Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޚިޔާނާތް

މުއިއްޒުގެ މޭޔަރު ކަމުގައި އެއް އަހަރު ތެރޭ 10.5 މިލިއަން ރުފިޔާ ސިޓީ ކައުންސިލުން ކުއިކް ޝުއަރ ކިޔާ ކުންފުންޏަކަށް!

މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އެއް އަހަރު ތެރޭގައި ސިޓީ ކައުންސިލުން ކުއިކް ޝުއަރ އަށް 10.5 މިލިއަން ރުފިޔާ ދީފައިވޭ

ރާއްޖެ އެމްވީ | 2 އޯގަސްޓު 2025 | ހޮނިހިރު 10:59
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ފުރާވަޑައިގަތުމަށް ފްލައިޓަށް އަރައި ވަޑައިގަންނަވަމުން އަތުން ވަދާއުގެ އިޝާރާތް ކޮށްލައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ފުރާވަޑައިގަތުމަށް ފްލައިޓަށް އަރައި ވަޑައިގަންނަވަމުން އަތުން ވަދާއުގެ އިޝާރާތް ކޮށްލައްވަނީ

މުހައްމަދު މުއިއްޒު ގެ މޭޔަރު ކަމުގައި އަހަރެއްހާ ދުވަހުގެ މުއްދަތުގެ ތެރޭގައި 10.5 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ސިޓީ ކައުންސިލުން ކުއިކް ޝުއަރ ކިޔާ ކުންފުންޏަކަށް ދީފައިވާކަން ހާމަ ވެއްޖެއެވެ.

މި މައުލޫމާތު ހާމަވީ، ރާއްޖޭގައި ހިންގާ ކަރަޕްޝަން އާއި ގާނޫނާ ޚިލާފު ކަންކަން ހާމަ ކުރަމުން ގެންދާ ހަސަންކުރުސީ ގެ އެކްސް އެކައުންޓުގައި ހޯމަ ދުވަހު ލީކު ކޮށްލި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރު ކޮށްފައިވާ ކަމަށް ބުނާ ތަފްސީލު ރިޕޯޓެއް ގައެވެ.

Advertisement - newsAdvertisement

އެ ރިޕޯޓުގައިވާ ގޮތުން، ތްރެޝްހޯލްޑް ޓްރާންސެކްޝަންސް ރިޕޯޓްސް (ޓީޓީއާރްއެސް) އިން ލިބެން ހުރި މަޢުލޫމާތުން ދައްކާ ގޮތުގައި، 2 ނޮވެމްބަރު 2022 އިން 7 ނޮވެމްބަރު 2023 އާ ދެމެދު، ޖުމްލަ 10,545,232.60 ރުފިޔާގެ މުޢާމަލާތް ކުއިކް ޝުއަރ ނަމަކަށް ކިޔާ ކުންފުންޏަކާ މާލޭ ސިޓީ ކައުންސިލް އާ ދެމެދު ހިނގާފައިވެއެވެ.

މި މުޢާމަލާތްތަކުގެ ތަފްސީލުތައް ރިޕޯޓުގައި ދީފައިވާއިރު، ޖުމްލަ 12 މުއާމަލާތެއް އެ ކުންފުންޏާއި މާލޭ ސިޓީ ކައުންސިލް އާ ދެމެދު ހިނގާފައިވެއެވެ. އެ މުއާމަލާތްތަކުގެ ތެރޭގައި އެންމެ ކުޑަ އަދަދަކަށް 265،000ރ ހިމެނޭ އިރު، 2.3 މިލިއަން ގެ ދެ ޓްރާންސެކްޝަން އެންމެ ބޮޑެތި އަދަދު ތަކުގެ ތެރޭގައި ފާހަގަ ވެއެވެ.

މި މުއްދަތަކީ މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރުކަން ފާހަގަ ކުރެވޭ އިރު، މި މުއްދަތުގައި ކުއިކް ޝުއަރގެ ވެރިފަރާތް ކަމަށްވާ މުޙައްމަދު ނާފިޒު ގެ ކޮއްކޮއެއް ކަމަށްވާ މިހާރުގެ ބާރަށު ދާއިރާގެ ޕީއެންސީ އަށް ނިސްބަތްވާ މެމްބަރު އިބްރާހީމް ޝުޖާޢު މާލެ ސިޓީ ކައުންސިލުގައި ހުޅުމާލޭގެ ކައުންސިލަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދިޔަ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މި ރިޕޯޓު އެކުލަވާލާފައި ވަނީ 28 މާރޗް 2024 ގައެވެ.

މާލެ ސިޓީ ކައުންސިލުން ކުއިކް ޝުއަރ އަށް ދޫކޮށްފައިވާ ފައިސާގެ އަދަދުތަކާއި ތާރީޚްތައް:

  1. ތާރީޚް: 2023-11-07 - ފައިސާގެ އަދަދު 500,000ރ
  2. ތާރީޚް: 2023-10-19 ފައިސާގެ އަދަދު 500,000ރ
  3. ތާރީޚް: 2023-10-19 ފައިސާގެ އަދަދު 500,000ރ
  4. ތާރީޚް: 2023-09-14 ފައިސާގެ އަދަދު 445,500ރ
  5. ތާރީޚް: 2023-09-13 ފައިސާގެ އަދަދު 445,500ރ
  6. ތާރީޚް: 2023-07-04 ފައިސާގެ އަދަދު 891,000ރ
  7. ތާރީޚް: 2023-06-22 ފައިސާގެ އަދަދު 950,000ރ
  8. ތާރީޚް: 2023-05-30 ފައިސާގެ އަދަދު 662,817ރ
  9. ތާރީޚް: 2023-05-22 ފައިސާގެ އަދަދު 2,376,000ރ
  10. ތާރީޚް: 2023-03-13 ފައިސާގެ އަދަދު 648,000ރ
  11. ތާރީޚް: 2022-12-06 ފައިސާގެ އަދަދު 2,361,415ރ
  12. ތާރީޚް: 2022-11-02 ފައިސާގެ އަދަދު 265,000ރ
މުޙައްމަދު މުއިއްޒުމާލޭ ސިޓީ ކައުންސިލްކުއިކް ޝުއަރއިބްރާހިމް ޝުޖާއުސަރުކާރުގެ ޚިޔާނާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު