Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިންގެ ހިމާޔަތް

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

ޙަމަލާދިނީ އަށް މީހުންގެ ގްރޫޕަކުން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 2 އެޕްރީލު 2017 | އާދީއްތަ 10:29
އިނގިރޭސިވިލާތައް ރެފިއުޖީން އެތެރެވުމާއި ދެކޮޅަށް ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން

އިނގިރޭސިވިލާތައް ރެފިއުޖީން އެތެރެވުމާއި ދެކޮޅަށް ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން

އިނގިރޭސިވިލާތުން ހިމާޔަތް ހޯދުމަށް އެގައުމުގައި އުޅުނު ރެފިއުޖީ ކުޑަކުއްޖަކަށް ރަހުމުކުޑަ ޙަމަލާތަކެއް ގޭންގަކުން ދީފިއެވެ.

އުމުރުން 17 އަހަރުގެ މި ކުއްޖާއަށް ހަމަލާދީފައިވަނީ އެނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައެވެ. ގޭންގްއަކުން އޭނާއަށް ހަމަލާދިނުމުގެ ސަބަބުން ސީރިއަސް ހާލަތަކަށް ދިޔަނަމަވެސް އޭނާގެ ހާލު ރަނގަޅެވެ.

ލަންޑަނުގެ ފުލުހުން ބުނާ ގޮތުގައި މި ހަމަލާއަކީ މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ގޮތުން ބަޔަކޔު ކުރި ކަމެކެވެ، އަދި އެބަޔަކު ހައްޔަރުކޮށް ފިޔަވަޅު އަޅާނެ ކަމަށް ލަންޑަނުގެ ފުލުހުން ބުނެފައިވެއެވެ.

އިނގިރޭސިންގެ ހިމާޔަތް ހޯދުމަށް އުޅުނު ކުޑަކުއްޖަކީ އިރާނުގެ ކުރުދީ ދަރިކޮޅަށް ނިނސްބަތްވާ ރެފިއުޖީއެކެވެ. އެކުއްޖާއަށް ހަމަލާދީފައިވަނީ އިތުރު ދެ ކުއްޖަކާއިއެކު ދެކުނު ލަންޑަންގެ ކްރޮއިޑަންގެ ބަސް ސްޓޮޕްއެއްގައި ކައިރީގައި މަޑުކޮށްލައިގެން ހުއްޓައެވެ.

އަށް މީހުންގެ ގްރޫޕަކުން އައިސް އެކުއްޖާއަށް ޙަމަލާ ދިނުމުގެ ކުރިން، އެނާ އައީ ކޮން ގައުމަކުންތޯ ސުވާލުކޮށްފައިވާ ކަމަށް މަންޒަރުދުށް މީހުންނާއި ޙަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އެމީހުން ޙަމަލާތަކުން އެކުއްޖާގެ ބޮލާއި މޫނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައިއެވެ. އެގޮތުން ބޮލުގެ އެތައްތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުންނާއި ހަވަލާދީ ރިޕޯޓްތައް ބުނެއެވެ.

ހަމަލާދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެކުއްޖާ ވަނީ ފަރުވާ ދިނުމަށްޓަކައި ލަންޑަންގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.

މިހަމާދިން އިރު އެކުއްޖާއަކު އެސަރަހައްދުގައި ތިބި އަނެއް ދެކުދިން ވަނީ ގޭންގްގެ ކިބައިން ސަލަމާވަތްވެ އެހިސާބުން ފިލާފައެވެ. އެ ދެކުދިންނަށް މާބޮޑު އަނިޔާތަކެއް ލިބިފައިވާ ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ލަންޑަނުގެ ފުލުހުންވަނީ އެކަންކުރި ބަޔެއްގެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް އެދިފައެވެ. އަދި އެބަޔަކު ހޯދާ އަދަބުދޭނެ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އަދި އެއްވެސް މީހެއް ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ވިލާތުގެ އިއްތިހާދުން ވަކިވުމަށް މިދިއަ އަހަރު އެނގިރޭސި ވިލާތުގައި ނެގުނު ވޯޓަށްފަހު އެގައުމަށް ވަންނަ އެހެން ގައުމުތަކުގެ މީހުންނަށް ދޭ މިފަދަ ޙަމަލާތައް ވަނީ އިތުރުވެފައެވެ.

ޚާއްސަކޮށް އިނގިރޭސިވިލާތައް އެހެން ގައުމުތަކުން ހިޖުރަކުރާ މީހުންނާއިމެދު ތަފާތުކުރުންތަކާއި އެނޫންވެސް ދުއްތުރާތައް ކުރުންވަނީ އެތައްތަނަކުން އިތުރުވެފައެވެ.

އިނގިރޭސި ފުލުހުންގެ ރިކޯޑްތަކުން ދައްކާ ގޮތުން، މި ފާއިތުވެދިޔަ މަސްތަކުގައި ދީނީ ގޮތުންނާއި ނަސްލީ ގޮތުން އެކި މީހުންނާއި ދެކޮޅަށް ހިންގާފައިވާ މިފަދަ އަމަލުތައް 1546 އަށް އަރައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ

އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ

22 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި

އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި

28 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު