Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިލެކްޝަންސް ކޮމިޝަން

މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!

ވަކި ޕާޓީއަކަށް ތައްޔާރު ނުވެވޭތީ އިންތިޚާބު ވަނީ ފަސްކޮށްފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 10 ޖެނުއަރީ 2017 | އަންގާރަ 02:56
އިލެކްޝަންސް ކޮމިޝަން - އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މިނިވަންކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާ -- ފޮޓޯ: ރާއްޖެ.އެމްވީ

އިލެކްޝަންސް ކޮމިޝަން - އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މިނިވަންކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާ -- ފޮޓޯ: ރާއްޖެ.އެމްވީ

މިއަދު އެންމެ ގިނަ ބަޔަކު ދައްކާ ވާހަކައަކީ ކުރިއަށް އޮތް ލޯކަލް ކައުންސުލް އިންތިހާބުގެ ވާހަކައެވެ. އެންމެ ގިނަ ބަޔަކު އުފައްދާ ސުވާލަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މިނިވަންކަމާއި، އިންސާފުވެރިކަމާ މެދު އުފައްދާ ސުވާލުތަކެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އަޑަށް ބާރުލެއްވުމަށް ފަހު، އެކިއެކި ޕްލެޓްފޯމްތަކުގައި އެންމެ ހަރުއަޑުން ވިދާޅުވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށްވާނެ ކަމެވެ. އެ ބޭފުޅުން އަޑަށް ކިތަންމެ ބާރެއްލެއްވުމަށް ފަހު އެ ވާހަކަތައް ހުއްޓާނުލާ ދެއްކި ނަމަވެސް ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތް އިންތިހާބުގެ މިނިވަންކަން އޮތް މިންވަރާއި، އެ އިންތިހާބު އިންސާފުވެރިވާނެ މިންވަރު އެނގެއެވެ.

އޮޅިވަޑައިގެންފައިވާ ކަމުގައި ވާނަމަ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ކަނުލާ އަޑު އަށްސަވާށެވެ. އިންތިހާބަކީ، މިނިވަން އިންސާފުވެރި އިންތިހާބަކަށްވާނީ ހަމައެކަނި ވޯޓު ކަރުދާސްކޮޅުގައި ދެ ޕާޓީއެއްގެ ކެނޑިޑޭޓެއްގެ ނަން ޖަހާލުމަކުން ނޫނެވެ. އެކަމުގައި ވަރަށް ބައިވަރު ކަންތައްތަކެއް ހިމެނިގެންނެވެ. އިންތިހާބުގެ ކެމްޕޭން ފަށާ ދުވަހުން ފެށިގެން ރަސްމީ ނަތީޖާ އިއުލާންކުރުމާ ހަމައަށް ވެސް އެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވެގެންނެވެ.

ފުރަތަމަ ކަމެއްގެ ގޮތުން އިންތިހާބުގައި ވާދަކުރާ ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއި، އިންސާފުވެރިކަމާއެކު ކެމްޕޭން ކުރުމާއި، ތާއީދު ހޯދުމުގެ ފުރުސަތު އޮތްކަން އިލެކްޝަންސް ކޮމިޝަނުން ޔަޤީންކުރަންޖެހޭނެ އެވެ. އެކަން ކަށަވަރުކުރަން ވެސް ޖެހޭނެ އެވެ.

ވަކި ބޭފުޅަކާއި، އެ ބޭފުޅަކަށް ތާއީދުކުރާ ފަރާތްތަކުން ދައުލަތުގެ މުދަލާއި، ކުންފުނިތަކާއި ސިވިލް ސާރވިސްގެ މުވައްޒިފުންނަށް ބިރުދައްކައިގެން، ކެމްޕެން ޖަލްސާތައް ބޭއްވުމަށް ފުރުސަތު ލިބޭއިރު، އަނެއް ކެނޑިޑޭޓަށް ވެސް އެ ފުރުސަތު އެ ގޮތަށް ލިބިދޭންޖެހޭނެ އެވެ. އެންމެ ކުޑަމިނުން ޖަލްސާއެއް ބާއްވާލާނެ، ތާއީދު ހޯދުމަށް އެއްވުމެއް ބާއްވާނެ ޖާގައެއް ދައްކަންޖެހޭނެ އެވެ. އެކަން އެގޮތަށް ކޮށްދިނުމުގެ ޤާބިލްކަން ނެތް ކަމުގައިވާ ނަމަ، މިނިވަން އިންސާފުވެރި އިންތިހާބެއްގެ ވާހަކަ ދައްކަވަން ތިބޭފުޅުން ލަދު ގަންނަންޖެހޭނެ އެވެ.

އަދުގެ ހާލަތަށް ޖެހިލަމާތޯ އެވެ. އަޅުގަނޑުމެން އެންމެންނަށް ވެސް ފެންނަން އޮތް މަންޒަރަށް ބަލާލަމާތޯ އެވެ. ރައީސް އަބްދުﷲ ޔާމީނާއި، އެމަނިކުފާނަށް ތާއީދުކުރާ ބަޔަކު ތިބިނަމަ އެ ބަޔަކު ކެމްޕޭން ޖަލްސާތައް ބާއްވަނީއެވެ. ދައުލަތުގެ ކުންފުނިތަކާއި ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އެ މަންޒަރުތައް ދައުލަތުގެ މީޑިއާއިން ދުރަށް ދައްކަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ތިން މީހަކު ކަނަކަށް އެއްވާއިރަށް ކޮންމެވެސް ދައުވާއެއް އުފުލާ، އެ ބަޔަކު މަންޒަރުން ބޭރުކޮށްލައެވެ. އެއީ ބޮޑެތި ޓެރަރިސްޓުންނަށް ހަދާލައެވެ. ކޮންމެވެސް ޤާނޫނެއްގެ މާއްދާއެއްގެ މާނަކޮށްލުމަށް ފަހުގަ އެވެ. އިދިކޮޅު ފަރާތްތަކުން ޖަލްސާއެއް ބައްވާނެ ތަނެއް ހޯދުމަށް ތިޔަ ކޮމިޝަނާއި ސަރުކާރުގެ މިނިސްޓްރީތަކަށް ފޮނުވި ސިޓީތައް އެ ހުރީ ފެންނާށެވެ. އިދިކޮޅު ފަރާތަތަށް ކެމްޕޭން ކުރުމަށްޓަކައި ތިޔަ ބޭފުޅުންނަށް ހަމަ އެއްވެސް މަގެއް ދައްކައިދެވިއްޖެ ހެއްޔެވެ؟ އެކަން ނުވެ އޮތްކަމުގައި ވާނަމަ ދެން އޮތީ މިނިވަން އިންސާފުވެރި އިންތިހާބެކޭ ނުކިޔާށެވެ. އެފަދައިން ވިދާޅުވާން ލަދު ގަންނަން ޖެހޭނެ އެވެ.

ސަރުކާރު އެންމެ ބޮޑު ކޮންފަރެންސް ހޯލް މުއްދަތެއް ނެތް ގޮތަށް، ޕީޕީއެމްގެ ވަކި ފެކްޝަނަކަށްދީފައިވާއިރު، އިދިކޮޅު ފަރާތްތަކަށް އަތޮޅު ތެރޭގައި ވެސް އެއްވުމެއް ބޭއްވުމަށް ފުރުސަތެއް ނުލިބި އެވެ. އެ ހުރިހާ ކަމެއްގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން، ތިޔަ ބޭފުޅުން އަތްޖައްސަވަން ތިއްބެވުމަށް ފަހު ނިކުމެ ތިޔަ ވިދާޅުވަނީ ލޯކަލް ކައުންސިލް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށްވާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ކެމްޕޭން ކުރުމަށް އެއްވެސް ފުރުސަތެއް ދިނުމެއް ނެތި، އިދިކޮޅު ފަރާތްތަކުގެ އަތް ފައިގައި ހިލިހިލާ އެޅުވުމަށް ފަހު، މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަނީ ކޮން ޤައުމެއްގައިތޯ ވިދާޅުވެ ބައްލަވާށެވެ. ވަކި ޕާޓީއަކަށް ތައްޔާރު ނުވެވުމުގެ ސަބަބުން އިންތިހާބުތައް ފަސްކޮށް ހަދަނީ ދުނިޔޭގެ ކޮން ޤައުމެއްގައިތޯ އެވެ. އިންތިހާބުގެ މަސައްކަތްތަކާއި މެދު އިދިކޮޅު ޕާޓީއަކުން ސުވާލު އުފެއްދުމުން، ޕާޓީ ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރުދީ ބިރުދައްކަނީ ދުނިޔޭގެ ކޮން ޤައުމެއްގައިތޯ އެވެ. އިލެކްޝަންސް ކޮމިޝަންގައި ތިބި، ތައުލީމީ އަދި ތަޖުރިބާގެ ގޮތުން އެންމެ ރަނގަޅު މުވައްޒިފުން ވަކިކޮށް، ވަކިބަޔަކު ވަޒީފާތަކަށް އައްޔަނުކޮށް، އިންތިހާބުގެ މުޅި ޕްރޮސެސް ގަނޑުބަނޑު ކުރަނީ ދުނިޔޭގެ ކޮން ޤައުމެއްގައިތޯ އެވެ. އެ ހުރިހާ ކަމެއްވާއިރު ވެސް އެއީ މިނިވަން އިންސާފުވެރި، އިންތިހާބަކަށްވޭ ހެއްޔެވެ؟

އެއީ މިނިވަން އިންސާފުވެރި އިންތިހާބުތަކުގައި ކަންތައްތައް ހިނގާގޮތެއް ނޫނެވެ. ތިޔަ މެމްބަރުންނަށް އެނގިވަޑައިގަންނަވާތޯ އެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަކީ، އިންތިހާބުތައް މިނިވަންކަމާއި، އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދިނުމަށް ފަހު އައްޔަނުކޮށްފައިތިބޭ ބަޔެކެވެ. ވަކި ބަޔެއްގެ މަސްލަހަތުތައް ހިމާޔަތްކޮށް، އެ ބަޔަކު ބޭނުންވާ ނަތީޖާއެއް އިންތިހާބުތަކުން ނެރުމަށް އައްޔަނުކުރައްވާފައި ތިބޭ ބައެއް ނޫނެވެ. ހަމައެހެންމެ، ޑިމޮކްރަސީ ވީކް ފާހަގަކުރުމަށޭކިޔާ ސަމުސަލަކަށް ލުނބޮޔެއް ލައިގެން ދުވަން ތިބޭ ބައެއް ވެސް ނޫނެވެ.

ދަންނަވަންތޯއެވެ. މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ ގޮތް އެނގިވަޑައިނުގަންނަވާ ނަމަ މަޤާމުން އިސްއިތުއުފާ ދެއްވާފައި ގެޔަށް ވަޑައިގަންނަވާށެވެ.

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2017

ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

02 ސެޕްޓެމްބަރު 2017
ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!
29 ޖުލައި 2017

ޗިސްޗިސް ކޮށްލިއަސް، މިނިވަން ނޫސްވެރިކަން ހުއްޓައެއް ނުލާނަން

29 ޖުލައި 2017
ޗިސްޗިސް ކޮށްލިއަސް، މިނިވަން ނޫސްވެރިކަން ހުއްޓައެއް ނުލާނަން
26 ޖުލައި 2017

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!
26 ޖުލައި 2017

ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

26 ޖުލައި 2017
ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ
26 ޖުލައި 2017

މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

26 ޖުލައި 2017
މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!
26 ޖުލައި 2017

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި
25 ޖުލައި 2017

އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

25 ޖުލައި 2017
އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
14 ޖެނުއަރީ 2017

އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!

14 ޖެނުއަރީ 2017
އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު