Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް - ދިވެހި ބަހުރުވަތައް

ރަސްމީ ބަހެއްގެ ނިވަލުގައި ދިވެހި ބަހުރުވަތައް ބޮނދައި އުޅުނު ޒަމާން

ދައުލަތުގެ މީޑިއާއިން ވަނީ މާކުރިންވެސް އެކި ބަހުރުވަތަކުން ކޮންޓެންޓް އުފައްދާފައި

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2022 | ބުދަ 03:42
ކުރީގެ އިންފޮމޭޝަން މިނިސްޓަރު މުޙައްމަދު ނަޝީދު އާއި ބަދުރުއްނަސީރު އައްޑޫއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން

ކުރީގެ އިންފޮމޭޝަން މިނިސްޓަރު މުޙައްމަދު ނަޝީދު އާއި ބަދުރުއްނަސީރު އައްޑޫއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން

ދިވެހިންގެ ދިވެހި ބަހަކީ ދިވެހިރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެއާއި މާލެ ވަށައިގެންވާ އަތޮޅުތަކުގައި ވާހަކަދައްކައި އުޅޭ އާންމު ދިވެހި ބަހެވެ. ރަސްމީ ލިޔެކިޔުންތަކުގައިވެސް ޢާންމު ދިވެހި ބަސް ބޭނުން ކުރާ ފަދައިން ސްކޫލް މަދަރުސާތަކުގައިވެސް މުޢާމަލާތު ކުރަމުން އަންނަނީ އާންމު ދިވެހި ބަހެވެ. ރާއްޖޭގެ އެންމެ ދެކުނުގައި އޮތް 4 އަތޮޅުގައި ވާހަކަ ދައްކާ ބަހުރުވަ އާންމު ބަހާއި ވަރަށް ބޮޑަށް ތަފާތުކަން އެންމެންވެސް ޤަބޫލު ކުރެއެވެ. މިސަބަބާއި ހުރެ ރާއްޖޭގެ އުތުރާއި އަދި މާލޭ މީހުންނަށް ދެކުނު މީހުންނަކީ ދުރުހިލޭ ބަޔަކަށް އޮންނަނީ ވެފައެވެ. ވަކިން ޚާއްސަކޮށް ރީތި ރަސްމީ ދިވެހި ބަހަށްވުރެ މާ އުނދަގޫ، މާ ހަޑި ބަހުރުވައެއްގެ ވެރި ބައެއްގެ ގޮތުގައި ލޭބަލްވެފައިވެއެވެ. މިކަމުގެ ހެކި މިބަހުރުވަތަކާއި ގުޅުވައިގެން ހީނހީފައި ޖަހާ ޖޯކުތަކަށް އެކަނި ބަލާލުމުންވެސް ފުދޭނެއެވެ.

1996 ހާ ހިސާބުގައި ދައުލަތުގެ މީޑިޔާ ކަމަށްވާ ދިވެހިރާއްޖޭގެ އަޑުން، ދެކުނުގެ ޚަބަރާއި ޕްރޮގްރާމް ގެނެސްދޭން ފެށުނެވެ. އޭރު ދިވެހިރާއްޖޭގެ އެންމެން އަޑުއަހާ އެންމެ ގާތުގައިވެސް ވާނީ ރޭޑިއޯއެވެ. މުވާޞަލާތީ ވަސީލަތަށް އައި ކުރިއެރުމާއެކު ޓެލެފޯނު ވެސް ތަޢާރަފްވެގެން އައި އެޒަމާނުގައި ދެކުނުގެ ޚަބަރާއި މަޢުލޫމާތުގެ ކޮންޓެންޓް އުފެއްދުމަށްޓަކައި އައްޑޫގައި މީޑިއާ ސެންޓަރެއް ގާއިމްކުރެވި ފޯނު މެދުވެރިކޮށް 4 އަތޮޅުގެ އަޑު އިއްވަން ފެށުނެވެ. އަޅުގަނޑަކީ އެސެންޓަރުގައި މަސައްކަތް ކުރި އެކަކުކަމުން އެފެށި މަސައްކަތުގައި ކުރިމަތިވި ގޮންޖެހުންތައް ވަރަށް ސާފުކޮށް ކިޔައިދޭން އެނގެއެވެ.

ދެކުނުގެ ރައްޔިތުން އެކަކު އަނެކަކާއި ވާހަކަދައްކާއިރު އަތޮޅު ތަފާތުވިޔަސް ދެކުނު މީހެއްކަން އެނގުމުން ވާހަކަދައްކާނީ އެމީހެއްގެ އަމިއްލަ މާދަރީ ބަހުންނެވެ. ހުވަދޫ މީހަކާއި އަޅުގަނޑު ވާހަކަ ދައްކަން ޖެހުނަސް އަޅުގަނޑަކީ އައްޑޫ މީހެއްކަން އެނގޭ ހިސާބުން އެމީހަކު ރަށު ބަހަށް ބަދަލުކުރެއެވެ. އެހާ ހިސާބުން ދުރުހިލޭ ކަންވެސް ކެނޑި، ވިދާޅުވޭ، ދުރުވޭފަދަ، ދަރަޖައިގެ ތަފާތުކަން އަންގައިދޭ ބަސްތައްވެސް ހުއްޓާލާނެއެވެ.

ވާހަކައިގެ ވަކި ހިސާބަކުން ދެންއެވީ ރެކޯޑު ކުރުމާއި ހަމަޔަށް ދާށެވެ. މައިކު ދިއްކޮށްލުން ނުވަތަ ރެކޯޑު ކުރުމުގެ ހުއްދަ ހޯދާ ހިސާބުން އެޖެހުނީ ކަންތަކާއެވެ. އެހެންޏާ ހުއްޓުން އަރާނެއެވެ. ފިނިވެއެވެ. ގަނޑުވެ އަޑު ބެދޭ ގޮތްވެއެވެ. ރޭޑިޔޯއިން ގެނެސްދެނީ އާދައިގެ ނިކަމެތި ރައްޔިތުމީހާގެ އަޑެވެ. އޭނާގެ އިޙުސާސްތަކެވެ. އެމީހުންގެ ސާދާ ދިރިއުޅުންތަކެވެ. އެމީހުންގެ އެވާހަކަތައް ކިޔަދިނުމަށް ހުރި ހަމައެކަނި ހުރަހަކީ އޭރު އޮތް ނަސްލީތަފާތު ކުރުމެވެ. އެމީހުން ނުލާހިކު ފަރިތަވެފައި އެހާ ލޯބިވާ އަމިއްލަ ބަހުރުވަ ދައުލަތުގެ ޤައުމީ މީޑިއާ އާއި އަރާއަރަފޯދިގެން ނުވާތީއެވެ. މަދުބަޔަކު ފިޔަވައި އަމުދުން ރަސްމީ ބަހުން ވާހަކަ ދައްކަން ނޭނގޭ ކިތައްމެ މީހުންނާއި އޭރު ދިމާވެއެވެ. ވަކިން ޚާއްސަކޮށް ކުޑަކުދީންނާއި ޢުމުރުން ދޮށީ މީހުން މިލިސްޓުގެ ކުރިން ޖާގަ ހޯދާނެއެވެ. އަޅުގަނޑުމެންނަށް ޖެހެނީ އޮބިއަޅައިގެން ނަމަވެސް "މާލޭ ބަހުން" ވާހަކަ ދައްކުވާށެވެ. ދެންވާ ގޮތަކީ އެއަސަރާއި އެޖަޒްބާތުގައި ދައްކަން ބޭނުންވި ވާހަކަ، އެއްވެސް އުރަތްޕެއްނެތް ހާސަރުތަކަކަށް ބަދަލުވެގެން ދަނީއެވެ. ފެށުމެއް ނިމުމެއް ނޭނގޭހާވެސް ބޮޑަށެވެ.

އާޚިރުގައި އަޅުގަނޑުމެންނަށް ޖެހެނީ އެއަޑު މައްޗަށް ރަސްމީބަހުގެ އަޑު އަޅައިގެން ހުށަހަޅައިދޭށެވެ. މިކަންތައްވީ ވަރަށް ބޮޑު ތަކުލީފަކަށެވެ. ޝަކުވާ މަތިމައްޗަށް ކުރަމުންދާތީ އެތެރޭ ކޮއިލުގައި މިކަމުގެ ބަޙުޘު ފެށުނެވެ. އެދުވަސްވަރަކީ ދިވެހިރާއްޖޭގެ އަޑުގެ މިސްރާބު، ކޮމިއުނިޓީ ރޭޑިއޯ ތަކަކަށް ޖާގަ ދޭން އަމާޒު ހިފާފައިވާ ދުވަސްވަރަކަށްވެސް ވުމުން، މިނިސްޓަރު ސަމަރބްލޫ އިބްރާހިމް މަނިކާއި، އޭގެ ފަހުން ވަޑައިގެންނެވި މިނިސްޓަރު މުޙައްމަދު ނަޝީދާއި، ބަދުރުއްނަސީރުގެ އިތުރުން އަޑުގެ އިސްވެރިން، ދެކުނުގެ ރައްޔިތުންގެ ޝަކުވާތައް ބަލައިގަންނަވާ ޤައުމީ މީޑިއާއިން ބަހުރުވަތަކަށް ޖާގަ ހުސްކޮށް ދެއްވައިފިއެވެ. އެއާއެކު އަމިއްލަ "ފީލް" ގައި އަމިއްލަ ބަހުރުވައިން ކޮންމެ ވާހަކައެއްވެސް ފޮނުވާލެވުނެވެ. އިންޓަވިއުތަކާއި ޚަބަރުގެ އިތުރުން ރަށު ބަހުން ކިޔާ ޅެމާއި ލަވަތައް އިތުރުވެ ގިނަ ބައެއްގެ މަގުބޫލު ކަންވެސް ދެކުނު ބަހުރުވަތަކަށް ލިބެން ފެށިއެވެ.  ދައުލަތުގެ މީޑިޔާއިން ބަހުރުވަތަކަށް ކުރި ޤަދަރެއްގެ ބޮޑުކަމުން ބަހުރުވަތައް ދިރުވާ އާލާކުރުމަށް ޚާއްސަ ކޮންޓެންޓް ތައްޔާރު ކުރަންވެސް ފެށިއްޖެއެވެ.

އެއީ އައްޑޫގައި ގާއިމްކުރި ތަމްރީން މަރުކަޒުން އުފެއްދި ނިއުސްކާސްޓަރުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ބިއުރޯތަކުގައި ޤާއިމްވެތިބެ މަޢުލޫމާތު ފަތުރަންވެސް ފެށި ދަނޑިވަޅެވެ. އެއްވެސް ހިސާބެއްގެ ބަހުރުވައަކާމެދު އިހުމާލުނުވެ ރައްޔިތު މީހާގެ ހަޤީޤީ މަންޒަރާއި އަޑު ސާބިތުކަމާއެކު އިވި، ފެންނަން ފެށި ދުވަސްވަރަކީ އެއީއެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. އައުސާސްކަފާއެކު އައި ސިޔާސީ ކޯޅުންތަކުގެ އަސީރަކަށް މީޑިޔާ ވީއެވެ. ޚަރަދު ކުޑަކުރުމުގެ އެޖެންޑާތަކުގެ ތެރެއިން، މިދެންނެވި އަތޮޅު ބިއުރޯތަކަކީ ރާއްޖޭގެ މީޑިޔާގެ މާޒީއަށްވެ ނިމިއްޖެއެވެ. ދެން އައީ ޕްރައިވެޓައިޒޭޝަންގެ ޒަމާނެވެ. އަމިއްލަ މީޑިޔާތަކަށްވެސް ހިންދެމިލަން ޖާގަ ލިބުމުން އެމީހުން އަނެއްކާވެސް އެއްކަލަ އެކަހެރި ބަހުރުވަތައް ގާތްކޮށްލިއެވެ. ލައިވް ޝޯވްތަކާއި ޓޯކް ޝޯވްތަކުގެ ތެރެއިން  ލިބިގެންދިޔަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާވެސް އެކު، ބަސްމޮށެން ބޭނުން ކޮންމެ ގޮތަކަށް ދޫކޮށްލީއެވެ. މިކަންވީ ޒަމާނުއްސުރެ ދައުލަތުގެ މީޑިޔާގައި އޮތް ރީތި ބަސްމޮށުންތެރިކަމުގެ ސިޔާސަތާއި ފުށުއަރާކަމަކަށެވެ. މިއަދުވެސް ޕީއެސްއެމްގެ ޚަބަރުތަކާއި ޕްރޮގްރާމްތަކުގައި މުޖުތަމަޢު ބަލައިގަންނަ "އެކަށީގެންވާ" ބަސް ބޭނުންކުރުމަށް ނުހަނު ބާރުއަޅައެވެ. އެއީ ދައުލަތުގެ މީޑިޔާ ޚާއްސަވާ ސިފަވެސްމެއެވެ. ރާއްޖޭގެ އެހެން މީޑިޔާ ތަކުގައިވެސް މިއުސޫލަށް މިހާރު ޢަމަލު ކުރަމުން ދެއެވެ.  

މިއަދު އަނެއްކާވެސް ދައުލަތުގެ މީޑިޔާއިން އައްޑޫބަހުރުވައިން ޚަބަރު ކިޔަން ފަށައިފިއެވެ. އެތައް ބަޔަކު އެކަމަށް ތާއީދުކޮށް އުފާ ފާޅުކުރަމުން ދަނިކޮށް މިކަމުގައިވެސް ޚިޔާލު ތަފާތުވުން އުފެދިއްޖެއެވެ. މިއީ ބިރުވެރިކަމަށް ވެއްޖެއެވެ. ބައިބައިވުން އުފެދޭނެ ކަމެކޯލައެވެ. ތާރީޚުގައި ކަންހިނގާފައިވާ ގޮތަށް ބަލައި ދެކުނަށް އަބަދުވެސް އިނގިލި ދިއްކުރެވޭ ވަކިވެގަތުމުގެ ރޫހާއި އެއްގޮތް ކަމަކަށް ވީއެވެ. އެކަމަށް ތާއީދުކުރާ ބަޔަކު އަޑީގައި ތިބެގެން ހިންގާ އަޑި ނޭނގޭ ޖަރީމާއަކަށްވެސް ވީއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "އޭއޯނިއުސް" އިން ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ދެކުނުގެ ބަހުރުވަތަކުން ޚަބަރާއި މަޢުލޫމާތު ގެނެސްދެމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއެވެ. އެހެން މީޑިޔާތަކުންވެސް މިފަދަ ޕްރޮގްރާމްތައް ދުރަށް ދައްކައެވެ. ރާއްޖޭގެ ޤައުމީ ޓީވީ ޗެނަލަށް ނުވާތީ މިވީހާ ތަނަށް އެކަން ބޮޑުކަމަކަށް ނުވެއެވެ. މައްސަލަ ވަރަށް ސާފެވެ. މައްސަލައަކީ ބަހުރުވަތަކެއްވެސް ނޫނެވެ. އެއީ ދައުލަތުގެ ޝަރަފާއި ޢިއްޒަތާއި ކަރާމާތް އެކުލެވޭ މީޑިޔާއަކުން "ރާއްޖެތެރޭ މީހުންގެ" ކޮންޓެންޓު ދެއްކުމެވެ.

ރާއްޖޭގެ މުވާޞަލާތީ ވަސީލަތްތަކުން ފަސް އެނބުރި ބަލާލުމަށްފަހު މިކަމަށް ގޮތް ނިންމަންވީއެވެ. ދާންވީ ކުރިއަށްތޯ ނުވަތަ އަޅަންވީ ފަހަތަށް ފިޔަވަޅެއްތޯ ކިރާ ވަޒަންކޮށްލުމަށް ތިޔަ އެންމެ ބޭފުޅުންނަށް ދޫކޮށްލަމެވެ.

ޕީއެސްއެމް

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

21 އޮކްޓޯބަރު 2025
ޕީއެސްއެމްއިން ތަރުކާރުކޮށް ގާނޫނާ ހިލާފުވަމުންދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ޕީއެސްއެމްއިން ތަރުކާރުކޮށް ގާނޫނާ ހިލާފުވަމުންދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

06 މެއި 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
ޕީއެސްއެމްގެ ޗެއާޕާސަން ކަމަށް ނަމްޒާ އައްޔަންކޮށްފި

ޕީއެސްއެމްގެ ޗެއާޕާސަން ކަމަށް ނަމްޒާ އައްޔަންކޮށްފި

23 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު