Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒަވީގެ ތައުރީފު ޑެމްބެލޭއަށް

ޑެމްބެލޭއަށް އެންމެ މޮޅު ކުޅުންތެރިޔާއަށް ވެވޭނެ: ޒަވީ

2 އެޕްރީލު 2022 | ހޮނިހިރު 15:14

މިރޭގެ މެޗަށް ދެޓީމުވެސް ނުކުންނާނީ ތާވަލުގެ ދެވަނަ ޔަގީންކުރަން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 2 އެޕްރީލު 2022 | ހޮނިހިރު 15:14
ބާސެލޯނާގެ ކޯޗު ޒަވީ އާއި ޑެމްބެލޭ

ބާސެލޯނާގެ ކޯޗު ޒަވީ އާއި ޑެމްބެލޭ | ފޯރަމް ޑެއިލީ

ބާސެލޯނާގެ ޒުވާންތަރި އޮސްމާން ޑެމްބެލޭ މަސައްކަތް ކޮށްފިނަމަ އޭނާ ކުޅޭ ޕޮޒިޝަންގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެވޭނެކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ސެވިޔާއާއި ދެކޮޅަށް ލަލީގާގައި ނުކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެމްބެލޭ އާއި ބެހޭގޮތުން ޒަވީއަށް ވަނީ ސުވާލު ކުރިމަތިވެފައެވެ. ޒަވީ ބުނީ ޓީމުގެ ކުޅުމުގައި ޑެމްބެލޭ ބަރާބަރަށް ބައިވެރިވެ، މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާއާއި މެދު އެއްވެސް ޝަކުވާއެއްވެސް ނެތް ކަމަށެވެ.

މި ސީޒަން ނިމުމާއެކު ކުރިއަށް އޮތް ޓްރާންސްފަރ މާކެޓުގައި ޑެމްބެލޭ ބާސެލޯނާ ދޫކޮށްލާފާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. ޒަވީ ބުނީ އެއީ ޑެމްބެލޭ އަމިއްލައަށް ނިންމާނެ ކަމެއް ކަމަށެވެ. ނަމަވެސް މަސައްކަތް ކޮށްފިނަމަ އޭނާ ކުޅޭ ޕޮޒިޝަންގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެވޭނެކަމަށެވެ. އަދި ޑެމްބެލޭ އަކީ ޓީމުގައި ތަފާތުދައްކާ، ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ޒަވީ ފާހަގަ ކުރިއެވެ.

އިންޓަރނޭޝަނަލް ބްރޭކަށްފަހު ބާސެލޯނާއިން މިރޭ ސެވިޔާ އާއި ދެކޮޅަށް ނުކުންނައިރު، ދެޓީމުގެވެސް އަމާޒު އޮތީ ލީގު ތާވަލުގެ ދެވަނަ ޔަގީން ކުރުމަށެވެ. ޒަވީ ބުނީ މިއީ ބާސެލޯނާއަށް ފައިނަލެއް ކަހަލަ މެޗެއް ކަމަށެވެ. އަދި ޓީމުން މިހާރު ދައްކަމުން އަންނަ ރަނގަޅު ކުޅުމަށް ބަލައި އެކަން ކާމިޔާބުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ލީގު ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ 66 ޕޮއިންޓު ހޯދައިގެންނެވެ. 57 ޕޮއިންޓާއެކު ދެވަނައިގައި ސެވިޔާ އޮތްއިރު، ތިންވަނައިގައި ބާސެލޯނާ އޮތީ 54 ލިބިގެންނެވެ. އެހެންކަމުން ތާވަލުގެ ދެވަނައަށް އެރުމަށްޓަކައި މި މެޗުން މޮޅުވުން ބާސެލޯނާއަށް މަޖުބޫރެވެ. އޭރުން ފައިދާ ގޯލާއެކު ބާސެލޯނާއަށް ތާވަލުގެ ދެވަނައަށް ޖެހިލެވޭނެއެވެ.

ޒަވީ ބުނީ ސެވިޔާއިން މިވަގުތު އޮތީ އެންމެ ރަނގަޅު ފޯމުގައި ނޫން ނަމަވެސް އެޓީމަކީ ކޮންމެ ފަދަ ނަތީޖާ އެއްވެސް ނެރެވިދާނެ ޓީމެއް ކަމަށެވެ. އަދި އެޓީމުގެ ކޯޗުގެ މޮޅުކަން ފާހަގަކޮށް ޒަވީ ވަނީ ސެވިޔާއަކީ ތަފާތު މޮޅު ޓީމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ތާވަލުގެ ދެވަނައިގައި ޓީމު އޮތީ އޭގެ ހެއްކެއްކަމަށް ޒަވީ ބުންޏެވެ.

ސެވިޔާއިން ލަލީގާގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ބާކީ ހަތަރު މެޗުންވެސް އެޓީމު ވަނީ ނަތީޖާ ނުނެރެވި އެއްވަރުވެފައެވެ. ބާސެލޯނާ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުވެސް ކާމިޔާބު ކުރިއެެވެ.

ޒަވީބާސެލޯނާއޮސްމާނޭ ޑެމްބެލޭ

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2026

ރަފީނިއާގެ ހެޓްރިކް އިން މޮޅުވެ، ބާސެލޯނާ ފޯމުގައި

20 ސެޕްޓެމްބަރު 2026
ރަފީނިއާގެ ހެޓްރިކް އިން މޮޅުވެ، ބާސެލޯނާ ފޯމުގައި
17 ސެޕްޓެމްބަރު 2026

ރަފީނިއާގެ ހެޓްރިކުން މޮޅުވެ، ބާސެލޯނާ އަށް ހަތް ލަނޑުގެ މޮޅެއް

17 ސެޕްޓެމްބަރު 2026
ރަފީނިއާގެ ހެޓްރިކުން މޮޅުވެ، ބާސެލޯނާ އަށް ހަތް ލަނޑުގެ މޮޅެއް
14 ސެޕްޓެމްބަރު 2026

ޔަމާލްގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ތިން ޕޮއިންޓުގެ ލީޑެއް

14 ސެޕްޓެމްބަރު 2026
ޔަމާލްގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ތިން ޕޮއިންޓުގެ ލީޑެއް
10 ސެޕްޓެމްބަރު 2026

ރަފީނިއާގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ރަނގަޅު ފެށުމެއް

10 ސެޕްޓެމްބަރު 2026
ރަފީނިއާގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ރަނގަޅު ފެށުމެއް
07 ސެޕްޓެމްބަރު 2026

ބޮޑު މޮޅާ އެކު ބާާސެލޯނާ އަށް ދެ ޕޮއިންޓުގެ ލީޑެއް

07 ސެޕްޓެމްބަރު 2026
ބޮޑު މޮޅާ އެކު ބާާސެލޯނާ އަށް ދެ ޕޮއިންޓުގެ ލީޑެއް
03 ސެޕްޓެމްބަރު 2026

މާޓިނޭޒް އަށް ބާސެލޯނާގެ ހުށަހެޅުމެއް ލިބުނު، އެކަމަކު ނިންމީ އިންޓަރގައި މަޑު ކުރަން

03 ސެޕްޓެމްބަރު 2026
މާޓިނޭޒް އަށް ބާސެލޯނާގެ ހުށަހެޅުމެއް ލިބުނު، އެކަމަކު ނިންމީ އިންޓަރގައި މަޑު ކުރަން
02 ސެޕްޓެމްބަރު 2026

ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން، ޖީސޫސް ބާސެލޯނާ އަށް ސޮއިކޮށްފި

02 ސެޕްޓެމްބަރު 2026
ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން، ޖީސޫސް ބާސެލޯނާ އަށް ސޮއިކޮށްފި
01 ސެޕްޓެމްބަރު 2026

ފަހަތުން އަރައި ވަޔެކާނޯ ބަލިކޮށް، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

01 ސެޕްޓެމްބަރު 2026
ފަހަތުން އަރައި ވަޔެކާނޯ ބަލިކޮށް، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް
31 އޯގަސްޓު 2026

އާސެނަލް ދޫކޮށް، ޖީސޫސް ބާސެލޯނާ އަށް

31 އޯގަސްޓު 2026
އާސެނަލް ދޫކޮށް، ޖީސޫސް ބާސެލޯނާ އަށް
24 އޯގަސްޓު 2026

ފަސް ލަނޑުގެ މޮޅާ އެކު، ޗެމްޕިއަން ބާސެލޯނާ އަށް ވަރުގަދަ ފެށުމެއް

24 އޯގަސްޓު 2026
ފަސް ލަނޑުގެ މޮޅާ އެކު، ޗެމްޕިއަން ބާސެލޯނާ އަށް ވަރުގަދަ ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް