Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމްއިން މުސާރަ ނުދިނުމުގެ މައްސަލަ

ސިމާއޯ ރުޅި ގަދަވަނީ ކޯޗަށް އޭނާގެ ބޭނުން ކެނޑުމުން: ޖަވާ

2 އޮކްޓޯބަރު 2022 | އާދީއްތަ 17:20

ސިމާއޯ ބުނަނީ މަޤާމު ދޫކޮށްލީ އެފްއޭއެމްއިން އޭނާއަށް މުސާރަ ނުދޭތީ ކަމަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 2 އޮކްޓޯބަރު 2022 | އާދީއްތަ 17:20
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) | އެފްއޭއެމް

ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުން އިސްތިއުފާދިން ސިމާއޯ ކޯސްޓާ ރުޅިގަދަވަނީ, ޤައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯއަށް އޭނާގެ ބޭނުން ކެނޑުމުން ކަމަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ) ވިދާޅުވެއްޖެއެވެ.

ޤައުމީ ޓީމުގެ އެސިސްޓެންޓު ކޯޗުގެ މަޤާމުގައި އެންމެ ފަހުން ހުރި ސިމާއޯ މަޤާމުން އިސްތިއުފާދިނީ އޭނާއަށް ހައްޤުވާ މުސާރަ ނުދޭކަމަށް ބުނެއެވެ. ސިމާއޯ ބުނި ގޮތުގައި އޭނާއަށް އެފްއޭއެމްއިން އެންމެ ފަހުން މުސާރަ ދިނީ މިދިޔަ ޖެނުއަރީ މަހުއެވެ. މުސާރަ ނުދޭކަމަށް ބުނެ ސިމާއޯ މަޤާމު ދޫކޮށްލިކަން ހާމަކުރީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.

މިކަމާއި ގުޅޭ ގޮތުން ރާއްޖެ ޓީވީއަށް ދިން އިންޓަރވިއުއެއްގައި ޖަވާ ވިދާޅުވީ ސިމާއޯއަށް އެފްއޭއެމްއިން ދޭން ޖެހޭ މުސާރައިގެ ބައެއް ނުދެވި ވާނެކަމަށެވެ. ނަމަވެސް މުސާރަ ދިނުމާއި މެދު އޭނާއާއި އެފްއޭއެމް އާއި ދެމެދު އެއްބަސްވުމަކަށް އާދެވިފައި ވާނެ ކަމަށް ޖަވާ ވިދާޅުވިއެވެ. މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ސިމާއޯވެސް ވަނީ އޭނާގެ މުސާރަ ދިނުމާއި މެދު އެފްއޭއެމްއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެފައެވެ.

މިކަމާއި ގުޅޭ ގޮތުން ޖަވާ އިތުރަށް ވިދާޅުވީ ސިމާއޯއަށް މިހާރު މައްސަލައަކަށް ވަނީ މުސާރަ ނުލިބުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އޭނާއަށް މައްސަލައަކަށް ވަނީ ޓީމުގެ ކޯޗު މޮރިއެރޯއަށް ސިމާއޯގެ ބޭނުން ކެނޑުމުން ކަމަށް ޖަވާ ވިދާޅުވިއެވެ.

ޖަވާ ވިދާޅުވީ ޖަވާއަށް ޤަބޫލު ކުރެވޭ ގޮތުގައި ކޯޗަށް ސިމާއޯ މުހިންމުވީ ކޯޗުގެ ވާހަކަތައް ބަސްދޭހަ ކޮށްދިނުމަށެވެ. ނަމަވެސް މިހާރު މޮރިއެރޯއަށް ކޮންމެވެސް ވަރަކަށް އިނގިރޭސިން ވާހަކަދައްކަން އެނގޭކަން ފާހަގަކޮށް ޖަވާ ވިދާޅުވީ ކޯޗަށް އޭނާގެ ބޭނުން ކެނޑުނީ އެހިސާބުން ކަމަށެވެ. އަދި ސިމާއޯއަކީ 'ސީ ލައިސެންސްޑް' ކޯޗަކަށް ވީއިރު, ސިމާއޯގެ ބޭނުން މިހާރު ކޯޗަށް ނެތްކަން ފާހަގަކުރިއެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ސިމާއޯ ހިއްސާކޮށްފައިވާ ވާހަކަތަކަށް ބަލާއިރު, އޭނާ މަޤާމުން އިސްތިއުފާ ދިނީ މުސާރަ ނުލިބުމުގެ މައްސަލާގައެވެ. އަދި މިހާރު އޭނާ ވަނީ ފީފާއަށްވެސް އެމައްސަލަ ހުށަހަޅާފައި ކަމަށް ސިމާއޯ ބުނެފައިވެއެވެ.

އެފްއޭއެމްއިން ނުދިނުމުގެ މައްސަލަ ފެންމަތިވެފައި އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ. މުސާރަ ނުދިނުމުގެ މައްސަލައާއި ގުޅިގެން ޖަވާ ވިދާޅުވީ އިދާރާއިން މުސާރަދޭންޖެހޭ ފަރާތްތަކަށް މުސާރަ ނުދެވި ވަނީ އެފްއޭއެމްއަށް ލިބެން ޖެހޭ ފައިސާ ނުލިބޭތީ ކަމަށެވެ. އަދި ފައިސާ ލިބުނު އެންމެ އަވަހަށް އެމައްސަލަ ހައްލު ކުރާނެކަމަށް ޖަވާ ވިދާޅުވިއެވެެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ސިމާއޯ ކޮސްޓާގައުމީ ފުޓްބޯޅަ ޓީމު

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

4

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

5

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

އޭއެފްސީ ޗެލެންޖު ލީގުގައި އިންސާފުކުރުމުގެ ފުރުސަތު ރާއްޖޭގެ ހަތަރު ރެފްރީއަކަށް

24 ސެޕްޓެމްބަރު 2026
އޭއެފްސީ ޗެލެންޖު ލީގުގައި އިންސާފުކުރުމުގެ ފުރުސަތު ރާއްޖޭގެ ހަތަރު ރެފްރީއަކަށް
21 ސެޕްޓެމްބަރު 2026

ރަހުމަތްތެރިކަމުގެ މެޗުތަކުގައި ކުޅުމަށް ޤައުމީ ޓީމު ފުރައިފި

21 ސެޕްޓެމްބަރު 2026
ރަހުމަތްތެރިކަމުގެ މެޗުތަކުގައި ކުޅުމަށް ޤައުމީ ޓީމު ފުރައިފި
20 ސެޕްޓެމްބަރު 2026

ޤައުމީ ޓީމުގެ ކެޕްޓަންކަން ސަމޫހު އަށް

20 ސެޕްޓެމްބަރު 2026
ޤައުމީ ޓީމުގެ ކެޕްޓަންކަން ސަމޫހު އަށް
20 ސެޕްޓެމްބަރު 2026

ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސޮބާ ހަމަޖައްސައިފި

20 ސެޕްޓެމްބަރު 2026
ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސޮބާ ހަމަޖައްސައިފި
16 ސެޕްޓެމްބަރު 2026

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާންއާ ދެކޮޅަށް!

16 ސެޕްޓެމްބަރު 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާންއާ ދެކޮޅަށް!
16 ސެޕްޓެމްބަރު 2026

ޗައިނާއާ ދެކޮޅަށް ރާއްޖެ އިން ކުޅެން ހަމަޖެހިއްޖެ

16 ސެޕްޓެމްބަރު 2026
ޗައިނާއާ ދެކޮޅަށް ރާއްޖެ އިން ކުޅެން ހަމަޖެހިއްޖެ
14 ސެޕްޓެމްބަރު 2026

ޗައިނާއާ ދެކޮޅަށް މެޗެއް ކުޅުމަށް ރާއްޖެ އިން މަސައްކަތް ކުރަނީ

14 ސެޕްޓެމްބަރު 2026
ޗައިނާއާ ދެކޮޅަށް މެޗެއް ކުޅުމަށް ރާއްޖެ އިން މަސައްކަތް ކުރަނީ
13 ސެޕްޓެމްބަރު 2026

ޤައުމީ ޓީމުގެ ޖާޒީ ކުޅޭ ކުޅޭ އެއްޗަކަށް، އެފްއޭއެމްގައި ސީރިއަސް ކަމެއް ނެތް!

13 ސެޕްޓެމްބަރު 2026
ޤައުމީ ޓީމުގެ ޖާޒީ ކުޅޭ ކުޅޭ އެއްޗަކަށް، އެފްއޭއެމްގައި ސީރިއަސް ކަމެއް ނެތް!
06 ސެޕްޓެމްބަރު 2026

ރާއްޖެ އިން ކިރްގިސްތާާން އާއި ލުބުނާންއާ ދެކޮޅަށް މެޗެއް ކުޅެނީ

06 ސެޕްޓެމްބަރު 2026
ރާއްޖެ އިން ކިރްގިސްތާާން އާއި ލުބުނާންއާ ދެކޮޅަށް މެޗެއް ކުޅެނީ
05 ސެޕްޓެމްބަރު 2026

އެފްއޭއެމް އިން އަމަލުކުރި ގޮތާމެދު ގަމު ފުޓްސަލް ޓީމުގެ ކަންބޮޑުވުން

05 ސެޕްޓެމްބަރު 2026
އެފްއޭއެމް އިން އަމަލުކުރި ގޮތާމެދު ގަމު ފުޓްސަލް ޓީމުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް