Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސާއަށް ދިމާވެފައިވާ މާލީ ދަތިކަން

ޕީކޭ، ބުސްކެޓްސް އަދި އަލްބާގެ މުސާރަ ކުޑަކުރަނީ!

މިއަންނަ ސީޒަންގެ ތެރޭގައި މިކުޅުންތެރިންނަށް ގާތްގަނޑަކަށް 100 މިލިއަން ޔޫރޯ ކްލަބުން ހޭދަކުރަން ޖެހޭނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 27 މާރިޗު 2022 | އާދީއްތަ 08:55
ބާސެލޯނާގެ ޕީކޭ، ބުސްކެޓްސް އަދި އަލްބާ

ބާސެލޯނާގެ ޕީކޭ، ބުސްކެޓްސް އަދި އަލްބާ

ސްޕެއިންގެ ބާސެލޯނާއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ކްލަބުގައި ހުރި ދުވަސްވީ ކުޅުންތެރިންގެ މުސާރަ ދަށްކުރުމުގެ މަސައްކަތް އެކްލަބުން ފަށައިފިއެވެ.

މުސާރަ ދަށްކުރުމަށްޓަކައި ބާސެލޯނާއިން މަޝްވަރާކުރާނެކަމަށް ރިޕޯޓުކޮށްފައިވާ ކުޅުންތެރިންނަކީ ޖެރާޑް ޕީކޭ، ޖޯޑީ އަލްބާ އަދި ސާޖިއޯ ބުސްކެޓްސްއެވެ. މިހާރުގެ އެގްރިމެންޓަށް ބަލާނަމަ މިއަންނަ ސީޒަންގެ ތެރޭގައި މިކުޅުންތެރިންނަށް ގާތްގަނޑަކަށް 100 މިލިއަން ޔޫރޯ ކްލަބުން ހޭދަކުރަން ޖެހޭނެއެވެ. އެއީ މި ކުޅުންތެރިންގެ މުސާރައާއި، ޑިލޭޑް ޕޭމެންޓްސް އަދި ބޯނަސްގެ ގޮތުގައެވެ.

މި ކުޅުންތެރިންގެ މުސާރައިން ބައެއް އުނިކުރެވިއްޖެ ނަމަ ނުވަތަ ޕޭމެންޓް ލަސް ކުރުމަށް ކުޅުންތެރިން އެއްބަސްވެއްޖެ ނަމަ ބާސެލޯނާއަށް މިއަހަރުގެ ސަމާ ޓްރާންސްފާގައި ރަނގަޅު ކުޅުންތެރިންތަކެއް ގަތުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންކަމުން ޓީމުން އަންނަނީ އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓީމުން މަސައްކަތް ކުރަމުން އަންނަ ގޮތަށް މި ކުޅުންތެރިންގެ މުސާރައަށް ބަދަލުގެންނަން އެކުޅުންތެރިން އެއްބަސް ނުވެއްޖެނަމަ ފައިނޭންޝިއަލް ފެއަރޕްލޭގެ ބިރު ބާސާއަށް އެބައޮތެވެ. ބާސާއިން އަންނަނީ އާލިން ހާލަންޑް އަދި ރޮބާޓް ލެވަންޑޯސްކީ ފަދަ ބޮޑެތި ކުޅުންތެރިންނަށް ކަޅި އަޅަމުންނެވެ.

ބާސާގެ ޚަރަދުތައް ކުޑަ ކުރުމަށްޓަކައި ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މިކަމަށް ސީދާ ހައްލެއް އަދި ނުލިބެއެވެ.

މި ކުޅުންތެރިންގެ މުސާރަ ކުޑަ ކުރުމަކީ ބާސެލޯނާގެ ސްޕޯޓިންގ ޑިރެކްޓަރ މެތިއު އަލެމަނީއަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. މި ތިން ކުޅުންތެރިންވެސް ވަނީ ޓީމުގެ މާލީ ހާލަތަށް ބަލައި އެމީހުންގެ ޕޭމެންޓުތައް ޑިލޭ ކުރުމަށް މީގެ ކުރިންވެސް އެއްބަސްވެފައެވެ. އަދި ބޯނަސްއިން ބައެއް ކަނޑާލުމަށްވެސް އެކުޅުންތެރިން އޭރު އެއްބަސްވިއެވެ. ނަމަވެސް ސީދާ މުސާރަ ކުޑަ ކުރުމަށް ބާސާއިން މަސައްކަތްކުރާ މިއީ ފުރަތަމަ ފަހަރެވެ.

ޓީމުގެ ދުވަސްވީ މިޑްފީލްޑަރު ބުސްކެޓްސްގެ ކޮންޓްރެކްޓް ހަމަވާނީ 2023 ވަނަ އަހަރުއެވެ. އެހެންކަމުން ކޮންޓްރެކްޓް އިތުރުކޮށް، ޕޭމެންޓް ފަހުން ދައްކާގޮތަށް އޭނާ އެއްބަސް ކުރުވިދާނެކަމަށް ބެލެވެއެވެ. ނަމަވެސް ޕީކޭގެ ކޮންޓްރެކްޓް ހަމަވާނީ 2024 ވަނަ އަހަރުއެވެ. ކޮންޓްރެކްޓް ހަމަވާއިރު އޭނާއަށް 37 އަހަރު ވާނެއެވެ. އަލްބާގެ ކޮންޓްރެކްޓް ހަމަވާއިރު އޭނާއަށްވެސް 35 އަހަރު ވާނެއެވެ.

އެހެންކަމުން މި ދެ ކުޅުންތެރިން މިޑީލަށް އެއްބަސް ކުރުވުމަކީ ބާސެލޯނާއަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް ޑިފެންޑަރު ސަމިއުލް އުމްޓިޓީގެ ފަރާތުން ނަމޫނާ ނަގައިގެން މި ކުޅުންތެރިންވެސް މުސާރަ ކުޑަ ކުރުމަށް އެއްބަސްވުމަކީ މިވަގުތު ޓީމަށް އެންމެ ފައިދާ ބޮޑު ގޮތެވެ.

ބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު