Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
3 ނޮވެމްބަރު

ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު

އަސްކަރީ އެހީއަށް އެދިވަޑައިގަތުމާއެކު ބޮޑު ވަޒީރު ރަޖީވް ގާނދީ ވަގުތުން ފިޔަވަޅު އެޅުއްވި

ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2024 | އާދީއްތަ 12:51
އޮޕަރޭޝަން "ކެކްޓަސް" ގައި ބައިވެރިވި އިންޑިއާ ސިފައިން ދިވެހި ސިފައިންނާއެކު ރާއްޖޭގެ އަސްކަރީ މައިމަރުކަޒުގެ ކުރިމަތީގައި، ނޮވެމްބަރު 1988

އޮޕަރޭޝަން "ކެކްޓަސް" ގައި ބައިވެރިވި އިންޑިއާ ސިފައިން ދިވެހި ސިފައިންނާއެކު ރާއްޖޭގެ އަސްކަރީ މައިމަރުކަޒުގެ ކުރިމަތީގައި، ނޮވެމްބަރު 1988

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާ އާ ގުޅިގެން ދިވެހި ރާއްޖެ ދިފާޢު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ އޭރުގެ އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާނދީ އަށް ދެންނެވި ކަމަށް ރައީސް މައުމޫނު ވިދާޅުވެއްޖެއެވެ.

ހާދިސާ ހިނގިތާ 36 އަހަރު ފަހުން ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި ބަސްދީގަތުމެއްގައި އެދުވަހުގެ ކަންކަން ހިނގައިދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ހާމަކޮށްދެއްވަމުން، އާދިއްތަ ދުވަހު، އޭރުގެ ކޮމާންޑަރ އިން ޗީފް މައުމޫނު ވިދާޅުވީ، އޭރު ދިވެހިރާއްޖެއިން ޚާރިޖީ ސިޔާސަތު ގެންގުޅުނު ގޮތުން ހުރިހާ ގައުމަކުންވެސް ރާއްޖެއަށް ހެޔޮ އެދޭކަން، ހާދިސާ އާ ގުޅިގެން ހާމަވި ކަމަށާއި، އެހެން ނަމަވެސް ރާއްޖެއާ އިންޑިއާ އާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން އެންމެ ފުރަތަމަ އެހީއަށް އެދިވަޑަގަތީ އިންޑިއާ އިން ކަމަށެވެ.

Advertisement - newsAdvertisement

މައުމޫނު ފާހަގަ ކުރެއްވި ގޮތުގައި، ރާއްޖޭން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ހާދިސާ ހިނގި ދަނޑިވަޅަކީ އިންޑިއާ އާ އޮތް ގުޅުން އިތުރަށް ބަދަހިވަމުން އައި ދަނޑިވަޅެއް ކަމަށެވެ.

"އެހީ އަށް އެދޭއިރުވެސް އެންމެ ފުރަތަމަ އެހީއަށް އެދޭނީވެސް އިންޑިއާ އިން ކަމަށް އެންމެންނަށްވެސް ގަބޫލު ކުރެވޭނެ،" މައުމޫނު ވިދާޅުވިއެވެ.

މައުމޫނު ވިދާޅުވީ އޭރު އިންޑިއާގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ރަޖީވް ގާނދީ އަކީ އެމަނިކުފާނާ ވަރަށް ގާތް ބޭފުޅެއް ކަމަށާއި އެހެން ކަމުން ވަގުތުން އެމަނިކުފާނަށް ފޯނުކޮށް އެހީތެރިކަމަށް އެދިވަޑައިގަތީ ކަމަށެވެ.

"އެމަނިކުފާނަށް ދެންނެވިން އަޅުގަނޑުމެން މިކަހަލަ ހާލެއްގައޭ މިއުޅެނީ، އެހެން ވީމާ އަޅުގަނޑުމެން ބޭނުންވެއޭ އިންޑިއާގެ އަސްކަރީ އެހީތެރިކަން،" މައުމޫނު ފާހަގަ ކުރެއްވިއެވެ. "މައުނަވީ ގޮތުން ވާ އެހީއެއް ނޫން، އިންޑިއާ ސިފައިން ބޭނުންވެޔޭ، އަޅުގަނޑުމެންގެ ގައުމު ދިފާއު ކުރުމަށްޓަކައި."

ރައީސް މައުމޫނު ވިދާޅުވީ، އެކަމަށް އެދިވަޑައިގަތުމާއެކު ބޮޑު ވަޒީރު ރަޖީވް ގާނދީ ވަގުތުން ފިޔަވަޅު އެޅުއްވި ކަމަށެވެ.

ބޮޑުވަޒީރުގެ އެންގެވުމަކަށް ފޮނުވި ސިފައިންނަށް އާދެވުނީ ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭގަނޑު ކަމަށް މައުމޫނު ވިދާޅުވިއެވެ.

"އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި ރާއްޖެ އަށް ފޮނުވި އިންޑިއާ ސިފައިންނަށް އޯޑަރު ދީފައި އޮތީ އެންމެ އިސްކަމެއް ދީގެން ރައީސް މައުމޫނުގެ ސަލާމަތް ކަށަވަރު ކުރުން ކަމަށްވެސް މައުމޫނު ވިދާޅުވިއެވެ.

"ރޭގަނޑު 9 ޖެހިއިރު އެމީހުން ހުޅުލެއަށް ފައިބާފައި، އިސްކޮށް ހުންނެވި ބޭފުޅަކު ބްރިގޭޑިއާ ފާރޫގް ބުލްސަރާ އަޅުގަނޑަށް ފޯނު ކުރައްވާފައި ވިދާޅުވި ތިމަންނާމެން މިތިބީ އައިހޭ، އިންޑިއާ ސަރުކާރުން އަންގާފައި އޮތީ ފުރަތަމަ މައުމޫނުގެ ހިމާޔަތް ކަށަވަރު ކޮށްދޭށޭ، އެހެންވީމާ ތިމަންނަމެން މިތިބީ ހުޅުލޭގައޭ، މައުމޫނު ތިހުރީ މާލޭގައޭ، މިތަނަށް އަންނާށޭ،" މައުމޫނު ވިދާޅުވިއެވެ. "އަޅުގަނޑު ދެންނެވިން އަޅުގަނޑަކަށް ނުދެވޭނެއޭ، އަނެއްކާ ކަނޑު ހުރަސްކޮށްފައި، ރައްކާތެރިކަމެއް ވެސް ނޫނޭ، ތިބޭފުޅުން ވަޑައިގަންނަވާށޭ."

މައުމޫނު އެގޮތައް އެދިވަޑައިގަތުމުން ލަހެއް ނުވެ އިންޑިއާ ސިފައިން މާލެ އައި ކަމަށް މައުމޫނު ވިދާޅުވިއެވެ. އަދި ހުންނެވި ގެއިން ނުކުމެ ވަޑައިގެން ސިފައިންގެ އަށް ބަދަލުވެވަޑައިގަތީ އިންޑިއާ ސިފައިންގެ އިރުޝާދުގެ މަތިން، އެމީހުންގެ ހިމާޔަތުގައި ކަމަށް މައުމޫނު ވިދާޅުވިއެވެ.

"އެހެން ވީމާ އެރޭ ފަތިހު އަޅުގަނޑުމެން އެމީހުންގެ ހިމާޔަތުގައި، ކާރުގައި، ސިފައިންގެއަށް ދިޔައީ،" މައުމޫނު ވިދާޅުވިއެވެ.

ރައީސް މައުމޫނު އެ ދުވަސް ސިފަކުރެއްވީ "ވަރަށް ބިރުވެރި، ނުރައްކާތެރި" ދުވަހެއްގެ ގޮތުގައެވެ.

ނޮވެމްބަރ 3 ގެ ޢުދުވާނީ ހަމަލާ (1988)ރައީސް މައުމޫން އަބްދުލް ގައްޔޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

03 ނޮވެމްބަރު 2024
މޫސާ އަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ އިއްޒަތް އަރުވަނީ

މޫސާ އަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ އިއްޒަތް އަރުވަނީ

02 ނޮވެމްބަރު 2024
ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

25 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު