Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާޓީތަކަށް މެމްބަރުން ހަމަކުރުން

މެމްބަރުން ހަމަކުރުމަށް މުއްދަތު ދިން 4 ޕާޓީއަށް މީގެ ކުރިންވެސް ފުރުސަތު ދިނިން: ފުއާދު

4 ޕާޓީއަކަށް މެމްބަރުން ހަމަކުރުމަށް ވަނީ މުއްދަތު ދީފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 19 މާރިޗު 2022 | ހޮނިހިރު 17:17
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

3،000 މެމްބަރުން ހަމަނުވެގެން މެމްބަރުން ހަމަކުރުމަށް ނޯޓިސް ދީފައިވާ ޕާޓީތަކަށް މީގެ ކުރިންވެސް ނޯޓިސް ދީފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ކޮންމެ ޕާޓީއެއްގައިވެސް މަދުވެގެން 3،000 މެމްބަރުން ހަމަވާންޖެހެއެވެ. މެމްބަރުން ހަމަނުވާނަމަ އެ އަދަދު ހަމަކުރުމަށް ވަކި މުއްދަތެއް ދެވެއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ 3،000 މެމްބަރުން ހަމަނުވާ 4 ސިޔާސީ ޕާޓީއަކަށް މެމްބަރުން ހަމަކުރުމަށް 3 މަސް ދުވަހުގެ ނޯޓިސްއެއް ދީފައެވެ. އެ ޕާޓީތަކަކީ ޑީއާރުޕީ، އެމްއާރުއެމް، އެމްޓީޑީ އަދި ލޭބަރ ޕާޓީއެވެ.

މިކަމާއި ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގެ ކުރިންވެސް މެމްބަރުން ހަމަ ކުރުމަށް އެ ޕާޓީތަކަށް މުއްދަތު ދީފައިވާނެ ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއެކު މި ނޯޓިސް އުވާލީކަމަށް ފުއާދު ވިދާޅުވިއެވެ. އަދި މި ހާލަތު އުވާލުމުން މުއްދަތު ގުނަން ފަށާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ޕާޓީތައް އުވިގެންދާއިރު ޕާޓީތަކުގައި ހުންނަ އެކި މައްސަލަތަކަށްވެސް ބައްލަވާނެ ކަމަށެވެ. މިގޮތުން ދަރަނީގެ މައްސަލަތައް ފަދަ މައްސަލަތަކުގައި އެ ޕާޓީއެއްގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން އަމަލުކުރައްވާނެ ކަމަށާއި، އަދި ގާނޫނީ ބޭފުޅުންގެ ލަފާ މި ކަންކަމުގައި ހޯއްދަވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ނޯޓިސް ދީފައިވާ ޕާޓީތަކުގެ ތެރެއިން ޑިއާރުޕީގެ މައްސަލައެއް މިހާރުވެސް ކޯޓުގައި ކުރިއަށްދާއިރު، މިކަމަށް އިޝާރާތްކުރައްވައި ފުއާދު ވިދާޅުވީ އެ ޕާޓީ އުވާލަންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ އެކަމުގައި އަމަލުކުރާނެ ގޮތެއް ގާނޫނީ ލަފާގެ މަތިން ހޯއްދަވާނެ ކަމަށެވެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު