Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޓޯ ސިފައިން ޕޮލެންޑަށް

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

ނޭޓޯގެ ފައުޖުތައް ފޮނުވައިދނުމަށް ޕޮލެންޑުން އެދެމުންދާތާ އެތައް ދުވަހެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 14 އެޕްރީލު 2017 | ހުކުރު 09:26
އެމެރިކާ ސިފައިންނަށް މަރުހަބާ ކިއުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެމެރިކާ ސިފައިންނަށް މަރުހަބާ ކިއުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ބޯލްޓިކް ސަރަހައްދަށް ރަޝިއާއިން އަތުވެދާނެ ނުރައްކަލަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ނޭޓޯއިން ފޮނުވާ އެކި ގައުމުތަކުގެ ސިފައިންގެ ތެރެއިން އެމެރިކާން ފޮނުވި ސިފައިންގެ ފުރަތަމަ ފައުޖަށް ޕޮލެންޑުން ބުރާސްފަތި ދުވަހު މަރުހަބާ ކިޔައިފިއެވެ.

ރަޝިއާގެ ދެކުނުން ބޯލްޓިކް ކަނޑުގައި އޮންނަ ކަލިންގްރެޑާއި 57 ކިލޯމީޓަރު ދުރުން އޮންނަ އޯޒޭޝްގައި ގާއިމްވާ ނޭޓޯގެ ފައުޖުގައި އެމެރިކާގެ 900 ސިފައިންނާއި އިނގިރޭސިވިލާތުގެ 150 ސިފައިން އަދި ރޫމޭނިއާގެ 120 ސިފައިންހިމެނޭނެއެވެ.

ކަލިނިންގްރެޑަކީ މޮސްކޯއިން އެތަނުގައި ނިއުކްލިއަރ މިސައިލާއި އެސް-400 އިގެ މިސައިލުން ދިފާއުވާ ނިޒާމެއް ގާއިމްކޮށްފައިވާ ތަނެކެވެ.

ވެރިރަށް ވޯސޯގެ އުތުރުން 220 ކިލޯމީޓަރު ދުރުގައި އޮންނަ އޯޒޭޝްއަށް ދިޔަ ފައުޖަށް މަރުހަބާ ކިޔަމުން ނޭޓޯ ސުޕްރީމް އެލައިޑް ކޮމާންޑަރ ޔޫރަޕް، ޖެނެރަލް ކަރޓިސް ސްކެޕަރޮއްޓީ ހާމަ ކުރެއްވި ގޮތުގައި، މި ފައުޖު ޕޮލެންޑްގައި ރުކުރުވާލުން ދައްކުވައިދެނީ ނޭޓޯގެ ބަދަހިކަމާއި ވަރުގަދަ އަޒުމާއި ދުޝްމަނުންނަށް ދެވޭ ވަރުގަދަ މެސެޖެއްކަމަށެވެ.

ރަޝިއާގެ ފަރާތުން އައިސްދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ނޭޓޯގެ ފައުޖުތައް ފޮނުވައިދނުމަށް ޕޮލެންޑުން އެދެމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ.

ވަކިން ޚާއްސަކޮށް 2014 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިންގެ ކްރައިމިއާ ހިފި ފަހުން ޕޮލޭންޑުން ގެންދިއައީ އެކަމަށް ބާރުއަޅަމުންނެވެ.

ޕޮލޭންޑްގެ ރައީސްއަންޖްރޭޖް ޑޫޑާ ވިދާޅުވީ މިއީ އެތައް ޖީލުތަކަކުން ކުރަމުން އައި އުއްމީދެއްކަމަށާއި މިއީ ތާރީޚީ ވަގުތުކޮޅެއް ކަމަށެވެ.

ރަޝިއާއިން 2016 ވަނަ އަހަރު މެއިމަހު ވަނީ ނޭޓޯއިން ޕޮލޭންޑް ނުވަތަ ބޯލްޓިކްގެ ގައުމުތަކުގައި ރުކުރުވާލައިފިނަމަ އެ ގައުމުން ހުޅަނގާ ދެކުނު ފަޅީގައި އިތުރު ޑިވިޝަންތަކެއް ގާއިމްކޮށް ފައުޖުތައް އަލުން ފޮނުވާނެ ކަމުގެ އިންޒާރު ދީފައެވެ.

ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރު އެކުވެރިކޮށް އޮތް ގައުމުތަކުން އެގައުމުތަކުގެ ހިމާޔަތަށް ނޭޓޯގެ ފައުޖުތައް ގެނައުމުން ރަޝިއާއިން އޮތީ ރަތަށް އަރާފައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު