Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މަސައްކަތްތެރި ލީބިޔާގެ އަންހެނެއް

ރިޔާނީ ބޭނުންވަނީ އަންހެނުންނަށް އެމީހުން ބޭނުން ކޮންމެ ކަމެއް ކުރެވޭނެ ކަން ބުނެދޭން

އޭނާ ގެންދަނީ ދިރިއުޅުމަށް އެކި މަސައްކަތްތައް ކުރަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 19 އެޕްރީލު 2022 | އަންގާރަ 14:23
މަޖްދާ އަލް-ރިޔާނީ

މަޖްދާ އަލް-ރިޔާނީ

މަޖްދާ އަލް-ރިޔާނީއަކީ ލީބިޔާއަށް އުފަން އުމުރުން 29 އަހަރުގެ ކުޅަދާނަ އަންހެނެކެވެ. އޭނާއަކީ ދިރިއުޅުމަށް އެތައް މަސައްކަތެއް ކުރަމުންދާ މީހެކެވެ. އޭނާއަށް ތަފާތު އެކި ހުނަރުތައް ލިބިގެންވާއިރު އޭނާ ގެންދަނީ އެ ހުނަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުންނެވެ.

އޭނާއަކީ ކްލިނިކަލް ނިއުޓްރިޝަން ސްޕެޝަލިސްޓެއްގެ އިތުރުން، ލީބިޔާގެ ރޭޑިއޯ ސްޓޭޝަނެއްގައި ސިއްހީ ޕްރޮގްރާމުތައް ހުށަހެޅުންތެރިއެއްގެ އިތުރުން ކުރެހުންތެރިއެކެވެ. ރިޔާނީ އުޅެ ބޮޑުވި މުޖުތަމައުގައި އަންހެނުންނަށް ކުރެވޭނީ ވަކި މަސައްކަތްތަކެއް ކަމުގައި ވަނީ ކަނޑައަޅައި ނިންމާފައެވެ. އެހެންނަމަވެސް ރިޔާނީ ބޭނުންވަނީ އަންހެނުންނަށް ކުރެވޭނެ މަސައްކަތްތަކަށް ވަކި ލިމިޓެއް ނެތްކަން އަންގައިދޭށެވެ.

އޭނާ ބުނީ އޭނާއާ އެންމެ ގާތްކޮށް އުޅޭ މީހުންނަކީ ހުރިހާ ކަމަކަށްވެސް ވަރަށް ހިތްވަރުދޭ ބައެއް ކަމަށެވެ. އެހެންނަމަވެސް އޭނާ އެކުރާ މަސައްކަތްތައް ކުރާތީ އެކި މީހުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވާކަމުގައި އޭނާ ބުނެފައިވެއެވެ.

މުޖުތަމައަށް ނިކުމެ، އިންޓަރވިއުތައް ދީ ހަދާއިރު މުޖުތަމައު އިން އެކި ގޮންޖެހުންތައް ކުރިމަތިވުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

އެހެންނަމަވެސް މިފަދަ ފާޑުކިޔުންތަކުގެ ސަބަބުން އޭނާގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ރިޔާނީ ބުނެފައިވެއެވެ. ފާޑުކިޔުންތަކުގެ ސަބަބުން އިތުރަށް ކުރިއަށްދިއުމަށް ލިބެނީ ހިތްވަރެއް ކަމުގައި ރިޔާނީ ކިޔައިދިނެވެ.

ރިޔާނީގެ އަވަދިނެތިއުޅޭ ދިރިއުޅުމުގެ ތެރެއިން އޭނާ ގެންދަނީ ކުރެހުމުގެ ވޯކްޝޮޕްތައް ހިންގަމުންނެވެ. މި ވޯކްޝޮޕްއަށް އެކި އުމުރުފުރާތަކުގެ އަންހެނުންގެ ފަރާތުން އެއްބާރުލުން ލިބެމުން ދެއެވެ.

އޭނާ ބުނީ ބިޒީ ދިރިއުޅުމެއްގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެހެންނަމަވެސް ކުރާ ހިތުން ކަމެއް ކުރާނަމަ އެކަމަކަށް ވަގުތު ހޯދައިގެން އެކަމެއް ކުރާނެ ކަމުގައި އޭނާ ބުނެފައިވެއެވެ.

ލީބިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
"ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ"

"ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ"

05 އޮކްޓޯބަރު 2023
"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"

"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"

19 ސެޕްޓެމްބަރު 2023
ތޫފާން "ޑެނިއަލް" ގައި މަރުވި މީހުންގެ އަދަދު 11000ށްވުރެ މައްޗަށް

ތޫފާން "ޑެނިއަލް" ގައި މަރުވި މީހުންގެ އަދަދު 11000ށްވުރެ މައްޗަށް

17 ސެޕްޓެމްބަރު 2023
ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުންކަމަށް ކުރާ ތުހުމަތު، އޮފިޝަލުން ދޮގުކޮށްފި

ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުންކަމަށް ކުރާ ތުހުމަތު، އޮފިޝަލުން ދޮގުކޮށްފި

16 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު