Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖެނެރަލް އައްސީރީ

ޖެނެރަލް އައްސީރީ ގައިކޮޅަށް ބިސް ޖެހުމުން އިނގިރޭސިން މާފަށް އެދިއްޖެ

އެއެމަލު ހިންގީ އެކްޓިވިސްޓުންތަކެއް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 3 އެޕްރީލު 2017 | ހޯމަ 10:42
އައްސީރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުގެ ތެރެއިން

އައްސީރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުގެ ތެރެއިން

ސައުދީ އަސްކަރިއްޔާގެ ޖެނެރަލް އަހްމަދު އައްސީރީ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި އޭނާގެ ހަށިކޮޅަށް ބަޔަކު ކުކުޅުބިސް ޖެހުމުން އެކަމަށް އިނގިރޭސިން މާފަށް އެދިއްޖެއެވެ.

އައްސީރީގެ ހަށިކޮޅަށް ކުކުޅު ބިސް ޖަހާފައި ވަނީ ދާދި ފަހުން އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

ޖެނެރަލް އަހްމަދު އައްސީރީއަކީ ސައުދީ ވަލީއަހުދުގެ ނާއިބު މުހަންމަދު ބިން ސަލްމާންގެ ވަރަށް އަރިސް ކައުންސެލަރ މެންބަރެއް ވެސް މެއެވެ.

ލަންޑަނަށް ކުރެއްވި ދަތުރުފުޅުގައި އައްސީރީގެ ހަށިކޮޅަށް ކުކުޅު ބިސް ޖަހާފައި ވަނީ ސައުދީ އަރަބިއްޔާއިން އިސްވެ އޮވެ ޔަމަނަށް ދެމުން ގެންދާ ޙަމަލާތަކާ ދެކޮޅަށް އިހުތިޖާޖްކުރި ބަޔެކެވެ.

މިއަމަލާ މެދު ކަންބޮޑުވެ އިނގިރޭސި ސަރުކާރުން ވަނީ ސައުދީގެ ނުފޫޒް ގަދަ ޝާހީ އާއިލާގެ ވަލީއަހުދުގެ ނާއިބު އަދި ދިފާއީ ވަޒީރު އަމީރު މުހަންމަދު ބިން ސަލްމާންގެ އަރިހުން އެކަމަށް މާފަށް އެދިފައެވެ.

ޔަމަނާ ދެކޮޅަށް ސައުދީ އިސްވެ އޮވެ ދެމުންދާ ޙަމަލާތަކާ ދެކޮޅަށް އިހުތިޖާޖް ކުރަމުން ގެންދިޔަ ފަރާތްތަކުން ވަނީ އައްސީރީގެ ހަށިކޮޅުގައި ވެސް އަތްލާފައެވެ.

އެކަންހިނގައިދިޔަ ގޮތް ފެންނަ ވީޑިއާއެއްގައި އައްސީރީ ލަންޑަނުގެ އިމާރާތަކަށް ވަދެވަޑައިގަންނަވަނިކޮށް މީހަކު ގޮސް ކޮނޑުގައި ހިފައެވެ.

އާންމުވެފައިވާ ވީޑިއާތަކުން އެނގޭ ގޮތުގައި އެމީހަކީ ސައުދީގެ އެ އަމަލު ކުށްވެރިކޮށް އިހުތިޖާޖް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ސޭމް ވޯލްޓަން ކިޔާ މީހެކެވ.

އޭނާ ވަނީ އައްސީރީގެ ކޮނޑުގައި ހިފެހެއްޓުމަށް ފަހު ތިޔަހުންނެވީ މަދަނީ ހައްޔަރުގައި" ކަމަށް ބުނެފައެވެ. ނަމަވެސް ފުލުހުން ވަނީ އައްސީރީ އެތަނުން ގެންދަވާފައެވެ.

ކުކުޅު ބިސް އެއްލާފައި ވަނީ އައްސީރީ އެތަނުން ވަޑައިގެންނެވި ވަގުތުއެވެ. އަދި އެމީހަކު އެއްލި ކުކުޅު ބިސް ގޮސްޖެހުނީ އައްސީރީގެ ބުރަކަށީގައެވެ. ބިސް ޖެހުމާއެކު އައްސީރީވަނީ އެމީހުންނާ ދިމާލަށް މެދު އިނގިލި ދިއްކުރައްވައި ބޭއަދަބީ އިޝާރާތެއް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

18 އޯގަސްޓު 2018

އދ. ގެ ކުރީގެ ސެކްރެޓެރީ ޖެނެރަލް ކޯފީ އަނާން އަވަހާރަވެއްޖެ

18 އޯގަސްޓު 2018
އދ. ގެ ކުރީގެ ސެކްރެޓެރީ ޖެނެރަލް ކޯފީ އަނާން އަވަހާރަވެއްޖެ
02 ޖެނުއަރީ 2018

ކަބީލާ އިސްތިއުފާ ދެއްވުމަށް އދގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފި

02 ޖެނުއަރީ 2018
ކަބީލާ އިސްތިއުފާ ދެއްވުމަށް އދގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފި
14 ނޮވެމްބަރު 2017

މިޔަންމާގެ ރަކައިން ސްޓޭޓުގައި ހުރި އަސްކަރިއްޔާގެ ޖެނެރަލް މަގާމުން ދުރުކޮށްފި

14 ނޮވެމްބަރު 2017
މިޔަންމާގެ ރަކައިން ސްޓޭޓުގައި ހުރި އަސްކަރިއްޔާގެ ޖެނެރަލް މަގާމުން ދުރުކޮށްފި
07 ނޮވެމްބަރު 2017

ސައުދީ ކޮރަޕްޝަންގެ މައްސަލާގައި މީހުން ހައްޔަރު ކުރުމަކީ ފެށުމެއް: އެޓާނީ ޖެނެރަލް

07 ނޮވެމްބަރު 2017
ސައުދީ ކޮރަޕްޝަންގެ މައްސަލާގައި މީހުން ހައްޔަރު ކުރުމަކީ ފެށުމެއް: އެޓާނީ ޖެނެރަލް
29 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ: އދ  ގެ ސެކްރެޓަރީ ޖެނެރަލް

29 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ: އދ  ގެ ސެކްރެޓަރީ ޖެނެރަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު