Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެސްއެމްގެ ޗެއާޕާސަންކަމަށް ނަމްޒާ

ޕީއެސްއެމްގެ ޗެއާޕާސަން ކަމަށް ނަމްޒާ އައްޔަންކޮށްފި

ނަމްޒާ ޕީއެސްއެމް ޗެއާޕާސަންއަކަށް އައްޔަން ކުރިކަން އިއުލާނުކުރީ ޕީސީބީ އިން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 23 ޑިސެމްބަރު 2024 | ހޯމަ 11:50
ޕީއެސްއެމްގެ ޗެއާޕާސަން އައިމިނަތް ނަމްޒާ

ޕީއެސްއެމްގެ ޗެއާޕާސަން އައިމިނަތް ނަމްޒާ

ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) ޗެއާޕާސަންއަކަށް, މަޝްހޫރު ޕްރެޒެންޓަރު އާމިނަތު ނަމްޒާ އައްޔަންކުރައްވައިފި އެވެ.

ނަމްޒާ ޕީއެސްއެމް ޗެއާޕާސަންއަކަށް އައްޔަން ކުރިކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައިއެވެ.

Advertisement - newsAdvertisement

ޕީސީބީ އިން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި ޗެއާޕާސަން ކަމަށް މ. ހަނީކޯމްބް، އާމިނަތު ނަމްޒާ އައްޔަންކޮށްފައިވާ ކަމަށެވެ.

ނަމްޒާ ޕީއެސްއެމް ޗެއާޕާސަންއަކަށް ހަމަޖެއްސިކަން ޕީސީބީ އިން ރަސްމީކޮށް އިއުލާނު ކުރިއިރު، ނަމްޒާއަށް ވަނީ މަގާމުގެ ރަސްމީ ސިޓީ ވެސް ލިބިފައިއެވެ.

ދައުލަތުގެ މީޑިއާގައި ގިނަ އަހަރުތަކެއް ވަންދެން ޕްރެޒެންޓަރެއްގެ ގޮތުގައި ޕްރޮގްރާމްތައް ހުށަހަޅުއްވާ ދެއްވާފައިވާ ނަމްޒާ އެންމެފަހުން އަދާކުރައްވާފައިވަނީ ސިޓީސް, ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމެވެ.

މި ސަރުކާރުގައި ނަމްޒާ ފުރަތަމަ އައްޔަންކުރެއްވީ ޖެންޑާ, ފެމިލީ އެންޑް ސޯޝަލް ސާވިސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށެވެ.

ނަމްޒާ ޕީއެސްއެމްގެ ޗެއާޕާސަންކަމުގެ މަގާމަށް އައްޔަންކުރެއްވިއިރު، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަސްރީން (ނައްޓު) އާދިއްތަ ދުވަހު ވަނީ އައްޔަންކުރައްވާފަ އެވެ.

ޕީއެސްއެމް

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
21 އޮކްޓޯބަރު 2025

40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

21 އޮކްޓޯބަރު 2025
40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި
06 މެއި 2025

ޕީއެސްއެމްއިން ތަރުކާރުކޮށް ގާނޫނާ ހިލާފުވަމުންދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

06 މެއި 2025
ޕީއެސްއެމްއިން ތަރުކާރުކޮށް ގާނޫނާ ހިލާފުވަމުންދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
03 މެއި 2025

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް
22 ޑިސެމްބަރު 2024

ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީން އައްޔަނުކޮށްފި

22 ޑިސެމްބަރު 2024
ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީން އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު