Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތުގެ އިންތިޚާބު

އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަށް އޯވަރޯލް މެޖޯރިޓީ ގެއްލޭނެ ކަމަށް ބެލެވެން ފަށައިފި

ބޮޑު ވަޒީރު މޭ ވަނީ ގައުމުގެ ހަމަޖެހުމަށް ގޮވާލައްވާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 9 ޖޫން 2017 | ހުކުރު 08:25
ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ

އިނގިރޭސި ވިލާތުގައި ބުރާސްފަތި ދުވަހުބޭއްވުނު އާންމު އިންތިޚާބު ނިމި ވޯޓު ގުނަން ފަށާފައިވާއިރު ވެރިކަން ކުރަމުންދާ ބޮޑު ވަޒީރު ތެރީސާ މޭ ގެ ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ބެލެވުނަސް، އޯވަރޯލް މެޖޯރިޓީ ގެއްލޭނެ ކަމަށް ބެލެވެން ފަށައިފިއެވެ.

ކޮންޒަވޭޓިވް ޕާޓީއަށް އޯވަރޯލް މެޖޯރިޓީ ނުވަތަ އެހެން ހުރިހާ ޕާޓީއަކަށް ލިބޭނެ ގޮނޑިއަށް ވުރެ މަަދުން ލިބޭނެ ކަމަށް ބީބީސީ އިން ފޯކާސްޓް ކުރާއިރު މިކަން ވެގެން ދާނީ ބޮޑު ވަޒީރު ތެރީސާ މޭ އަށް ކުރިމަތިވެވަޑައިގަންނަވާ ލަދުވެތި ކަމަކަށެވެ. ތެރީސާ މޭ އަވަސް އިންތިޚާބަކަށް ގޮވާލެއްވީ އިނގިރޭސިވިލާތް, ޔޫރަޕްގެ އިއްތިހާދުން (އީޔޫ)، ވަކިވުމުގެ މަޝްވަރާތަކަށް އެކަމަނާގެ ސަރުކާރުގެ ބާރު ޕާލަމެންޓްގައި އިތުރަށް ވަރުގަދަ ކުރެއްވުމުގެ ބޭނުންފުޅުގައެވެ.

މައި އިދިކޮޅު ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ބޮޑު ވަޒީރު މޭ ގެ އިސްތިއުފާ އަށް ގޮވާލައްވާފައިވާއިރު، މޭ ވިދާޅުވެފައި ވަނީ އަކަމަނާގެ ޕާޓީ ޔޫކޭގައި "ހަމަޖެހުން" ގާއިމު ކުރައްވާނެ ކަމަށެވެ.

ވޯޓުގެ ދާއިމީ ނަތީޖާ ހުކުރު ދުވަހު މެންދުރުހާއިރު އިއުލާން ކުރެވޭނެ ކަމަށް ބެލެވެއެވެ.

އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް 650 މެމްބަރުން ހޮވާއިރު، ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 45.8 މިލިއަން މީހުންނަށެވެ. ގާނޫނު ހަދާ މަޖިލީހުގައި އޮވާރޯލް މެޖޯރިޓީއެއް ހޯދަން 326 ގޮނޑި ބޭނުންވާއެވެ.

އެގްޒިޓް ޕޯލް ނުވަތަ ވޯޓުލުމަށް ދާ މީހުންގެ ހިޔާލު ހޯދުމުގެ ބަހަަށް ބަލާއިރު ކޮންޒަވޭޓިވް ޕާޓީ އަށް 318 ގޮނޑި ލިބޭނެއެވެ. ލޭބާ ޕާޓީއަށް 267 ގޮނޑި ލިބޭނެއެވެ. އެސްއެންޕި އަށް 32 ގޮނޑި ލިބޭނެ ކަމަށް ބެލެވޭއިރު ލިބަރަލް ޑިމޮކްރޭޓުން އަށް 11 ގޮނޑި ލިބޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖެނެރަލް އައްސީރީ ގައިކޮޅަށް ބިސް ޖެހުމުން އިނގިރޭސިން މާފަށް އެދިއްޖެ

ޖެނެރަލް އައްސީރީ ގައިކޮޅަށް ބިސް ޖެހުމުން އިނގިރޭސިން މާފަށް އެދިއްޖެ

03 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

22 މާރިޗު 2017

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު