Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަސްރުގެ ދުވަސް

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

ޤައުމުގެ މިނިވަންކަމަށްޓަކާ ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ކެރުމަކީ ދިވެހިންގެ ވަރަށް ފުނަށް ބިންވަޅު ނެގިފައިވާ ކަމެއްކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2024 | އާދީއްތަ 20:34
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ ކަމަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ނޮވެމްބަރު 3ގެ ހާދިސާ އަކީ ރާއްޖެ އަށް ދިމާވީ އެންމެ ބިރުވެރި އެއް ހާދިސާކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެ ހަނދާން އާ ކުރާ އިރު އެ ނަސްރު ލިބުނީ މާތް ﷲގެ ހަޒްރަތުންކަން ހަނދުމަކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ. ﷲގެ ހަޒްރަތުން މެނުވީ ނަސްރު ލިބުމެއް ނުވާކަން އެއީ ޤަބޫލުކުރަން ޖެހޭ ވަރަށް ބޮޑު ހަގީގަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަން ކީރިތި ޤުރުއާންގައި ވެސް ﷲ ވަނީ އަންގަވާފައި ކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ހިތްތަކުގެ އީމާންކަން ވަރުގަދަކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ. އެކަން ކުރަންޖެހޭ އެއް ސަބަބަކީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާ އިން ލިއްބައިދޭ އިބުރަތްތަކާއި، ފިލާވަޅުތަކެއް ހުރިކަމަށް ފާހަގަކުރައްވާ އޭގެ ތަފްސީލްތަކަށް އެ މަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ. އޭގެ ތެރެއިން އެއްކަމަކީ ނުގުނޑާ ފަދަ އަޒުމެއްގައި ދިވެހިންގެ އެއްބައިވަންތަކަން ޤާއިމްކުރުމުގެ މުހިންމުކަން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ދުނިޔޭގެ ކަންކަން ބަދަލުވަމުންދާ ގޮތަކުން ރާއްޖޭގެ ޤައުމީ މަޝްރަހަށް ބަދަލުތަކެއް އައި ނަމަވެސް އަދި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތައް ޒަމާނާއި އެކު ބަދަލު އައި ނަމަވެސް އެ އެއްބައިވަންތަކަން ބަދަލުވެގެން ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ޤައުމުގެ މިނިވަންކަމަށްޓަކާ ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ކެރުމަކީ ދިވެހިންގެ ވަރަށް ފުނަށް ބިންވަޅު ނެގިފައިވާ ކަމެއްކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. ނޮވެމްބަރު 3ގެ ހާދިސާއިން ދިވެހިންގެ އަތުގައި ގިނަ ވަސީލަތްތަކާއި ހަތިޔާރުތައް ނެތް ނަމަވެސް، ދިވެހިން އެކަމާއި ކުރިމަތިލީ ވަރަށް ގަދަ ހިތްވަރާއި އެކުގައިކަން އެނގޭ ކަމަށެވެ. އެ ހާދިސާ ހިނގި އިރުވެސް އަދި ފަހުންވެސް، ދިވެހި ސިޔާދަތައް ތާއީދުކުރާ، އެކުވެރި ޤައުމުތަކާއި، ބައިނަލްއަޤުވާމީ ޖަމާޢަތްތަކަށް ޝުކުރު ދެމެހެއްޓުމަކީ ވެސް އެ ދުވަހުން ލިބޭ ފިލާވަޅެއް ކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ނަޞްރުގެ ދުވަހު އެހީތެރިވެދިން ޤައުމުތަކާއި ޖަމިއްޔާތަކުގެ އަގުވަޒަންކުރަންޖެހޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫން ދިވެހި ޤައުމު އިސްލާމްވީއްސުރެ، ދިވެހި ރާއްޖެ އޮތީ އިސްލާމީ އުއްމަތުގެ ރޫޙާނީ ވިންދު ޖަހާ ގުނަވަނެއްގެ ގޮތުގައިކަމަށް ވިދާޅުވެ، ފަލަސްތީނުގެ އުޚުއްވަތްތެރި ރައްޔިތުން، އަދި ވަކިން ޙާއްސަކޮށް ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އިސްރާއިލުގެ ލާއިންސާނީ އަނިޔާ ކުށްވެރިކޮށް ފަލަސްތީނުގެ ޖިހާދަށް ތާއީދުކުރުމުގައި ދިވެހިން ދެމިތިބުމަށް ދިވެހިންނަށް އިލްތިމާސްކުރައްވަމުންނެވެ.

ނަސްރުގެ ދުވަސްރައީސް މައުމޫން އަބްދުލް ގައްޔޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި

03 ނޮވެމްބަރު 2024
ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު

ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު

03 ނޮވެމްބަރު 2024
ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

03 ނޮވެމްބަރު 2024
ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

03 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު