Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފިޓްނަސް ކޯޗަކަށް މުއީނާ

ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

ޤައުމީ ޓީމާއެކު މުއީނާ ޖަޕާނަށް ދާނެ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 22 މެއި 2023 | ހޯމަ 09:05
މުއީނާ ޤައުމީ ޓީމްގެ ޕްރެކްޓިސްގައި ކުޅުންތެރިންނަށް ކިޔައިދެނީ

މުއީނާ ޤައުމީ ޓީމްގެ ޕްރެކްޓިސްގައި ކުޅުންތެރިންނަށް ކިޔައިދެނީ

މުއީނާ މުހައްމަދު (މުއީ) އަކީ ރާއްޖޭގެ ޓީޓީގެ ޗެމްޕިއަނެވެ. އެއީ ވިދިވިދިގެން 13 އަހަރު ޤައުމީ ތަށި ހޯދި ކުޅިވަރުގެ ޗެމްޕިއަނެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ރަން ވަނަތަކެއް ހޯދި ކާމިޔާބު ކެރިއަރަށްފަހު އަދިވެސް ހުރީ ކުޅިވަރުގެ ތެރޭގައެވެ. އެހެން ކުޅުންތެރިންނަށް ޚިދުމަތް ކުރުމުގައެވެ.

އެއީ މިހާރު އަނިޔާވާ ކުޅުންތެރިން ފިޓްކޮށް އަލުން ދަނޑަށް ނެރޭ ޓްރެއިނަރެކެވެ. ޕާސަނަލް ރިހިބިލިޓޭޝަން ޓްރެއިނަރެކެވެ. އަދި ޓީމްތަކުގެ ފިޓްނަސް ޓްރެއިނަރެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޓީޓީ ރެކެޓް ދޫކޮށްލިފަހުން ރާއްޖޭގެ ރާއްޖޭގެ 16 އަހަރުން ދަށުގެ ފިރިހެން ޓީމާއި, 19 އަހަރުން ދަށުގެ އަންހެން ޓީމްގެ ފިޓްނަސް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކޮށްފިއެވެ. އެޓީމްތަކާއެކު ރާއްޖެއިން ބޭރަށް ދަތުރުކުރިއެވެ. 23 އަހަރުން ދަށުގެ ފިރިހެން ޓީމް ފިޓްކުރުމުގައިވެސް ފިޓްނަސް ޓްރެއިނަރެއްގެ ގޮތުގައި މުއީނާއަށް ލިބިފައިވާ އިލްމާއި ތަޖުރިބާގެ ބޭނުންކޮށްފިއެވެ. ވަކިން ޚާއްޞަކޮށް އަންހެން ޤައުމީ ފުޓްބޯޅަ ޓީމްގައި މުއީނާ ކުރަމުން އަންނަ މަސައްކަތް ބޮޑެވެ.

އޭގެއިތުރުން ރާއްޖޭގައި މިވަގުތު ތިބި ސީނިއަރ މުހިއްމު ކުޅުންތެރިންތަކަކަށް އަނިޔާވެ, އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ކުރި މަސައްކަތުގައިވެސް މުއީނާ އަދާކުރީ ވަރަށްބޮޑު ދައުރެކެވެ. މިސީޒަންގައި އަލީ ފާސިރު (ސެންޓޭ) އެނބުރި ކުޅުމުގެ ތެރެއަށް އައީ ޕާސަނަލް ރިހިބިލިޓޭޝަން ޓްރެއިނަރެއްގެ ގޮތުން މުއީނާ ކޮށްދިން މަސައްކަތްތަކާއެކުއެވެ. އަހުމަދު ރިޒުވާން (ރިޒޭ) ވެސް އެނބުރި އަންނަން އެހީވީ މުއީނާއެވެ. އަލީ ނާޖިހުއާއި, މުޙައްމަދު ޖައިލަމް (އޮގީ)އާއި އަހުމަދު އައިހަމް (އަހުއްކޮ)ވެސް އެނބުރި އައީ މުއީނާ ކައިރިން ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކޮށްގެންނެވެ. އަނިޔާވުމާ ހަމައަށް ޤައުމީ ޓީމްގެ ކެޕްޓަނެއްގެ ގޮތުގައި ހުރި އަކުރަމް އަބުދުލްޣަނީ (އަކޫ)ވެސް ރިހިބިލިޓޭޝަން ޓްރެއިނިންގ ހޯދަނީ މުއީނާ ކައިރިންނެވެ. އެކުޅުންތެރިން ދަނޑަށް އެބުރި އަންނަނީ މުއީނާގެ ފިޓް އެމްވީން ޕްރޮގްރާމްތައް ފުރިހަމަކޮށް އިތުބާރު ހޯދައިގެން ކުރިއަށްވުރެ މާވަރުގަދަކޮށެވެ.

މިހުރިހާ ކަމަކަށްވުރެ މުއީނާއަށް މިއަދު ޚާއްޞައީ އަދި މުހިއްމީވެސް ސީނިއަރ ޤައުމީ ފުޓްބޯޅަ ޓީމް ފިޓްކޮށް ބޭއްވުމެވެ. ޤައުމީ ޓީމްގެ ފިޓްނަސް ޓްރެއިނަރެއްގެ ގޮތުން ޤައުމީ ކިޓްގައި އާދިއްތަ ދުވަހުގެރޭ ގަލޮޅު ރަސްމީ ދަނޑަށް ނިކުތީ ތާރީޚުންވެސް ޖާގަ ހޯދަމުންނެވެ. މިއީ ރާއްޖޭގެ ޤައުމީ ފިރިހެން ފުޓްބޯޅަ ޓީމްގައި ފިޓްނަސް ޓްރެއިނަރެއްގެ ރޯލް އަންހެނަކު އަދާކުރާ ފުރަތަމަ ފަހަރެވެ. އެޝަރަފް ދިވެއްސަކަށް ރާއްޖޭގެ ކުޅިވަރުގެ ޗެމްޕިއަނަކަށް ލުބުމަކީ ހުރިހާގިތަކުންވެސް ފާހަގަކުރަންޖެހޭ ޚާއްޞަ ކަމެކެވެ.

ޤައުމީ ފުޓްބޯޅަ ޓީމާއެކު މުއީނާގެ ފުރަތަމަ ތަޖުރިބާއަކީ ޞަރަހައްދީ ފުޓްބޯޅަ މުބާރާތެވެ. ސަރަހައްދުން ބޭރުން ޓީމްތައް ބައިވެރިކޮށްގެއް ބާއްވާ ފުރަތަމަ ސާފް ޗެމްޕިއަންޝިޕެވެ. މިފަހުން އިންޑިޔާއިން އެޤައުމުގެ އެންމެ ވަރުގަދަ ޓީމް ބައިވެރިކުރާ ސާފްގެ މުބާރާތެވެ. ދިވެހިން ރަން މެޑަލް ހޯދަން އެންމެ އެދޭ އެއް މުބާރާތެވެ.

އެމުބާރާތަށް ތައްޔާރުވުމަށް ޖޫން މަހުގެ ފަސްވަނަ ދުވަހު ޤައުމީ ޓީމް ޖަޕާނުގައި ކޭމްޕް ކުރަން ފުރާނީ މުއީނާއާ އެކުގައެވެ. މިއީ ހުރިހާގޮތަކުންވެސް ޚާއްޞަ ކަމެކެވެ. ރާއްޖޭގެ މުޅި ކުޅިވަރަށްވެސް ޚާއްޞައެވެ.

ގައުމީ ފުޓްބޯޅަ ޓީމުކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024
ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

20 ޖުލައި 2024

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު