Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ޕްރެކްޓިސް ފަށައިފި

21 މެއި 2023 | އާދީއްތަ 15:36

އަންނަ މަހު 5 ވަނަ ދުވަހު ކޭމްޕަށް ފުރާނެ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 21 މެއި 2023 | އާދީއްތަ 15:36
މިރޭ ޕްރެކްޓިސް ފެށި ގައުމީ ސްކޮޑް

މިރޭ ޕްރެކްޓިސް ފެށި ގައުމީ ސްކޮޑް

އަންނަ ޖޫން މަހު އިންޑިޔާގެ ބެންގަލޫރުގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ޕްރެކްޓިސް ފަށައިފިއެވެ.

30 ކުޅުންތެރިންނާއެކު ގައުމީ ޓީމް ޕްރެކްޓިސް ފެށީ އާދިއްތަ ދުވަހުގެ ރޭ ރަސްމީ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ. މާލޭގައި ގައުމީ ޓީމް ޕްރެކްޓިސްކުރާނީ އަންނަ ޖޫން މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ. ޖޫން ފަސްވަނަ ދުވަހު ތަމްރީނު ހޯދުމަށް ގައުމީ ޓީމް ފުރާނީ ޖަޕާނަށެވެ. ތަމްރީނުތަކަށްފަހު ރާއްޖެ ނައިސް ޓީމް ދާނީ ސީދާ ބެންގަލޫރަށެވެ. މުބާރާތުގައި ރާއްޖެ އޮތީ ލުބުނާނާއި, ބޫޓާނާއި, ބަންގްލަދޭޝް ހިމެނޭ، ގްރޫޕް ބީގައެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ޖޫން 22 ވަނަ ދުވަހު ވާދަކުރާނީ ބޫޓާނާއެވެ. ދެވަނަ މެޗުގައި 25 ވަނަ ދުވަހު ވާދަކުރާނީ ބަންގްލަދޭޝްއާއެވެ. ތިންވަނަ މެޗުގައި ލުބުނާން ވާދަކުރާނީ ޖޫން 28 ވަނަ ދުވަހުއެވެ.

ގްރޫޕް އޭގައި ހިމެނެނީ ޗެމްޕިއަން އިންޑިޔާއާއި, ކުވެއިތާއި, ނޭޕާލާއި, ޕާކިސްތާނެވެ. މިއީ މި ސަރަހައްދުން ބޭރުން ޓީމްތައް ބައިވެރިކޮށްގެން ބާއްވާ ފުރަތަމަ ސާފް ޗެމްޕިއަންޝިޕެވެ. ޚާއްސަ ދައުވަތެއްގެ ދަށުން މުބާރާތުގައި ވާދަކުރަނީ ލުބުނާނާއި ކުވެއިތެވެ. މުބާރާތް އޮންނާނީ ޖޫން 20ން ޖުލައި 4ގެ ނިޔަލަށެވެ.

މުބާރާތަށް ރާއްޖެއިން އެކުލަވާލި ސްކޮޑްގައި މުޅިން އަލަށް ސްކޮޑުން ޖާގަ ހޯދި ފަސް ކުޅުންތެރިން ހިމެނެއެވެ. ކުރީގެ ގައުމީ ކެޕްޓަނުންކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ)އާއި އަކްރަމް އަބްދުލްޣަނީ (އަކޫ) ސްކޮޑްގައި ނުހިމެނެއެވެ. ދެ ކުޅުންތެރިންވެސް ފިޓެއް ނޫނެވެ.

ސާފް ޗެމްޕިއަންޝިޕްގައުމީ ފުޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް