Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

23 މާރިޗު 2022 | ބުދަ 03:06

ހަނގުރާމަ ދިގުލައިގެންދާވަރަކަށް ނިޔުކުލިއަރ ހަނގުރާމައެއްގެ ތެރެއަށް ވަދެދާނެކަމުގެ ކަންބޮޑުވުން ހުޅަނގުން އަންނަނީ ފާޅުކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 މާރިޗު 2022 | ބުދަ 03:06
ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް

ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް

ރަޝިޔާ އާއި ޔޫކްރެއިނާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ނިޔުކުލިއަރ ހަތިޔާރުގެ ބޭނުން ހަމައެކަނި ހިފާނީ ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ވަރަށް ބޮޑަށް ދިޔުމުންކަމަށް ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވެއްޖެއެވެ.

ސީއެންއެންއަށް ދެއްވި އިންޓަރވިއުއެއްގައި ޕެސްކޮވް މިހެން ވިދާޅުވިއިރު ހަނގުރާމަ ދިގުލައިގެންދާ ވަރަކަށް ނިޔުކުލިއަރ ހަނގުރާމައެއްގެ ތެރެއަށް ވަދެދާނެކަމުގެ ކަންބޮޑުވުން ހުޅަނގުން އަންނަނީ ފާޅުކުރަމުންނެވެ.

ޕެސްކޮވް މިހެން ވިދާޅުވީ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން މިހަނގުރާމައިގައި ނިޔުކުލިއަރ ހަތިޔާރު ބޭނުންނުކުރައްވާނެ ކަމުގެ ކިހާ މިންވަރެއްގެ ޔަގީންކަމެއް އޮތްތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ޕެސްކޮވް ވިދާޅުވީ އެތެރޭގެ ސަލާމަތާއި ގުޅުން ހުރި ކަންކަމާއި ގުޅޭ ސިޔާސަތުތަކެއް އެކުލަވާލާފައި އޮންނަކަމަށާއި އެ ވަނީ އާންމުކުރެވިފައި ކަމަށެވެ. އަދި ނިޔުކުލިއަރ ހަތިޔާރު ބޭނުންކުރާނީ ކޮން ހާލަތްތަކެއްގައިކަންވެސް އެސިޔާސަތުގައި ބަޔާންކޮށްފައިވާކަމަށް ޕެސްކޮވް ވިދާޅުވިއެވެ. ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުން ހިފޭނެކަމަށް އެސިޔާސަތުގައި ބަޔާންވެފައިވާކަމަށް ޕެސްކޮވް ވިދާޅުވިއެވެ.

އެނޫން އެހެން އެއްވެސް ހާލަތެއްގައި ނިޔުކުލިއަރ ހަތިޔާރުގެ ބޭނުން ނުހިފޭނެކަމަށް ޕެސްކޮވް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށިއިރު ޕުޓިން ވަނީ އެގައުމުގެ ނިޔުކުލިއަރ ފައުޖުތައް ހައި ހެލާރޓަށް ގެންނަވާފައެވެ. އެއާއެކު ކަންބޮޑުވުންތައް އިތުރުވެފައިވެސް ވެއެވެ.

ހަނގުރާމައަށް މަހެއްވާން އެއް ދުވަހަށް ވެފައިވާއިރު ރަޝިޔާއިން ވަނީ ޔޫކްރެއިނަށް ހަމަލާދިނުމުގައި ހައިޕަރސޮނިކް މިސައިލްގެ ބޭނުންކޮށްފައެވެ. މިއީ، ގަޑިއަކު 6،000 ކިލޯ މީޓަރަށްވުރެ ބާރުމިނުގައި، އަޑަށްވުރެ 10 ގުނަ ބާރުމިނުގައި ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ. ހަމަ މިއާއެކު، އުހުގައި ދަތުރުކޮށް، ޖައްވުގައި ހުއްޓައި، ބިމަށް ތިރިކުުރުމުގެކުރިން މީގެ ސްޕީޑާއި މިސްރާބު ބަދަލު ކޮށްލުމުގެ ގާބިލްކަން ލިބިފައިވެއެވެ.

މިއީ ހަނގުރާމައެއްގައި ހައިޕަރސޮނިކް މިސައިލް ބޭނުންކުރި ފުރަތަމަ ފަހަރުވެސް މެއެވެ. ރަޝިއާއިން ހައިޕަރސޮނިކް މިސައިލް އުފައްދާފައިވާކަން ހާމަކޮށްފައިވަނީ 2018 ވަނަ އަަހަރުއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް
15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް