Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުރައިދޫ މަރުކަޒު

ގުރައިދޫ މަރުކަޒުގައި 2020 ވަނަ އަހަރާއި ހަމައަށް ސައިކިއޭޓްރިސްޓަކު ހުރި: ޖެންޑަރ މިނިސްޓްރީ

2020 ވަނަ އަހަރުގެ ފަހުން ވެސް ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދީފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 މާރިޗު 2022 | ހޯމަ 01:23
ޖެންޑަރ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒައުފިޝާން އަބްދުﷲ

ޖެންޑަރ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒައުފިޝާން އަބްދުﷲ

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ސައިކިއޭޓްރިސްޓެއް ނުހުންނަތާ ނުވަ އަހަރުވެފައިވާ ކަމަށް އެޗްއާރްސީއެމުން ބުނުމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން އެކަން ދޮގުކޮށްފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒައުފިޝާން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ފެބްރުއަރީ 2020 އާއި ހަމައަށް ސައިކިއޭޓްރިސްޓެއް ހުރި ކަމަށާއި އޭގެ ފަހުން ވެސް ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްއާ އެކު މަސައްކަތްކޮށް، އެ ޚިދުމަތް ފޯރުކޮށްދިން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކުއަލިޓީ އެޝިއުރަންސް އެންޑް މެނޭޖްމަންޓް އޮފް ސްޓޭޓް ކެއަރ އިންސްޓިޓިއުޝަންސް އައިޝަތު ނާޒް ވިދާޅުވީ އެންމެ ފަހުން އެޗްއާރްސީއެމުން ހުށަހަޅާފައިވާ ރިޕޯޓުގައި 30 ރިކޮމަންޑޭޝަން ވާއިރު، މިއަހަރުގެ ރިޕޯޓްގައި 6 ރިކޮމަންޑޭޝަނެއް ހުށަހަޅާފައިވާ ކަމަށެވެ. މިކަމުން ވެސް މަރުކަޒަށް ގެނައި ބަދަލުތައް ނުވަތަ ކަންތައްތައް ހާސިލްވި މިންވަރު އެނގިގެން ހިނގައްޖެ އައިޝަތު ނާޒް ކަމަށެވެ.

ނާޒް ވިދާޅުވީ 2021 ވަނަ އަހަރު އެޗްއާރްސީއެމުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން 80 އިންސައްތަ ކަންތައްތައް މިހާރު ހާސިލްކޮށްފައިވާ ކަމަށެވެ. ބައެއް ކަންތައްތަކަކީ އެއްމަހުން ނުވަތަ ދެ މަހުން ކުރެވޭނެ ކަންތައްތައް ނޫން ކަމަށާއި ކޮވިޑުގެ ހާލަތާއި ގުޅިގެން ވަރަށް ގިނަ ގޮންޖެހުންތައް ދިމާވި ކަމަށް އޭނާ ވިދާޅުވިއެވެ.  

ގުރައިދޫ މަރުކަޒުގައި ކުޑަކުދިން ވަކިން ބެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ފަށާފައިވާކަން ފާހަގަކުރައްވާ ނާޒް ވިދާޅުވީ، ކުޑަކުދިންގެ ވާރޑުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. އަދި އޮމްބަޑްސްޕާރސަންގެ ރިކޮމެންޑޭޝަންތައް ޖޫން މަހުގެ ނިޔަލަށް ހާސިލް ކުރުން އެއީ އަމާޒެއްކަމުގައިވެސް ނާޒް ވިދާޅުވިއެވެ.

ޕްރޮގްރާމުގައި ޒައުފިޝާން އިތުރަށް ވިދާޅުވީ ގުރައިދޫ މަރުކަޒަކީ 160 ޖާގައިގެ މީހުންގެ ކެޕޭސިޓީގެ ތަނެއް ކަމަށާއި އެތަނުގައި 195 މީހުން މިވަގުތު ބަލަހައްޓަމުން ގެންދާ ކަމަށެވެ. އަދި އެންމެ ގިނައިން ބަލަހައްޓަނީ ނަފްސާނީ ގޮތުން ނުކުޅުދުންތެރިކަން ހުރި މީހުން ކަމަށްވާއިރު 86 މީހުން ފަރުވާ ފުރިހަމަ ކުރުމަށްފަހު އާއިލާ އާއި ހަވާލުކުރެވުނު ކަމަށެވެ.

މީގެއިތުރުން ފަރުވާ ފުރިހަމަ ކުރުމަށްފަހު އާއިލާތަކުން ހަވާލުވާން ބޭނުންނުވާ 20 މީހުން ތިބި ކަމަށާއި ވެއިޓް ލިސްޓުގައި ވެސް 15 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

ޒައުފިޝާން ވިދާޅުވީ ތަނުގެ ޓެކްނިކަލް ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށާއި އެތަނުގެ އޮނިގަނޑު ބަދަލު ކުރުމަށްފަހު، ގިނަ ކަންތައްތައް ކަނޑައަޅާފައިވާ ކަމަށެވެ.

ގުރައިދޫ މަރުކަޒަކީ ދައުލަތުގެ އެހީ ކޮންމެހެން ބޭނުންވާ މީހުންނަށް އެ ހައްގު ކަށަވަރުކޮށްދިނުމަށް 1970 ގެ އަހަރުތަކުގައި ހުޅުވި މަރުކަޒެކެވެ.

ޖެންޑަރ މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު