Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ޒެލެންސްކީގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައި ވަނީ، ޔުކްރެއިން އަށް ހަގީގީ ސުލްޙައެއް ހޯދުމަށް އެމެރިކާގެ ފަރާތްތަކާ އެކު ހެޔޮ ނިޔަތުގައި މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. ފޯނު ކޯލަށް އިޝާރާތް ކުރައްވައި ޒެލެންސްކީ ވިދާޅުވީ، އެމެރިކާ އާއެކު ކުރިއަށް ގެންދާނެ މަޝްވަރާތަކާއި، މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތްތައް އަދި ކުރިއަށް އޮތް ތަނުގައި އަޅާނެ ފިޔަވަޅު ތަކާ މެދު ވެސް އެއްބަސްވެވިފައިވާ ކަމަށެވެ.

ޔޫކްރެއިންގައި ދެމެހެއްޓެނިވި އަދި އިންސާފުވެރި ސުލްހައެއް ގާއިމުކުރުމަށް އެމެރިކާގެ ސަފީރު ވިޓްކޮފް އާއި ޔޫކްރެއިންގެ އިސް ވާހަކަ ދައްކާ ފަރާތް މިއާމީގައި ދެ ދުވަހުގެ މަޝްވަރާތަކެއް ބާއްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2025 | އާދީއްތަ 06:09
ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ޔުކްރެއިންގެ ރައީސް ޒެލެންސްކީ

އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ޚާއްސަ މަންދޫބު ސްޓީކް ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް، ޔުކްރެއިން ގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ޒެލެންސްކީ ވިދާޅުވެފައި ވަނީ ޓްރަމްޕް ގެ ޚާއްސަ މަންދޫބު ވިޓްކޮފް އަދި ޓްރަމްޕް ގެ ދަރިކަލުން ޖެރާޑް ކުޝްނާ އާއެކު ގިނަ ވަގުތު ތަކަށް ދެމިގެން ދިޔަ، ދިގު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށާއި، އެއީ ވަރަށް މުހިންމު ފޯނު ކޯލެއް ކަމަށެވެ.

ޒެލެންސްކީ ގެ އެކްސް އެކައުންޓު ގައި ކުރެއްވި ޕޯސްޓެއް ގައި އޭނާ ވިދާޅުވެފައި ވަނީ، ޔުކްރެއިން އަށް ހަގީގީ ސުލްޙައެއް ހޯދުމަށް އެމެރިކާގެ ފަރާތްތަކާ އެކު ހެޔޮ ނިޔަތުގައި މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. ފޯނު ކޯލަށް އިޝާރާތް ކުރައްވައި ޒެލެންސްކީ ވިދާޅުވީ، އެމެރިކާ އާއެކު ކުރިއަށް ގެންދާނެ މަޝްވަރާތަކާއި، މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތްތައް އަދި ކުރިއަށް އޮތް ތަނުގައި އަޅާނެ ފިޔަވަޅު ތަކާ މެދު ވެސް އެއްބަސްވެވިފައިވާ ކަމަށެވެ.

މިދިޔަ ހަފުތާ ގެ ތެރޭގައި ވިޓްކޮފް އާއި ކުޝްނާ ވަނީ ޔުކްރެއިން ސަރުކާރު ގެ އިސް އޮފިޝަލުންނާ ވެސް ބައްދަލު ކުރައްވާފަ އެވެ. އެމެރިކާ ގެ މިއާމީގާއި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ޔުކްރެއިންގެ ފަރާތުން އިސްކޮށް ބައިވެރިވެފައި ވަނީ ރުސްޓެމް އުމެރޮވް އެވެ. ދެ ދުވަހަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ވަނީ ބިނާކުރު ވަނިވި ގިނަ ކަންކަމަށް މަޝްވަރާ ކޮށްފައި ކަމަށް ހާމަ ކޮށްފައިވެ އެވެ.

އޭގެ ފަހުން ވިޓްކޮފް ވަނީ ރަޝިޔާ ގެ ވެރި ރަށް މޮސްކޯ އަށް ވަޑައިގެން، އެ ޤައުމު ގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެ ބައްދަލުވުމުގެ މައުލޫމާތު އުމްރޮވް އަށް ހިއްސާ ކުރާނެ ކަމަށް ބެލެވެ އެވެ. އެކަމާ ގުޅޭ ގޮތުން ޒެލެންސްކީ ވިދާޅުވެފައި ވަނީ، އުމެރޮވް އެނބުރި ޔުކްރެއިން އަށް ވަޑައިގެންނެވުމުން މަޝްވަރާ ތަކުގެ ތަފްސީލީ ރިޕޯޓެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި ޒެލެންސްކީ ވިދާޅުވީ، ހުރިހާ ކަމަކީ ފޯނު ގުޅައިގެން މަޝްވަރާ ކުރެވޭނެ ކަންކަން ނޫން ކަމަށެވެ. އެހެންވެ، ހުށަހުޅުންތަކާއި، ޑިމާންޑުތަކާ ގުޅޭ ގޮތުން ޔުކްރެއިންގެ ޓީމުތަކާ އެކު ގާތުން މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ޔުކްރެއިންގެ އުސޫލަކީ ހުރިހާ ކަމެއް ވެސް އަމަލީ ގޮތެއްގައި ކުރުމުގެ އުސޫލު ކަމަށް ޒެލެންސްކީ ފާހަގަ ކުރެއްވި އެވެ.

ޒެލެންސްކީ އާއި ވިޓްކޮފް މަޝްވަރާ ކުރައްވާފައިވާއިރު، އެމެރިކާގެ ފަރާތުން ހަނގުރާމަ ނިންމުމަށް ހުށަހަޅާފައިވާ ޕްލޭންއާ ގުޅޭ ގޮތުން ގެންދަނީ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. ހަނގުރާމަ ނިންމުމަށް އެމެރިކާ އިން ވަރަށް ބޮޑަށް ބާރު އަޅަމުން އަންނައިރު، އެކަމުގައި އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަމަށް ޒެލެންސްކީ ވަނީ މީގެ ކުރިން ވެސް ހާމަ ކުރައްވާފަ އެވެ.

މަސްދަރު: ރޮއިޓާސް

ވުލެޑިމިއަރ ޒެލެންސްކީސްޓީވް ވިޓްކޮފްޑޮނަލްޑް ޓްރަމްޕްޔޫކްރެއިން-ރަޝިޔާޖަރެޑް ކުޝްނަރސްޓީވް ވިޓްކޮފްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު