Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޤައުމީ ޓީމުގެ ޚާއްސަ މެޗު

ކުރެއަދޫގައި ކުޅުނު މެޗުގެ ފައިސާ ބަހާފައި ނުވަނީ ވިލާއިން ދޭން ނިންމި ފައިސާ ނުދޭތީ: އެފްއޭއެމް

ފައިސާ ދިނުން ލަސްވި އަނެއް ސަބަބަކީ މިދިޔަ އަހަރު ރާއްޖެއިން ބައިވެރިވި ފޯ ނޭޝަންސް ކަޕްގައި ޓީމުން ދެއްކި ދަށް ކުޅުމުގެ ސަބަބުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2022 | އަންގާރަ 17:00
ގައުމީ ޓީމުން ކުރެއްދޫގައި ކުޅުނު ޚާއްސަ މެޗަށްފަހު

ގައުމީ ޓީމުން ކުރެއްދޫގައި ކުޅުނު ޚާއްސަ މެޗަށްފަހު

މަޝްހޫރު ވިޔަފާރިވެރިހާ މުހައްމަދު މޫސާ (އުއްޗު)ގެ ޚާއްސަ ދައުވަތަކަށް ކުރެއްދޫ ރިސޯޓުގައި ޤައުމީ ފުޓްބޯޅަ ޓީމުން ކުޅުނު މެޗުގައި ލިބުނު ފައިސާ ކުޅުންތެރިންނަށް ބަހާފައި ނުވަނީ ވިލާ ޓްރެވަލްސް އެންޑް ޓުއާސްއިން ދޭން ނިންމި ފައިސާ ނުލިބޭތީ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ރަހުމަތްތެރިކަމުގެ މި މެޗުގައި މެޗުން މޮޅުވުމުން ޤައުމީ ޓީމަށް ވަނީ ޖުމްލަ 1.2 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ އުއްޗުގެ ކުރެއްދޫ ރިސޯޓުގެ ފަރާތުން ފަސްލައްކަ، އެސްޓީއޯގެ ފަރާތުން ފަސް ލައްކަ، ދިރާގުން އެއްލައްކަ އަދި އަދި ވިލާ ޓްރެވަލްސް އެންޑް ޓުއާސްއިން ދޭން ނިންމި އެއްލައްކަ ރުފިޔާއެވެ. މި ފައިސާ ވަނީ މެޗުގައި ބައިވެރިވި ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަހަމައަށް ބެހުމަށް ނިންމާފައެވެ. އެހެންކަމަށް ވާނަމަ ކޮންމެ ކުޅުންތެރިއަކަށް ނުވަތަ އޮފިޝަލަކަށް 40،000 ރުފިޔާ ލިބޭނެއެވެ.

މެޗު ކުޅުނުތާ އަހަރެއްހާ ދުވަސްވެފައި ވާއިރުވެސް މި ފައިސާގެ އެއްވެސް މިންވަރެއް ކުޅުންތެރިންނަށް ލިބިފައި ނުވާކަމަށް މީޑިއާގައި ވަނީ ރިޕޯޓު ކޮށްފައެވެ.

މި ފައިސާ ދީފައި ނުވަނީ ކީއްވެތޯ ރާއްޖެ ޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެފްއޭއެމްގެ މީޑިއާ ގްރޫޕުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ އެފައިސާ ނުބަހާ އޮތީ ވިލާ ޓްރެވަލްސް އެންޑް ޓުއާސްއިން ދޭން ނިންމާފައިވާ އެއްލައްކަ ރުފިޔާ ނުލިބޭތީ ކަމަށެވެ. އަދި އެފައިސާ ލިބުނު އެންމެ އަވަހަކަށް ކުޅުންތެރިންނާއި އޮފިޝަލުންނަށް ފައިސާ ދޭނެކަމަށް ޖަވާ ވިދާޅުވިއެވެ.

ޖަވާ އިތުރަށް ވިދާޅުވީ އެފައިސާ ދިނުން ލަސްވި އަނެއް ސަބަބަކީ މިދިޔަ އަހަރު ރާއްޖެއިން ބައިވެރިވި ފޯ ނޭޝަންސް ކަޕްގައި ޓީމުން ދެއްކި ދަށް ކުޅުމުގެ ސަބަބުން ކަމަށެވެ. ލަންކާގައި އޮތް އެމުބާރާތުގައި ދެ މެޗުން އެއްވަރުވެ، ރާއްޖެ ވަނީ އެއް މެޗުން ބަލިވެފައެވެ.

ގައުމީ ފުޓްބޯޅަ ޓީމުއެފްއޭއެމް ހުސައިން ޖަވާޒް (ޖަވާ)

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އެފްއޭއެމްގެ ފައިސާ އިން އަމީން އެވެނިއުގެ އެޕާޓްމަންޓު ގަތް މައްސަލައިގައި ބައްސާމަށް ކުރާ ދައުވާގެ އަދަބު ބޮޑުވާ އިސްލާހެއް ބަލައިގެންފި

އެފްއޭއެމްގެ ފައިސާ އިން އަމީން އެވެނިއުގެ އެޕާޓްމަންޓު ގަތް މައްސަލައިގައި ބައްސާމަށް ކުރާ ދައުވާގެ އަދަބު ބޮޑުވާ އިސްލާހެއް ބަލައިގެންފި

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު