Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ މީޑިއާ

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

3 މެއި 2025 | ހޮނިހިރު 13:57

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ ސިޔާސީ އަދި ޒާތީ މަސްލަހަތު ހިމާޔަތްކުރަނީ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް، މަޖިލީހަށް މައްސަލައެއް ހުށަހަޅާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 3 މެއި 2025 | ހޮނިހިރު 13:57
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް: ވިދާޅުވީ ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ ސިޔާސީ އަދި ޒާތީ މަސްލަހަތު ހިމާޔަތްކުރަނީ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް: ވިދާޅުވީ ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ ސިޔާސީ އަދި ޒާތީ މަސްލަހަތު ހިމާޔަތްކުރަނީ ކަމަށް

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ ސިޔާސީ އަދި ޒާތީ މަސްލަހަތު ހިމާޔަތްކުރަނީ ކަމަށް ބުނެ, އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.

Advertisement - newsAdvertisement

އެ މައްސަލަ ހުށަހަޅާފައި ވަނީ ދައުލަތުގެ މީޑިއާއިން ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ވިދާޅުވެ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މަޖިލީހުގައި ބަހުސްކުރުމަށް ކަމަށް މެންބަރު ވަނީ މައްސަލައި ފާހަގަކުރައްވައިފައެވެ.

މައްސަލައިގައި ވިދާޅުވެފައި ވަނީ ބަންޑާރަ މީޑިއާ ނުވަތަ ދައުލަތުގެ މީޑިއާ އުފެއްދި ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާއި ސިޔާސަތުތަކުގެ އިމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެފައިވާ އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ދިވެހިރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުން އެއީ ދައުލަތުގެ މީޑިއާ އުފެދުމުގެ މަގުސަދެއް ކަމަށެވެ.

ހަމައެއާއެކު ދީނީ، އިގްތިސޯދީ، އިޖްތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ ދައުލަތުގެ މީޑިއާގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ވެސް އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުންނަށް މުހިންމުވާނެ ބައިނަލްއަގްވާމީ އެކި ކަންކަމާއި، ގައުމީ އެކި ކަންކަމުގެ ޚަބަރާއި، މައުލޫމާތާއި، ކަން ހިނގަމުންދާގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ، ބަންޑާރަ މީޑިއާގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކަމަށް ވެސް މައްސަލައިގައި ވިދާޅުވެފައިވެއެވެ.

ވަކިން ޚާއްސަކޮށް ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ދައުލަތުގެ މީޑިއާގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމާއި، ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައިވެސް ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުމަކީ، ދައުލަތުގެ މީޑިއާގެ ސިޔާސަތުތަކުގެ ތެރެއިން ސިޔާސަތެއް ކަމަށް މައްސަލައިގައި ވިދާޅުވެފައިވެއެވެ.

ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ބަންޑާރަ މީޑިއާއިން ހިންގައިގެން ނުވާނެކަމަށް، ދެންނެވުނު ގާނޫނު ގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވޭ
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި މައްސަލަ

މީގެ އިތުރުން ރާއްޖޭގައި ބާއްވާ އެކިއެކި އިންތިޚާބުތަކާއި، ރައްޔިތުންގެ އާންމު ވޯޓު ނެގުން ފަދަ ކަންކަމުގައި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިޝްތިހާރުކުރުމަށް ޖާގައާއި ވަގުތު ގަނެވޭނެ އުސޫލެއް ކަނޑައަޅަންޖެހޭކަން ވަނީ ފާހަގަ ކުރައްވައިފައެވެ.

އަދި ވާދަކުރާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލުމަށްފަހު ނޫނީ އިންތިޚާބުތަކާއި އާންމު ވޯޓުތަކާ ގުޅޭ ކެމްޕޭން އިޝްތިހާރުތައް ނުފޮނުވުމާއި ޝާއިއުނުކުރުން ގާނޫނުގައި ހިމަނައިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް އެއިން އެއްވެސް ހަމައަކާ އުސޫލަކަށް ބެލުމެއް ނެތި، ގައުމީ މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި، ވަކި ބަޔަކަށް ފުރުސަތުދީ، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގައިލައި، ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެ، ދައުލަތުގެ މީޑިއާގެ ޗެނަލްތަކުން މަސައްކަތް ކުރަމުންދާ ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މައްސަލަ

އަދި އެކަންކަމަކީ ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައިވެސް ހަމަހަމަކަން ގާއިމުނުކޮށް، ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނާ ޚިލާފަށް އެތަނުގެ މެނޭޖްމަންޓުން ހިންގަމުންގެންދާ ކަންތައްތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ދައުލަތުގެ މީޑިއާއިން، ތަކުރާރުކޮށް ގާނޫނާ ޚިލާފުވަމުންދާ މައްސަލަ އަކީ، ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ގާނޫނުގެ ބާރު ކަނޑުވައިލައި، ގާނޫނަށް އަމަލުނުކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހިތްވަރު ލިބޭ ފަދަ ކަމެއް ކަމަށް މައްސަލައިގައި ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޕީއެސްއެމްމުހައްމަދު އިބްރާހިމް (ކުޑޫ)މޯލްޑިވްސް މީޑިއާ ކައުންސިލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު
04 ޑިސެމްބަރު 2025

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

04 ޑިސެމްބަރު 2025
ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި
04 ޑިސެމްބަރު 2025

މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް