Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބުރިޖުގެ މަސައްކަތް

ވިލިމާލޭ ސިނާއީ ސަރަހައްދުން ބިން ދޫނުކުރުމަށް 2020 ވަނަ އަހަރު ކައުންސިލަށް އަންގާފައިވޭ : ހައުސިންގ މިނިސްޓްރީ

2020 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު، މާލެ ސިޓީގެ އޭރުގެ މޭޔަރަށް ފޮނުވި ސިޓީގައި، ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ދޫނުކުރުމަށް އަންގާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 މާރިޗު 2022 | ހޮނިހިރު 12:37
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ވަނީ ފަށާފައި

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ވަނީ ފަށާފައި

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވިލިމާލޭގެ ސިނާއީ ސަރަހައްދު ބޭނުންނުވާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން އެންގިކަމަށް ވިދާޅުވެ, މާލެ ސިޓީ ކައުންސިލްގެ 44 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި, ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ހެއްދެވީ އިތުރުފުޅެއްކަން ހާމަވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ 44 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވެފައިވަނީ, މާލެއާއި ވިލިމާލޭގެ "ލޭންޑް ޔޫސް ޕްލޭން" ހެދިއިރު، ވިލިމާލޭގެ ސިނާއީ ސަރަހައްދަކީ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާނެ ތަނެއް ނޫންކަމަށް ޕްލޭނިންގ މިނިސްޓްރީން އެންގި ކަމަށް ބުނިކަމަށާއި، ތިލަމާލެ ބްރިޖުގެ މަސައްކަތާ ގުޅިގެން ވިލިމާލެއިން ބޭނުންވާ ސަރަހައްދު ކަނޑައެޅުމަށްޓަކައި ޕްލޭނިންގ މިނިސްޓްރީން މީގެ 4 މަސް ކުރިން ސިޓީ ފޮނުވި ކަމަށެވެ. ސިޓީއާގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ވިލިމާލެއަށް ގޮސް އެތަން ބަލައި, މިނިސްޓްރީން ބޭނުންވާ ސަރަހައްދު ކަނޑައަޅުއްވައިދެއްވި ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނަމަވެސް ޕްލޭނިންގ މިނިސްޓްރީން ސިޓީ ކައުންސިލަށް މި މައްސަލާގައި ފޮނުވާފައިވާ 2 ސިޓީއެއް ވަނީ ލިބިފައެވެ. މީގެ ތެރެއިން 2020 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު, މާލެ ސިޓީގެ އޭރުގެ މޭޔަރ ސިފާ މުހައްމަދަށް ފޮނުވި ސިޓީގައި ބުނެފައިވަނީ, މާލެއާއި ވިލިމާލެއާއި ގުޅީފަޅާއި، ތިލަފުށި ގުޅުވާލުމަށްޓަކައި ގާއިމުކުރާ ބުރިޖުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ތައްޔާރީތައް އެ މިނިސްޓްރީގެ ފަރާތުން ވަމުންދާ ކަމަށެވެ. އަދި ބުރިޖު ގުޅިފަޅާއި، ވިލިމާލެއާއި ދެމެދު ގުޅުވާލުމަށް ހަމަޖެހިފައިވަނީ ވިލިމާލޭ ސިނާއީ ސަރަހައްދާ ދިމާއިން ކަމަށެވެ.

އެހެންކަމުން ވިލިމާލޭ ސިނާއީ ސަރަހައްދުން އަލަށް ބިން ދޫނުކުރުމަށާއި، މިހާތަނަށް ދޫކޮށްފައިވާ ބިންތަކުގެ މުއްދަތު އިތުރުކޮށްދޭނަމަ އެ މިނިސްޓްރީއާއި މަޝްވަރާކުރުމަށްފަހު ނޫނީ ގޮތެއް ނުނިންމުމަށް އެދޭ ކަމަށް 30 ޖޫން 2020ގައި ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ސިޓީއާ ހަވާލާދީ މި މަހުގެ 13 ވަނަ ދުވަހު މާލެ ސިޓީގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަނީ ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި ބުނެފައިވަނީ 30 ޖޫން 2020 ގައި ފޮނުވި ސިޓީއާއި ހަވާލާދީ، ވިލިމާލޭ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި ބިންތައް ކުއްޔަށް ދޫކުރެއްވުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދާކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ.

އަދި އެ ސަރަހައްދުން ބިން ދޫކުރުމުގެ ކަންކަން ސިޓީ ކައުންސިލުން ކުރިއަށް ގެންދަންވާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 56-2ގެ (ބ) ގައިވާ ގޮތަށް "ލޭންޑް ޔޫސް ޕްލޭން" މިނިސްޓްރީއަށް ހުށަހަޅައިގެން އެ ޕްލޭން ފާސްވުމުންކަމަށެވެ.

ކައުންސިލް ބައްދަލުވުމުގައި ނަރީޝް ވިދާޅުވީ, ވިލިމާލެއިން ބިން ދޫކުރަން ނިންމީ، ލޭންޑް ޔޫސް ޕްލޭން ހަދާނިންމައި އެ އަވަށުގެ މީހުންނާ މަޝްވަރާކުރުމަށްފަހު ކަމަށާއި، ބްރިޖުގެ މަސައްކަތަށް އެ ތަނުން ބިން ބޭނުންނުވާކަން މިނިސްޓްރީގެ ފަރާތުން ޔަގީންކުރުމަށްފަހުކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު