Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެސްއެމް ގާނޫނާ ހިލާފުވުން

ޕީއެސްއެމްއިން ތަރުކާރުކޮށް ގާނޫނާ ހިލާފުވަމުންދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ ސިޔާސީ އަދި ޒާތީ މަސްލަހަތު ހިމާޔަތްކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 މެއި 2025 | އަންގާރަ 08:14
ޕަބްލިކް ސަރވިސް މީޑިއާ

ޕަބްލިކް ސަރވިސް މީޑިއާ

ޕީއެސްއެމްއިން ތަރުކާރުކޮށް ގާނޫނާ ހިލާފުވަމުންދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.

Advertisement - newsAdvertisement

އެ މައްސަލަ ހުށަހަޅާފައި ވަނީ ދައުލަތުގެ މީޑިއާއިން ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ވިދާޅުވެ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މަޖިލީހުގައި ބަހުސްކުރުމަށް ކަމަށް މެންބަރު ވަނީ މައްސަލައި ފާހަގަކުރައްވައިފައެވެ.

މައްސަލައިގައި ވިދާޅުވެފައި ވަނީ ބަންޑާރަ މީޑިއާ ނުވަތަ ދައުލަތުގެ މީޑިއާ އުފެއްދި ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާއި ސިޔާސަތުތަކުގެ އިމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެފައިވާ އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ދިވެހިރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުން އެއީ ދައުލަތުގެ މީޑިއާ އުފެދުމުގެ މަގުސަދެއް ކަމަށެވެ.

ހަމައެއާއެކު ދީނީ، އިގްތިސޯދީ، އިޖްތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ ދައުލަތުގެ މީޑިއާގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ވެސް އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުންނަށް މުހިންމުވާނެ ބައިނަލްއަގްވާމީ އެކި ކަންކަމާއި، ގައުމީ އެކި ކަންކަމުގެ ޚަބަރާއި، މައުލޫމާތާއި، ކަން ހިނގަމުންދާގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ، ބަންޑާރަ މީޑިއާގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކަމަށް ވެސް މައްސަލައިގައި ވިދާޅުވެފައިވެއެވެ.

ވަކިން ޚާއްސަކޮށް ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ދައުލަތުގެ މީޑިއާގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމާއި، ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައިވެސް ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުމަކީ، ދައުލަތުގެ މީޑިއާގެ ސިޔާސަތުތަކުގެ ތެރެއިން ސިޔާސަތެއް ކަމަށް މައްސަލައިގައި ވިދާޅުވެފައިވެއެވެ.

ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ބަންޑާރަ މީޑިއާއިން ހިންގައިގެން ނުވާނެކަމަށް، ދެންނެވުނު ގާނޫނު ގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވޭ
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި މައްސަލަ

މީގެ އިތުރުން ރާއްޖޭގައި ބާއްވާ އެކިއެކި އިންތިޚާބުތަކާއި، ރައްޔިތުންގެ އާންމު ވޯޓު ނެގުން ފަދަ ކަންކަމުގައި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިޝްތިހާރުކުރުމަށް ޖާގައާއި ވަގުތު ގަނެވޭނެ އުސޫލެއް ކަނޑައަޅަންޖެހޭކަން ވަނީ ފާހަގަ ކުރައްވައިފައެވެ.

އަދި ވާދަކުރާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލުމަށްފަހު ނޫނީ އިންތިޚާބުތަކާއި އާންމު ވޯޓުތަކާ ގުޅޭ ކެމްޕޭން އިޝްތިހާރުތައް ނުފޮނުވުމާއި ޝާއިއުނުކުރުން ގާނޫނުގައި ހިމަނައިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް އެއިން އެއްވެސް ހަމައަކާ އުސޫލަކަށް ބެލުމެއް ނެތި، ގައުމީ މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި، ވަކި ބަޔަކަށް ފުރުސަތުދީ، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގައިލައި، ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެ، ދައުލަތުގެ މީޑިއާގެ ޗެނަލްތަކުން މަސައްކަތް ކުރަމުންދޭ
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި މައްސަލަ

އަދި އެކަންކަމަކީ ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައިވެސް ހަމަހަމަކަން ގާއިމުނުކޮށް، ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނާ ޚިލާފަށް އެތަނުގެ މެނޭޖްމަންޓުން ހިންގަމުންގެންދާ ކަންތައްތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ދައުލަތުގެ މީޑިއާއިން، ތަކުރާރުކޮށް ގާނޫނާ ޚިލާފުވަމުންދާ މައްސަލަ އަކީ، ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ގާނޫނުގެ ބާރު ކަނޑުވައިލައި، ގާނޫނަށް އަމަލުނުކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހިތްވަރު ލިބޭ ފަދަ ކަމެއް ކަމަށް މައްސަލައިގައި ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ބަލައިގަތުމާއި ގުޅޭގޮތުން ނެގި ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ތެރެއިން 64 މެންބަރުން ވަނީ މައްސަލަ ބޭރުކޮށްލުމަށް ވޯޓު ދީފައެވެ. އަދި މައްސަލަ ބަލައިގަތުމަށް ޕީއެންސީގެ މެންބަރު އަހުމަދު އަޒާން ހިމެނޭހެން 12 މެންބަރަކު ވަނީ ވޯޓު ދީފައެވެ.

ޕީއެސްއެމް

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

21 އޮކްޓޯބަރު 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
ޕީއެސްއެމްގެ ޗެއާޕާސަން ކަމަށް ނަމްޒާ އައްޔަންކޮށްފި

ޕީއެސްއެމްގެ ޗެއާޕާސަން ކަމަށް ނަމްޒާ އައްޔަންކޮށްފި

23 ޑިސެމްބަރު 2024
ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީން އައްޔަނުކޮށްފި

ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީން އައްޔަނުކޮށްފި

22 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު