Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

މި ޔޮޓް އުޅޭ ހިސާބު ރާޑަރުން ގެއްލުނު ކަމަށް އެންމެ ފަހުން ރިޕޯޓު ކޮށްފައި ވަނީ ދެކުނު އެފްރިކާ ގެ ކޭޕް ޓައުން އަށް ދަތުރު ކުރަނިކޮށް

ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2025 | ބުރާސްފަތި 14:30
ރަޝިޔާގެ 500 މިލިއަން ޑޮލަރުގެ "ނޯޑް" މެގަޔޮޓް ދޫނިދޫ ކައިރީގައި އަޅާފައި

ރަޝިޔާގެ 500 މިލިއަން ޑޮލަރުގެ "ނޯޑް" މެގަޔޮޓް ދޫނިދޫ ކައިރީގައި އަޅާފައި

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ އެވެ.

ބުރާސްފަތި ދުވަހު ޔޮޓް ދޫނިދޫ ކައިރީގައި އޮއްވައި މި ނޫހުގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. ޔޮޓުގެ ފަހަތު ކޮޅުގައި "ނޯޑް" ޖަހާފައިވާ ވީޑިއޯ އާއި ފޮޓޯ މި ނޫހުގެ ނޫސްވެރިންނަށް ވަނީ ލިބިފަ އެވެ.

Advertisement - newsAdvertisement

މި ޔޮޓް އުޅޭ ހިސާބު ރާޑަރުން ގެއްލުނު ކަމަށް އެންމެ ފަހުން ރިޕޯޓު ކޮށްފައި ވަނީ ދެކުނު އެފްރިކާ ގެ ކޭޕް ޓައުން އަށް ދަތުރުކުރަނިކޮށް ކަމަށް ރޮބްރިޕޯޓް ގައި ލިޔެފައި ވެއެވެ. އެ ހިސާބުން އެ ޔޮޓުގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އައި.އައި.އެސް) އިން ލޮކޭޝަން ޓްރާންސްމިޓް ކުރުން ހުއްޓާލި ކަމަށް ވެސް ވަނީ ބުނެފަ އެވެ. އޭގެ ފަހުން ޔޮޓު ލޮކޭޓް ކުރެވޭ ގޮތް ނުވާ ކަމަށް ވެސް ރިޕޯޓު ގައި ވެއެވެ.

ނޯޑް ނަމަކަށް ކިޔާ މި ޔޮޓާ ބެހޭ އެންމެ ފަހުން ލިބިފައިވާ މައުލޫމާތު ކަމަށް ބުނެ ދެ ލައްކަ މީހުން ސަބްސްކްރައިބް ކޮށްފައިވާ ޔޫޓިއުބް ޗެނަލް "އީސީސްމަން ސުޕަރޔޮޓްސް" އިން ރާއްޖޭގައި މި ސުޕަރޔޮޓް ދަތުރުކުރާ ފުޓޭޖެއް ރިލީޒްކޮށްފައިވެއެވެ. އެ ފުޓޭޖު ގައި ފެންނަނީ 465 ފޫޓުގެ މި ޔޮޓު މާފުށިން މާލެއަށް ދަތުރުކުރާތަން ކަމަށް ބުނެފައި ވެއެވެ. އަދި އެ ފުޓޭޖުން ފެންނަނީ ނޯޑް ޔޮޓް ކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މޯޑަޝޮވް އަކީ ސްޓީލްމޭކަރު ސެވަރސްޓަލް ގެ އެންމެ ބޮޑު ޝެއަރހޯލްޑަރެވެ. އަދި އޭނާ އަކީ ރަޝިޔާ ގެ ތިންވަނަ އަށް އެންމެ މުއްސަނދި މީހާ ކަމަށް ވެއެވެ. ރަޝިޔާ އިން ޔޫކްރެއިން އަށް ހަމަލާދިނުމާ ގުޅިގެން ޔޫރަޕިއަން ޔޫނިއަން، އިނގިރޭސިވިލާތް އަދި އެމެރިކާ އިން ވަނީ އޭނާގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެހެން ނަމަވެސް އޭނާ ބުނެފައިވަނީ ރަޝިޔާ ގެ ސިޔާސަތު ކަނޑައެޅުމުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، މި އަހަރުގެ މެއި މަހުން ފެށިގެން ސެންކްޝަންސް އާ ދެކޮޅަށް އުޅެންޖެހިފައިވާ ކަމަށެވެ.

ނަމަވެސް، ސެންކްޝަންސް އަޅާފައިވާ ރަޝިޔާ ގެ އެހެން ފަރާތްތަކާ އެއްގޮތައް، އޭނާގެ މުދާ ވެސް ހުޅަނގުގެ ސަރުކާރުތަކުން ގެންދަނީ ހިފަހައްޓަމުންނެވެ. އެ ގޮތުން 215 ފޫޓުގެ ސުޕަރޔޮޓް، ލޭޑީ އެމް، މާޗް މަހު އިޓަލީ ފުލުހުން ވަނީ ހިފަހައްޓާފަ އެވެ. މިކަމާ ގުޅިގެން، ރަޝިޔާގެ ބިލިއަނަރުން ގެންދަނީ އެމީހުންގެ އަގުބޮޑު ޔޮޓު ތައް "ރައްކާތެރި" ސަރަހައްދު ތަކަށް ބަދަލު ކުރަމުން ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

ރާއްޖެ އަކީ ރަޝިޔާ އިން ޔޫކްރެއިން އަށް ހަމަލާދިނުން ވަރަށް ފާޅުގައި ކުށްވެރިކޮށްފައިވާ އދ.ގެ މެމްބަރެކެވެ. އަދި ރާއްޖެ އިން މިކަމުގައި ގެންގުޅެނީ ޔޫކްރެއިން އަށް ތާއީދު ކުރުމުގެ ސިޔާސަތެއް ކަމަށް މުއިއްޒު އެސްޓޯނިއާ އަށް މި އަހަރުގެ ޖެނުއަރީ މަހު ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ހާމަ ކޮށްފަ އެވެ.

އަލެކްސޭ މޯޑަޝޮވްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު