Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ޓީމްގެ ޕްރެކްޓިސް ފެށުން

ބަނގްލަދޭޝް މެޗަށް ސްކޮޑް އެކުލަވާލާ، ޤައުމީ ޓީމުގެ ޕްރެކްޓިސް ފަށައިފި

21 މާރިޗު 2022 | ހޯމަ 02:54

ސްކޮޑަށް ބަދަލުތަކެއް ވަނީ ގެނެސްފައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 21 މާރިޗު 2022 | ހޯމަ 02:54
ޤައުމީ ޓީމުގެ ކުޅުންތެރިން ޕްރެކްޓިސްގައި

ޤައުމީ ޓީމުގެ ކުޅުންތެރިން ޕްރެކްޓިސްގައި

މިހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ބަނގްލަދޭޝް އާއި ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ސްކޮޑް އެކުލަވާލުމަށްފަހު, ޕްރެކްޓިސް ފަށައިފިއެވެ. ފީފާގެ ތާރީޚުގައި ބަނގްލަދޭޝް އާއި ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް އިޓަލީގެ ކޯޗު މޮރިއޭރޯ އެކުލަވާލި ސްކޮޑަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

އަހަރުތަކަކަށްފަހު ސްކޮޑުން ޖާގަ ހޯދި ތަޖުރިބާކާރު ދެ ކުޅުންތެރިންނަކީ ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދާއި, މީގެކުރިން ޤައުމީ ޓީމްގެ ދިފާއު ބެލެހެއްޓި ވެލެންސިޔާގެ އަމްދާން އަލީ (އެންޑީ) އެވެ. އީގަލްސްގައި މިސީޒަންގައި ދައްކަމުން އަންނަ މޮޅުކުޅުމާއެކު ފޯވާޑް އަހުމަދު ހަސަންއަށްވެސް ވަނީ ފުރުޞަތު ދީފައެވެ. އަދި މަސައްކަތުގެ ރޭޓް ރަނގަޅު އެއް ފެންވަރެއްގައި ކުޅުން ދަމަހައްޓަމުން އަންނަ މާޒިޔާގެ ހަސަން ޝިފާޒު (ޑުންގާ) އަށްވެސް ކޯޗު ވަނީ ފުރުޞަތު ދީފައެވެ. ސްކޮޑުން ޖާގަ ދިން ދެން ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ގްރީންގެ އަހުމަދު ނާހިލްއެވެ. ސަސްގެ ޔޫސުފް މީސަމްވެސް ވަނީ ސްކޮޑްގައި ހިމަނާފައެވެ.

އަމިއްލަ ސަބަބުތަކަކާއި ހުރެ މިފަހުން މެޗުތަކުން ނުފެނުނު ނަމަވެސް ކީޕަރު ފައިސަލްއާއި, އަނިޔާއަށްފަހު މުޅިން ފިޓްނުވާ އަލީ ފާސިރު (ސެންޓޭ)އަށް ކޯޗު ޖާގަ ދިނެވެ. އެކަމަކު މާޒިޔާގެ މިޑްފީލްޑަރ އިބްރާހީމް ވަހީދަށް ފުރުޞަތެއް ނެތެވެ. ކެޕްޓަން އަކްރަމްއާއި, އުމެއިރު ވަނީ ސްކޮޑްގައި ހިމަނާފައެވެ. ސްކޮޑްގައި މާޒިޔާގެ 13 ކުޅުންތެރިން ހިމެނެއެވެ.

މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގަލޮޅު ދަނޑުގައި ކުޅޭ ފުރަތަމަ މެޗުގައި ބަނގްލަދޭޝްއާ ދެކޮޅަށް ނިކުންނާނީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެރެއެވެ.

މެޗަށް ނެގި ޤައުމީ ސްކޮޑް:

އީގަލްސްގެ ކުޅުންތެރިން:

1- އަހުމަދު ނޫމާން

2- އަހުމަދު ޝިފާއު

3-ހަސަން ރާއިފު

4- އަހުމަދު ހަސަން

5- އަހުމަދު ރިޒުވާން

ކްލަބް ގްރީން ސްޓްރީޓްސް;

1- ހަސަން ނަޒީމް

2- ރިލްވާން ވަހީދު

3- މުޙައްމަދު ސާއިފް

4- އަހުމަދު ނާއިލް

މާޒިޔާއިން ހިމެނޭ ކުޅުންތެރިން:

1- ސަމޫހު އަލީ

2- މުޙައްމަދު އުމެއިރު

3- އިބްރާހީމް އައިސަމް

4- އަސަދުالله އަބުދުالله

5- ހަމްޒާ މުޙައްމަދު

6- އަކްރަމް އަބުދުލްޣަނީ

7- ހައިޝަމް ހަސަން

8- މުޙައްމަދު އިރުފާން

9- ނާއިޒް ހަސަން

10- ހުސެއިން ޝަރީފް

11- ހުސެެއިން ނިހާން

12- ހަސަން ޝިފާޒު

13- އިބްރާހީމް މަހުދީ

ސަސްއިން ހިމެނޭ ކުޅުންތެރިން:

1- މުޙައްމަދު ޝަފީއު

2- ޔޫސުފް މީސަމް

ވެލެންސިޔާއިން ހިމެނޭ ކުޅުންތެރިން:

1- އަބުދުالله ޔާމީން

2- އަލީ ފާސިރު

3- މުޙައްމަދު ފައިސަލް

4- އަމްދާން އަލީ

ގައުމީ ފުޓްބޯޅަ ޓީމު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
28 މެއި 2023

ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

28 މެއި 2023
ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް
22 މެއި 2023

ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

22 މެއި 2023
ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!
21 މެއި 2023

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ޕްރެކްޓިސް ފަށައިފި

21 މެއި 2023
ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ޕްރެކްޓިސް ފަށައިފި
15 މާރިޗު 2023

ރާއްޖެ – ޕާކިސްތާން ފުޓްބޯޅަ މެޗު ލ. ގަމުގައި

15 މާރިޗު 2023
ރާއްޖެ – ޕާކިސްތާން ފުޓްބޯޅަ މެޗު ލ. ގަމުގައި
04 އޮކްޓޯބަރު 2022

ކުރެއަދޫގައި ކުޅުނު މެޗުގެ ފައިސާ ބަހާފައި ނުވަނީ ވިލާއިން ދޭން ނިންމި ފައިސާ ނުދޭތީ: އެފްއޭއެމް

04 އޮކްޓޯބަރު 2022
ކުރެއަދޫގައި ކުޅުނު މެޗުގެ ފައިސާ ބަހާފައި ނުވަނީ ވިލާއިން ދޭން ނިންމި ފައިސާ ނުދޭތީ: އެފްއޭއެމް
02 އޮކްޓޯބަރު 2022

ސިމާއޯ ރުޅި ގަދަވަނީ ކޯޗަށް އޭނާގެ ބޭނުން ކެނޑުމުން: ޖަވާ

02 އޮކްޓޯބަރު 2022
ސިމާއޯ ރުޅި ގަދަވަނީ ކޯޗަށް އޭނާގެ ބޭނުން ކެނޑުމުން: ޖަވާ
11 ސެޕްޓެމްބަރު 2022

ރާއްޖޭގެ ސެމީ ފައިނަލު ކުޅުމުގެ ހުވަފެން ފެނަށް

11 ސެޕްޓެމްބަރު 2022
ރާއްޖޭގެ ސެމީ ފައިނަލު ކުޅުމުގެ ހުވަފެން ފެނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް