Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މައުމޫން

ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

ކައިވެނި ކުރުމަށްފަހު ވަރިކުރުމެއް، ވަކިވުމެއް އޮވެގެން ނުވާނެ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި

ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2024 | އާދީއްތަ 15:45
ރައީސް މައުމޫނު އާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް

ރައީސް މައުމޫނު އާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް

ރައީސް މައުމޫނާއި ނަސްރީނާގެ ދުވަސްވީ ކައިވެނީގެ ކާމިޔާބީގެ ހަގީގީ ސިއްރަކީ އެކަކު އަނެކަކަށް އިޚްލާސްތެރިވުމާއި "އެހެން ދިމާލަކަށް ނުބެއްލެވުން" ކަމުގައި ރައީސް މައުމޫނު ވިދާޅުވެއްޖެއެވެ.

މައުމޫނު ވިދާޅުވީ އެމަނިކުފާނު ވެސް ނަސްރީނާވެސް އެހެން ދިމަދިމާލަކަށް ނުބައްލަވާ ކަމުގައެވެ.

"އަޅުގަނޑު ދަންނަވާނީ، ދެމީހުންގެ އިޚްލާސްތެރި ކަމޭ، ދިމަދިމާލަށް ބެލުން ކަހަލަ ކަމެއް އަޅުގަނޑު ނުކުރަން، ނަސްރީނާވެސް ނުކުރޭ،" މައުމޫނު ވިދާޅުވިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި، ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި ބަސްދީގަތުމެއްގައި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ތަޖުރިބާތައް ހިއްސާ ކުރެއްވުމަށް ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އެކުގައި ދެއްވި ބަސްދީގަތުމެއް، ނަސްރީނާ ވިދާޅުވީ، ނޮވެމްބަރު 3 ގެ ހާދިސާގެ ތަޖުރިބާގެ ތެރެއިންވެސް ދެބޭފުޅުންގެ ގުޅުން އިތުރަށް "ގާތްވި" ކަމަށެވެ.

1969 ގައި ކުރެއްވި ދެކަނބަލުންގެ ކައިވެންޏަށް 55 އަހަރު ފުރުން ދާދި ފަހުން ފާހަގަ ކޮށްފައިވާއިރު، އެކުގައި އެހާ ދިގު މުއްތެއްގައި އުޅުއްވުނު ސަބަބާ ބެހޭ ގޮތުން މައުމޫނު ވިދާޅުވީ، އެހެން މީހުންނަށް ވާހެން އެ ދެބޭފުޅުން ވެސް އެހެން ދިމަދިމާލަށް ނުބައްލަވާތީ ވަރަށް ރަނޅަކަށް އެކުގައި އުޅުއްވުނު ކަމުގައެވެ.

މައުމޫނު ވިދާޅުވީ، ވަރަށް ކުރިންސުރެ އަޒުމު ކަނޑައަޅުއްވާފައި އޮތީ، ކައިވެނީގެ މަތީގައި ދެމިހުންނެވުމަށް ކަމަށެވެ.

"ވަރަށް ކުރިންސުރެ އަޒުމު ކަނޑައަޅާފައި އޮންނަ ކަމެއް، ދެން އަޅުގަނޑުގެ ތައުލީމުގެ ގޮތުންވެސް ކަންނޭގެ، ކައިވެންޏަކީ އަބަދަށްޓަކާ ކުރާ ކަމެކޭ،" މައުމޫނު ވިދާޅުވިއެވެ.

ކައިވެނި ކުރުމަށްފަހު ވަރިކުރުމެއް، ވަކިވުމެއް އޮވެގެން ނުވާނެ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.

މައުމޫނު ފާހަގަ ކުރެއްވި ގޮތުގައި ކައިވެނީގައި ދިމާވާ ކޮންމެ މައްސަލަ އަކީ ވާހަކަ ދައްކައިގެން ސުލްހަވެރިކަމާއެކު ހައްލުކުރެވޭނެ ކަންކަން ކަމުގައެވެ.

"އެ ގޮތައް ހައްލުކުރާނީ އެއްގޮތަކަށްވެސް ވަކިވާން ހިތައް އަރުވާކަށް ނުވާނެ،" މައުމޫނު ވިދާޅުވިއެވެ.

މައުމޫނޫ ވިދާޅުވީ ދެބޭފުޅުންވެސް މިއަދާ ޖެހެންދެންވެސް ތިއްބެވީ އެކުގައި އުޅުއްވުމުގެ އަޒުމުގައި ކަމަށެވެ.

ރައީސް މައުމޫނާ ބެހޭ ގޮތުން ނަސްރީނާ ވިދާޅުވީ، މައުމޫނަކީ އަބަދުވެސް ކަންކަމަށް ކެރިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

ނަސްރީނާގެ އެ ވާހަކަ ފުޅަށް އިޝާރާތް ކުރައްވާ މައުމޫނު ވެސް ވިދާޅުވީ، "ނަސްރީނާ އަކީ ވަރަށް ހިތްވަރުގަދަ މީހެއް" ކަމަށެވެ. އެކަމުގެ ސަބަބުން ވަރަށް ހިތްވަރު ލިބިވަޑައިގަންނަވާ ކަމަށް މައުމޫނު ވިދާޅުވިއެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްނަސްރީނާ އިބްރާހީމް

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

މިނިސްޓްރީ އެއްގެ ވަޒީފާ އަކަށް ބަދަލު ވުމަށް، ޕީއެސްއެމް ގެ އެމްޑީ ނަސްރީން އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
މިނިސްޓްރީ އެއްގެ ވަޒީފާ އަކަށް ބަދަލު ވުމަށް، ޕީއެސްއެމް ގެ އެމްޑީ ނަސްރީން އިސްތިއުފާ ދެއްވައިފި
02 ނޮވެމްބަރު 2025

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ
03 ނޮވެމްބަރު 2024

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން
03 ނޮވެމްބަރު 2024

ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު

03 ނޮވެމްބަރު 2024
ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު
25 ޑިސެމްބަރު 2023

ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

25 ޑިސެމްބަރު 2023
ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި
11 ނޮވެމްބަރު 2023

ދިގު 30 އަހަރު ދިވެހި ޤައުމާއި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަފާތު ކުރިއެރުންތަކާއި ތަރައްޤީ ޙާސިލުކުރެވުނު: ރައީސް މައުމޫން

11 ނޮވެމްބަރު 2023
ދިގު 30 އަހަރު ދިވެހި ޤައުމާއި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަފާތު ކުރިއެރުންތަކާއި ތަރައްޤީ ޙާސިލުކުރެވުނު: ރައީސް މައުމޫން
03 ނޮވެމްބަރު 2023

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއަކީ ދިވެހިރާއްޖޭގެ ތާރީހުގަައި ވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަސް - ކުރީގެ ރައީސް މައުމޫން

03 ނޮވެމްބަރު 2023
ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއަކީ ދިވެހިރާއްޖޭގެ ތާރީހުގަައި ވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަސް - ކުރީގެ ރައީސް މައުމޫން
29 އޮކްޓޯބަރު 2023

އަރަބި ޤައުމުތަކުން ފަލަސްޠީނަށް އެހީނުވާތީ ކުރީގެ ރައީސް މަޢުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

29 އޮކްޓޯބަރު 2023
އަރަބި ޤައުމުތަކުން ފަލަސްޠީނަށް އެހީނުވާތީ ކުރީގެ ރައީސް މަޢުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
25 މެއި 2023

5000 ފޯމެއް ހުށަނާޅާ، އެމްއާރުއެމް އުވާލި މައްސަލައާއި މެދު ޗެލެންޖު ކުރައްވަން ބޭނުންނަމަ އެކަން ކުރައްވާ - ހަބީބު

25 މެއި 2023
5000 ފޯމެއް ހުށަނާޅާ، އެމްއާރުއެމް އުވާލި މައްސަލައާއި މެދު ޗެލެންޖު ކުރައްވަން ބޭނުންނަމަ އެކަން ކުރައްވާ - ހަބީބު
22 މެއި 2023

ފޮރިން މިނިސްޓްރީގެ މުވައްޒަފުން ރައްޔިތުންނަށް ކޮށްދެމުންދަނީ އަގުހުރި ޚިދުމަތްތަކެއް: މައުމޫން

22 މެއި 2023
ފޮރިން މިނިސްޓްރީގެ މުވައްޒަފުން ރައްޔިތުންނަށް ކޮށްދެމުންދަނީ އަގުހުރި ޚިދުމަތްތަކެއް: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު