Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫން ހައްޔަރުކުރުން

ރައީސް މައުމޫން ހައްޔަރު ކުރެއްވީ އެމަނިކުފާނު ކުށެއް ނުކުރައްވާ ހުންނަވައިގެން ނޫން: ރައީސް ޔާމީން

11 މެއި 2022 | ބުދަ 02:07

ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލުމަށް އެންމެ އިސް މޭއިސްތިރިއަކަށް ހުންނެވީ ކުރީގެ ރައީސް މައުމޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 މެއި 2022 | ބުދަ 02:07
ރައީސް މައުމޫން ހައްޔަރުކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ

ރައީސް މައުމޫން ހައްޔަރުކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ

ޕީޕީއެމްގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ހައްޔަރު ކުރެއްވީ އެމަނިކުފާނު ކުށެއް ނުކުރައްވާ ހުންނަވައިގެން ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަ ކުރާ ޕީޕީއެމްގެ ކެންޑިޑޭޓްގެ ކެމްޕޭން ޖަލްސާގައި އަންގާރަ ދުވަހު ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މައުމޫން ހައްޔަރު ކުރެއްވީ އެމަނިކުފާނު ކުށެއް ނުކުރައްވާ ހުންނަވައިގެން ނޫން ކަމަށާއި އެމަނިކުފާނު ހައްޔަރު ކުރެއްވީ ދައުލަތުގެ ހައްޤަށް އަރައިގެންނެވުމުން ކަމަށެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލުމަށް އެންމެ އިސް މޭއިސްތިރިއަކަށް ހުންނެވީ ކުރީގެ ރައީސް މައުމޫން ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ. އެގޮތަށް އަމަލު ކުރެއްވުމުން ހައްޔަރު ކުރަން މަޖުބޫރު ވެވަޑައިގަތް ކަމަށާއި އެއީ ރައީސް ޔާމީންގެ އަމިއްލަފުޅު ނިންމެވުމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫން ހައްޔަރުކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭގައެވެ.

އެއަށްފަހު ރައީސް މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެންނެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ރައީސް މައުމޫން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައިވެއެވެ. އަދި އެމަނިކުފާނު ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރުކުރުމާއެކު އެމަނިކުފާނު އޭރު މާފުށީ ޖަލަށް ވަނީ ބަދަލު ކޮށްފައެވެ. ނަމަވެސް ސިއްހީ ހާލުކޮޅު ހުންނެވި ގޮތުން އާއިލާއިން ތަކުރާރުކޮށް އެދުމުން ދޫނިދޫ ޖަލަށް އޭރު ބަދަލުކުރިއެވެ.

ރައީސް މައުމޫނު މައްޗަށް ދައުވާކޮށްފައި ވަނީ ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ އަދި އިތުރު މެމްބަރުންތަކަކަށް ފައިސާ ދޭން އުޅޭ ކަމަށް ބުނާ މައްސަލަ އާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލައާ ގުޅޭ ހެކި މައުމޫނު އަބްދުލް ގައްޔޫމް ގެންގުޅުނު ކަމަށް ބުނާ ފޯނެއްގައި ހުރެދާނެ ކަމަށް ބެލެވޭތީ ފޯނު ދިނުމަށް އެދުމުން ފޯނު ނުދީގެން ކަމަށް ބުނާއިރު، މައުމޫނު ހަވާލުކުރައްވާފައިނުވަނީ ކޮން ފޯނެއް ކަމެއް އަދި ހޯދާ ނުފެނިފައި ވަނީ ކޮން ފޯނެއް ކަމެއް ބަޔާންކޮށް އެ ފޯނާ ބެހޭ އެއްވެސް މައުލޫމާތެއް އެ މައްސަލަ ހުށައެޅިއިރު ދައުލަތުން އޭރު ބުނެދީފައެއް ނުވެއެވެ.

ރައީސް މައުމޫނުގެ ޖަލު ހުކުމް ބާތިލްކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެމަނިކުފާނު އޭރު ބަންދުގައި ހުންނެވިއިރުވެސް ވިދާޅުވަމުން ގެންދެވީ އެއްވެސް ޖިނާއީ ކުށެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްކުރީގެ ރައީސް ޢަބްދުﷲ ޔާމީން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2025

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
06 ޑިސެމްބަރު 2024

ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

06 ޑިސެމްބަރު 2024
ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން
19 ނޮވެމްބަރު 2024

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު
03 ނޮވެމްބަރު 2024

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން
03 ނޮވެމްބަރު 2024

ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

03 ނޮވެމްބަރު 2024
ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"
03 ނޮވެމްބަރު 2024

ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު

03 ނޮވެމްބަރު 2024
ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް