުން ޖެހިގެން ދިވެހި ސަރުކާރުން ޤަތަރާއި ގުޅުން ކަނޑާލި އިރު މި ދެގައުމުގެ ތަފާތަށް ބަލައިލަމާހެއްޔެވެ. ބިމުގެ ނިސްބަތުން ބަލާނަމަ، ރާއްޖެއަށްވުރެ ގަތަރު 39 ގުނަ ބޮޑެވެ. ތެލުގެ މުއްސަނޑިކަން ލިބިފައި ވީނަމަވެސް، ތެލަކީ ހުސްވާނެ އެއްޗެއްކަން ވިސްނައިގެން ގަތަރުން ވަނީ މާކުރީއްސުރެ އެހެން ވިޔަފާރިތައްވެސް ކުރި އަރުވާފައެވެ. އަހަރެއްގެ މައްޗަށް ބޮލަކަށް ޖެހޭ މިންވަރަށް ބަލާއިރު، މި އަހަރު ދިވެއްސެއްގެ ބޮލަކަށް ޖެހޭނެކަމަށް އައިއެމްއެފުން ލަފާކުރާ މިންވަރަކީ، 9،707.4 އެމެރިކާ ޑޮލަރެވެ. މުޅި ޖުމްލަ 3.5 ބިލިއަނެވެ. އައިއެމްއެފުން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ޤަތަރު ރައްޔިތެއްގެ ބޮލަކަށް 63،385.7 އެމެރިކާ ޑޮލަރު ޖެހޭނެއެވެ. އެއީ އާބާދީގެ ޖުމްލައަށް ބަލާއިރު، 170.8 ބިލިއަން އެމެރިކާ ޑޮލަރެވެ.

ހަމައެކަނި މި ނަންބަރުތަކަށް ބަލައިލުމުންވެސް ދޭހަވާ އެއްކަމެއް އެބައޮތެވެ. ވިޔަފާރީގެ ގުޅުން ކަނޑާނަމަ އެކަން ކުރައްވަން ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެއް ނޫނެވެ. އެކަން ކުރައްވާނީ ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީއެވެ. އަދި އެއީ އެމަނިކުފާނު ދެވަނަ ވިސްނެވުމަކަށް ވަޑައިގަންނަވާންވެސް ޖެހިވަޑައިގަންނަވާނެ ކަމެއް ނޫނެވެ.

ދެން އުފެދޭ ސުވާލަކީ އެމަނިކުފާނު އެގޮތަށް ކަން ކުރައްވަފާނެތޯ އުފެދޭ ސުވާލެވެ. ނިސްބަތުން އަރަބި ދުނިޔޭގެ އެންމެ މުއްސަންދި ގައުމުގެ އަމީރު އެގޮތަށް އެކަން ނުކުރައްވަންވީ ސިޔާސީ ސަބަބެއް ނެތެވެ. ފަހަރުގައި ދިވެހި ސަރުކާރުގެ ފަކިނިކަމުގެ ސަޒާ ދިވެހި ރައްޔިތުންނަށް ނުދެއްވުމަށް އަމީރު ތަމީމް އެފަދަ ނިންމެވުމެއް ނުނިންމަވާފާނެއެވެ. އެޔަކުވެސް ޔަގީންކަމެއް ނެތެވެ.

ނަމަވެސް ގަތަރާއި ގުޅުން ކަނޑާލި ގައުމުތަކާއި މެދު މިހާރު ގަތަރުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަލާއިރު ބޮޑެތި ވިޔަފާރިތައް ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމާއި، ޤަތަރު އެއާވޭސްގެ ޚިދުމަތް ކުޑަކުރުން، ނުވަތަ ހުއްޓާލުން ހިމެނެއެވެ. މިސާލަކަށް ރާއްޖެއަށް ގަތަރުން ދެމުން އަންނަ އެހީތައް ކަނޑާލައި، ގަތަރު އެއާވޭސްގެ ޚިދުމަތް ކަނޑާލި ނަމަވެސް، އޭގެ ބޮޑު އަސަރެއް ރާއްޖެއަށް ކުރާނެއެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އެތައް ތަނަކުން މަދުވެގެން ދާނެކަން ކަށަވަރެވެ. މިފަދަ އެތައްއެތައް އަސަރެއް ރާއްޖެއަށް ކުރާނެ ކަމުގެ ބިރު އޮތް އިރު ސަރުކާރުން މި ކަންކަމަށް ނުވިސްނައި އަވަސްއަރުވާލައިގެން މިފަދަ ނިންމުންތައް ނިންމުމަކީ ރައްޔިތުންނަށް ޚިޔާނާތްތެރިވުން ނޫން ކަމަކަށް ނުވާނެއެވެ.

ގަތަރާއި ގުޅުން ކަނޑާލަމުން ދެން ސަރުކާރުން ދެއްކި ވާހަކައަކީ، ޤަތަރުން ޓެރަރިސްޓުންނަށް ވާގިވެރިވާ ވާހަކައެވެ. މި ވާހަކަ އާއި ކުރިން ދެންނެވުނު ވިޔަފާރި މެދުކަނޑާލަން ނުނިންމާކަމަށް ސަރުކާރުން ބުނާ ވާހަކައިން ދޭހަވީ ކަމަކީ، ދިވެހި ސަރުކާރު ޓެރަރިޒަމާއި ދެކޮޅުވެރިވެ، ޓެރަރިސްޓުންނާއި ގުޅުން ކެނޑި ނަމަވެސް، އެފަރާތްތަކާއިއެކު ވިޔަފާރިކޮށް، މާލީ މަންފާ ހޯދުމުގައި އެއްވެސް މައްސަލައެއް އޮތް ކަމަށް ނުދެކޭ ކަމެވެ. އަނެއްކޮޅުން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ ޤަތަރާއި ގުޅުން ކަނޑައިލިއިރު، ދުނިޔޭގެ އެކި ޖަމިއްޔާތަކުން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުން، ޓިއުނީޝިއާއަށްފަހު، އާބާދީގެ ނިސްބަތުން ބަލާއިރު، މެދުއިރުމަތީގެ ހަނގުރާމަވެރި ޓެރަރިސްޓު ޖަމާޢަތްތަކާއި އެންމެ ގިނައިން މީހުން ގުޅިފައިވަނީ ދިވެހިރާއްޖެއިންނެވެ. މިއީވެސް ލައްކަ ވާހަކައެވެ.

ގަތަރުން ޓެރަރިސްޓުންނަށް ވާގިވެރިވާ ކަމަށް ބުނާއިރު، ގަތަރާއި ގުޅުވައި، އެމެރިކާ އާއި އެމެރިކާގެ އަޅު ޤައުމެއްގެ ގޮތުގައި މިހާރު ފެންނަ ސައުދީ އަރަބިއާއިން ލޭބަލްކުރާ މައި ފަރާތްތަކުގެ ހަޤީޤަތަށް ބަލައިލާނަމެވެ.

މީގެ ތެރެއިން ފުރަތަމަ ފަރާތަކީ އިރާނުގެ ސަރުކާރެވެ. ޒަމާނުއްސުރެ އެމެރިކާ އަދި ސައުދީއަކީ އީރާނާއި ޒާތީވާ ދެ ޤައުމެވެ. އެމެރިކާއިން އީރާނުދެކެ ރުޅިއަންނަނީ ސައުދީން ފަދައިން އީރާނުން އެމެރިކާގެ ފައިބުޑަށް ވެއްޓުމަށް ދެކޮޅުހަދާތީއެވެ. އެމެރިކާއިން ބުނިހާ ގޮތެއް ހެދިގެން ތިބެން އީރާނު އެއްބަސްނުވާތީއެވެ. އަމިއްލަ ނިއުކްލިއަރ ޕްރޮގްރާމެއް ހިންގާތީއެވެ. އީރާންގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސައުދީންވެސް އިރާނަށް ހަސަދަވެރިވާ އެއް ސަބަބެވެ. ނަމަވެސް ސައުދީގެ މައިގަނޑު ނުރުހުމަކީ، އީރާނަކީ މެޖޯރިޓީ ޝީޢީ ޤައުމަކަށް ވުމާއި ސައުދީ އަކީ މުސްލިމު ދުނިޔޭގެ ވެރިން ކަމަށް އީރާނުން ޤަބޫލު ނުކުރުމެވެ. ކުރުގޮތަކަށް ބުނާނަމަ، ސައުދީގެ ފަހަތުން ދިވެހިރާއްޖެއިން މިހާރު މި އުޅޭހެން އުޅުމަށް އީރާން ދެކޮޅުހެދުމެވެ.

ދެން އޮތީ މިސްރުގެ މުސްލިމް ބްރަދަރހުޑެވެ. ނުވަތަ މިސްރުގެ އިޚްވާނުލް މުސްލިމީނެވެ. މީގެ 89 އަހަރު ކުރިން، 1928 ވަނަ އަހަރު އުފެދިގެން ދިޔަ މި ޖަމާޢަތަކީ، ސިޔާސީ، އިޖުތިމާއީ ޖަމާއަތަތެކެވެ. މިސްރާއި މިސްރުން ބޭރުގައިވެސް ސިޔާސީ، އިޖުތިމާއީ ހަރަކާތް ހިންގައި، ބޮޑު ތާޢީދެއް ހޯދިއެވެ. މިހާރު މިސްރުގައި މަނާކޮށްފައި އޮތް ސިޔާސީ ހަރަކާތެއް ނަމަވެސް، 2011 ވަނަ އަހަރު، މިސްރަށް ގެނައި އިންގިލާބަށްފަހު، އޭރު އަލަށް އުފެދިގެން ދިޔަ ސަރުކާރަކީވެސް މި ޖަމާޢަތުގެ ތެރެއިން އުފެއްދި ސިޔާސީ ޕާޓީއެއްގެ ސަރުކާރެކެވެ. އީރާނެކޭ އެއްފަދައިން އެމެރިކާއިން މުސްލިމް ބްރަދަރހުޑާއި މެދުވެސް ހިތްހަމަނުޖެހޭ ސަބަބަކީ އެމެރިކާ ބޭނުންހާ ގޮތެއް ހަދަން އެ ޖަމާއަތުން އެއްބަސް ނުވުމެވެ. ސައުދީއާއި އޮތީވެސް ހަމަ މި މައްސަލައެވެ.

ދެން މި ލިސްޓުގައި ހިމެނެނީ ފަލަސްޠީނުގެ ހަމާސް ޖަމާއަތެވެ. މިސްރުގެ މުސްލިމް ބްރަދަރހުޑްގެ ގޮތްޕެއްގެ ގޮތުގައި 1987 ވަނަ އަހަރު އުފެދިގެން ދިޔަ ހަމާސް ޖަމާއަތަކީ ފަލަސްތީނުގެ އެންމެ ބޮދު އެއް ސިޔާސީ ހަރަކާތެވެ. އަދި ގައްޒާގައި މިހާރު ވެރިކަން ކުރާ ފަރާތެވެ. ފަލަސްޠީނުގެ ޤާނޫނު ހަދާ މަޖިލީހުގެ 132 ގޮނޑީގެ ތެރެއިން 74 ގޮނޑި ކޮންޓްރޯލް ކުރަނީ އެ ޖަމާޢަތުންނެވެ. އިސްރާއީލުން ގައްޒާއަށް ދޭ ހަމަލާތަކަށް ރައްދު ދިނުމަށް އެ ޖަމަޢަތުން އަސްކަރީ ފިޔައެއް އުފައްދައި، އެކި ފަހަރުމަތިން އިސްރާއީލާއި ހަނގުރާމަވެސް ކޮށްފައިވެއެވެ. އެމެރިކާއާއި ސައުދީން ގަބޫލުކުރާ ޓެރަރިސްޓުންގެ ލިސްޓުން ހަމާސްއަށް ޖާގަ ލިބުނު ސަބަބަކީ އެ ޖަމާއަތުން ދައުލަތެއްގެ ގޮތުގައި އިސްރާއީލު ބަލައި ނުގަތުމާއި، އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ކުރުމެވެ.

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަކީވެސް ގަތަރުން ވާގިވެރިވާ ޓެރަރިސްޓް ޖަމާއަތެއްކަމަށް އެމެރިކާ އާއި ސައުދީން ތުހުމަތު ކުރެއެވެ. ހަޤީޤަތުގައި ހިޒްބުﷲ އަކީވެސް އަސްކަރީ ގޮތްޕަކާއި އެކު ހިންގާ ސިޔާސީ ޕާޓީއެކެވެ. ލުބުނާނުގެ ޤާނޫނު ހަދާ މަޖިލީހުގެ 128 ގޮނޑީގެ ތެރެއިން 12 ގޮނޑި ކޮންޓްރޯލް ކުރެއެވެ. އަދި ލުބްނާނުގެ ކެބިނެޓުގައި ދެ މަޤާމު ފުރައެވެ. ހިޒްބުﷲ އޭގެ ޒާތުގައި އުފެދިގެން އައީވެސް އިސްރާއީލާއި ދެކޮޅަށް، މަސައްކަތްކޮށް، މެދުއިރުމަތީގައި އެމެރިކާގެ ހަންފެތުރުން ހުއްޓުމުގެ ބޭނުމުގައެވެ. އެހެންކަމުން، އެމެރިކާ އާއި ސައުދީ ޤަބޫލުކުރާ ޓެރަރިސްޓުންގެ ލިސްޓުން ހިޒްބުﷲ އަށް ޖާގަ ލިބުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.

ގަލްފުގައި މިހާރު ހިނގަމުން އެ ދާ ކޯޅުމުގެ ހަޤީޤަތް މިފަދައިން އޮތް އިރު ފާހަގަކޮށްލަން ޖެހޭ އެއް ކަމެއް އެބައޮތެވެ. އެމެރިކާ އާއި އިސްރާއީލުގެ ސަބަބުން މެދުއިރުމަތީގައި ހާލުގައި ޖެހިފައިތިބި ޤައުމުތަކަށް އެންމެ ބޮޑަށް އެހީވާ ޤައުމަކީވެސް ޤަތަރެވެ. އޭގެ ތެރޭގައި ސައުދީން ކެނޑިނޭޅި ބޮން އަޅަމުންދާ ޔަމުގައި ތިބި ފަރާތްތައްވެސް ހިމެނެއެވެ.

އެހެންކަމުން ސައުދީއަށް ތިއްތި ދެއްކެން ނަމަވެސް، ދަލުބޭރުން ޖެހިގެން މިފަހަރު ދިވެހި ސަރުކާރަށް މި ކުރެވުނީ ވަރަށް ހަޑި ކަމެކެވެ. ހުރިހާ ގެއްލުމެއް ދިވެހި ރައްޔިތުންނަށެވެ. ލަދުން ބޯހަލާކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!

އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!

03 ޖުލައި 2018
ނަތަންޔާހޫ އިންޑިއާގައި – ފަލަސްތީނަށް ތާއީދު ކުރަމުން އިޒްރޭލާ އެކު އިންޑިއާ އިން ގުޅުން ބަދަހި ކުރާނީ ކިހިނެއް؟

ނަތަންޔާހޫ އިންޑިއާގައި – ފަލަސްތީނަށް ތާއީދު ކުރަމުން އިޒްރޭލާ އެކު އިންޑިއާ އިން ގުޅުން ބަދަހި ކުރާނީ ކިހިނެއް؟

15 ޖެނުއަރީ 2018
ސައޫދީން ބުނާއިރަށް ގަތަރާއި ގުޅުން ކަނޑާލި ސަބަބު މިހަމާވަނީ؟!

ސައޫދީން ބުނާއިރަށް ގަތަރާއި ގުޅުން ކަނޑާލި ސަބަބު މިހަމާވަނީ؟!

26 އޮކްޓޯބަރު 2017
ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
ކޮންޒަވޭޓިވް ޕާޓީއާއި ގުޅެން ނޫޅެ، ކޮމިއުނިސްޓް ޕާޓީއާއި އޮންނަ ގުޅުން ދަމަހައްޓާށެވެ.

ކޮންޒަވޭޓިވް ޕާޓީއާއި ގުޅެން ނޫޅެ، ކޮމިއުނިސްޓް ޕާޓީއާއި އޮންނަ ގުޅުން ދަމަހައްޓާށެވެ.

08 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު